Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

އިންގްލެންޑަށް ފަސޭހަ މޮޅެއް، އިޓަލީ އެއްވަރު

13 ނޮވެމްބަރު 2021 | ހޮނިހިރު 02:32

އިޓަލީ އާއި ސްވިޓްޒަލެންޑް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ނޮވެމްބަރު 2021 | ހޮނިހިރު 02:32
އިންގްލެންޑާއި އަލްބޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އިންގްލެންޑާއި އަލްބޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން އަލްބޭނިއާ އަތުން ފަސޭހަކަމާއެކު އިންގްލެންޑް މޮޅުވިއިރު، އިޓަލީ އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ އަލްބޭނިއާ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އިންގްލެންޑުން ވަނީ ވޯލްޑް ކަޕް ކޮލިފައިންތަކުގައި ބަލިނުވެ 29 މެޗު ހަމަކޮށްފައެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން މި މެޗުގައި ފަސް ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ހެރީ މެގުއާ އިންގްލެންޑަށް ލީޑު ނަގައިދިންއިރު، މި މެޗުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ހެޓްރިކް ހަދާފައެވެ. ދެން މި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި އަނެއް ލަނޑު ޖަހައިދިނީ ޖޯޑަން ހެންޑަސަންއެވެ.

މި މޮޅާއެކު އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް އިންގްލެންޑް ޖެހިލިއިރު، އެ ޓީމަށް ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އަދި މިހާތަނަށް ކޮލިފައިންގެ މެޗަކުން އިންގްލެންޑް ބަލިވެފައިނުވާއިރު، ކޮލިފައިންގެ ގްރޫޕް އައިގެ އެއްވަނައިގައި އެ ޓީމު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ.

ދެވަނައިގައި އޮތް ޕޮލެންޑަށް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އަލްބޭނިއާއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ކޮލިފައިންގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ޕޮލެންޑުން ވަނީ ރަށުން ބޭރުގައި ކުޅެ އެންޑޯރާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް ސީގައި ހިމެނޭ އިޓަލީ އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޓަލީގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ސްވިޓްޒަލެންޑުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިލްވަން ވިޑްމާއެވެ. އެކަމަކު މެޗުގެ 36 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނިއާ ހުރަސްކޮށްދިން ބޯޅައަކުން ޖިއޮވާނީ ޑި ލޮރެންޒޯ ވަނީ ލަނޑެއް ޖަހައި، އިޓަލީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ ފަހުން ލީޑު ނަގަން މި މެޗުގެ ފަހު މިނެޓުގައި އިޓަލީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މިއީ އޭރިއާ ތެރެއިން އިޓަލީގެ ޑޮމެނިކޯ ބެރާޑީއަށް ކުރި ފައުލަކަށް، ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނައިގައި އޮތް އިޓަލީ އާއި ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ނޮދަން އަޔަލެންޑާއި ހަތަރުވަނައިގައި އޮތް ބަލްގޭރިއާއަށް ހަތް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ވޯލްޑް ކަޕް ކޮލިފައިން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
22 ނޮވެމްބަރު 2023

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް
21 ނޮވެމްބަރު 2023

ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ

21 ނޮވެމްބަރު 2023
ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ
13 އޮކްޓޯބަރު 2023

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
13 އޮކްޓޯބަރު 2023

ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ

13 އޮކްޓޯބަރު 2023
ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް