Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީދޫ ކޯގަންނު ގަބުރުސްތާނު

ދުނިޔޭގެ ތަރިކައިގައި ހިމަނަން މަސައްކަތްކުރަނީ ކޯގަންނު ގަބުރުސްތާނުގެ މިސްކިތެއް: ތޯރިގު

މިހާރުވެސް ރާއްޖޭގެ ބައެއް ތަންތަން މި ލިސްޓުގައި ހިމެނިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2021 | ހުކުރު 05:52
އައްޑޫ ސިޓީ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު

އައްޑޫ ސިޓީ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރަމުންދަނީ އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި މިސްކިތެއް ކަމަށް މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ތޯރިގު ވިދާޅުވީ ރާއްޖޭގެ ތަރިކަ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތަކީ އިއްޔެ ފެށި މަސައްކަތެއް ނޫން ކަމަށެވެ. މި މަސައްކަތް ކުރަމުން އަންނަތާ ކިތަންމެ ދުވަހެއް ވެފައިވާކަމަށާއި، ނަތީޖާއެއްގެ ގޮތުން މިހާތަނަށް އައި އިރު ރާއްޖޭގެ 5 ނުވަތަ 6 ތަނެއް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާކަމަށް ތޯރިގު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތޯރިގު ވިދާޅުވީ މި ލިސްޓުގައި ހިމެނުމަށް މަސައްކަތްކުރަމުންދާ ތަންތަން ވެސް އެބަހުރި ކަމަށާއި، މިގޮތުން އައްޑޫ ކޯގަންނު ގަބުރުސްތާނުގައި ހުރި މިސްކިތް ފާހަގަކޮށްލެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެތަނުގައި ގާއިމްކޮށްފައިހުރި މިސްކިތް ދުނިޔޭގެ ތަރިކައިގެ ތެރޭގައި ހިމެނުމަށް މަސައްކަތްކުރަމުންދާއިރު އެ މިސްކިތުގެ އިތުރުން ގަބުރުސްތާނާއި، އަދިވެސް އެތަނުގައި ހުރި އެހެން ތަންތަން ވާނީ ހިމާޔަތްކުރެވި ރައްކާތެރިކުރެވިފައިވާ ތަންތަނަށް ކަމަށް ވިދާޅުވިއެވެ.

މިތަން ދުނިޔޭގެ ތަރިކައިގެ ތެރޭގައި ހިމެނުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކަރުދާހުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ނިމިފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ތަންތަން ދާއިމީ ލިސްޓަށް ބަދަލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަރިކައެއް ރާއްޖޭގައި ހުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެތަންތަން ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދާކަމަށާއި، މީގެ ތިން ރިޕޯޓެއް އަދިވެސް ހުށަހަޅަންޖެހޭކަމަށް ވިދާޅުވިއެވެ. އަންނަ އަހަރުގެ ތެރޭގައި އެ ރިޕޯޓުތައް ހުށަހެޅޭނެކަމަށް ގަބޫލުކުރައްވާކަމަށް ތޯރިގު ވިދާޅުވިއެވެ.

މީދޫ ކޯގަންނު ގަބުރުސްތާނަކީ އައްޑު އަތޮޅު މީދޫގައި ފުރަތަމަ އިސްލާމްދީން ގަބޫލްކޮށްގެން މި ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލުމަށް ޚާއްސަކުރެވިގެން އުފެދުނު ތަނެކެވެ. އެއީ މީގެ 900 އަހަރު ކުރިން ކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ. ކޯގަންނު ގަބުރުސްތާނު އޮތީ މީދޫގެ އުތުރު ބިތުގައެވެ.

ކޯގަންނުއަކީ ބުނެވޭ ގޮތުގައި މީދޫ އިސްލާމްވުމުގެ ކުރިން ބުދު ދީނުގެ މީހުން މަރުވުމުން އެމީހުންގެ ހަށިތައް އެންދުމަށް ބޭނުންކުރި ވަކި ރަށެކެވެ. އޭރު މީދޫ މީހުން ދިރިއުޅުނީ ރަށުގެ އެންމެ އިރުމަތީ ފަރާތުން ވޭރާނޑު ނުވަތަ ވޭރުގަނޑު ސަރަހައްދުގައެވެ. އިސްލާމް ވުމަށް ފަހު އެސަރަހައްދު ދޫކޮށް ރަށުގެ އުތުރު ފަރާތާއި މެދުތެރެއަށް އެމީހުން ބަދަލުވެ ޖެހިގެން އޮތް ކޯގަންނު އިސްލާމުންގެ ގަބުރުސްތާނަކަށް ބަދަލުކޮށް އެތާގައި މީހުން ވަޅުލާން ފެށީއެވެ. ކޯގަންނުއަކީ އެއްވެސް ޝައްކެއްނެތި ރާއްޖޭގައިވާ އެންމެ ގަދީމީ އިސްލާމީ ގަބުރުސްތާނެވެ. އެތަނަކީ މިއަދު ހިމާޔަތްކުރެވިފައިވާ ގައުމީ އާސާރެކެވެ. އެތަން އާސާރަކަށްވަނީ ކޮންމެހެން ގަބުރުސްތާނަކަށް ވެގެނެއް ނޫނެވެ. ހިރިގަލުގެ މަސައްކަތާއި ބިސްތާނުތަކުގެ ޑިޒައިނާއި މިސްކިތްތަކުގެ އަދަދާއި އެތަންތަނުގެ ތާރީޚު އަދި އައްޑުއެތައްދެކުނުގެ ރަށްތައް އިސްލާމްދީނަށް އެނބުރުމުގެ ސަބަބުކަމަށް މެދުވެރިވި ބޭކަލެއްގެ ޒިޔާރަތް އެތަނުގައި ހުރުމަކީ އެތަނުގެ މުހިންމުކަން ބޮޑުވެގެންދާ ސަބަބުތަކެއް ކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު