Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްޕޯޓްސް ޓުއަރިޒަމް

ސްޕޯޓްސް ޓުއަރިޒަމާއެކު ކުޅިވަރު އެހެން ހަރުފަތަކަށް

14 ނޮވެމްބަރު 2021 | އާދީއްތަ 08:22

މޫދު ކުޅިވަރުތަކަކީ ސްޕޯޓްސް ޓުއަރިޒަމާއެކު އެންމެ ބޯޑަށް ކުރިއަރާނެ ކުޅިވަރުތައް

އަތޫފް އާތިފް
އަތޫފް އާތިފް | 14 ނޮވެމްބަރު 2021 | އާދީއްތަ 08:22
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން

އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން

ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑުބަޔެއް ހިއްސާ ކުރަމުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ފަތުރުވެރިކަން ހުއްޓިއްޖެނަމަ ދިވެހި އިގްތިސާދު ހުއްޓޭނެއެވެ. ފަތުރުވެރިކަން ފެށުނީއްސުރެ މިއަދާއި ހަމައަށް އެކަން އޮތީ އެގޮތަށެވެ. މިދާއިރާގެ ކުރިމަގަށް ކޮންމެ ސަރުކާރަކުންވެސް އަންނަނީ އިސްކަމެއް ދީގެން ކަންކަން ކުރަމުންނެވެ. އެގޮތުން އަދުގެ ސަރުކާރުގެ އެއް ސިޔާސަތަކީ ސްޕޯޓްސް ޓުއަރިޒަމް ރާއްޖެއަށް ތައާރަފް ކުރުމެވެ.

ސްޕޯޓްސް ޓުއަރިޒަމާއެކު އެތައް ފައިދާއެއް ކުޅިވަރަށްވެސް ވާނެކަން ޔަގީނެވެ. ޚާއްސަކޮށް މޫދު ކުޅިވަރުތަކަށެވެ. މޫދު ކުޅިވަރުތަކަކީ ފަތުރުވެރިން މަރުދޭ ކުޅިވަރުތަކެކެވެ. ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ މޫދަށް އެރި ހަދަން އަންނަ ފަތުރުވެރިންނެވެ.

ސްޕޯޓްސް ޓުއަރިޒަމް ރާއްޖެއަށް ތައާރަފް ކުރުން އެއީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެސް އުންމީދެކެވެ. ޚާއްސަކޮށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. ވީއޭއެމުން އަންނަނީ ބީޗް ވޮލީބޯލްއަށް ޚާއްސަ ސަމާލުކަމެއްދީ އެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ. ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ގެ ވިސްނުން ހުރީ ސްޕޯޓްސް ޓުއަރިޒަމްގެ ތެރެއިން ބީޗް ވޮލީ ކުރިއެރުވުމަށެވެ. ރަނޭގެ އިތުރުން ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީގެ ރައީސް އަރީ ގްރާސާ ވެސް ވަނީ ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރެވޭނީ ސްޕޯޓްސް ޓުއަރިޒަމްގެ ޒަރިއްޔާއިން ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއް 2019 ވަނަ އަހަރު ބާއްވާފައިވާއިރު، ވީއޭއެމުން އަންނަނީ އަންނަ އަހަރު ބީޗް ވޮލީބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

މޫދު ކުޅިވަރަކީ ޒަމާނުއްސުރެ ރާއްޖޭގައި މަގުބޫލު ކުޅިވަރުތަކެކެވެ. ޚާއްސަކޮށް ބޮޑީބޯޑިންގ އާއި ސާފިންގއެވެ. މީގެ އިތުރުން މިފަހަކަށް އައިސް ކައިޓް ސާފިންގ އާއި ރޯވިން ވެސް އަންނަނީ ކުރިއަރަމުންނެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ސާފިންގގެ ބައިނަލްއަގްވާމީ މުބާރާތްތަކެއް ބާއްވާފައިވާއިރު، އެ މުބާރާތްތަކުގައި ދުނިޔޭގެ ލެވަލްގައި ފާހަގަކުރެވޭ އެތުލީޓުންވެސް ވަނީ ބައިވެރިވެފައެވެ. އަދި އެ އެތުލީޓުންގެ ތަޖުރިބާތައް ދިވެހި އެތުލީޓުންނާ ހިއްސާކޮށްފައިވެއެވެ. މިއީ ދިވެހި އެތުލީޓުންގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމުގައިވާނެކަން ކަށަވަރެވެ.

މީގެ ކުރިންވެސް މޫދު ކުޅިވަރުގައި ހަރަކާތްތެރިވާ ދިވެހި އެތުލީޓުންވަނީ މޫދު ކުޅިވަރުތައް ތަރައްގީވެގެން އަންނާނީ ސްޕޯޓްސް ޓުއަރިޒަމާއެކުގައިކަން ފާހަގަކޮށްފައެވެ. އެހެންވެ އަދުގެ ސަރުކާރުން ސްޕޯޓްސް ޓުއަރިޒަމަށް އަމާޒު ހިފާފައިވުމީ ކުޅިވަރު އެހެން ހަރުފަތަކަށް ދާން އުޅޭކަމުގެ ފެހި ސިގްނަލެކެވެ.

ކުޅިވަރާ ބެހޭ ވުޒާރާޓޫރިޒަމް މިނިސްޓްރީސްޕޯޓްސް ޓުއަރިޒަމް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
30 އޮކްޓޯބަރު 2023

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

30 އޮކްޓޯބަރު 2023
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
06 އޮކްޓޯބަރު 2023

ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!

06 އޮކްޓޯބަރު 2023
ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް