Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަހުގެ ޚިދުމަތް

ބަހުގެ ޚިދުމަތް އާންމު ދަތުރުފަތުރުގެ ތެރެއަށް!

މިކަމަށް އެދި ޕްރޮޕޯސަލްއެއް ހުށަހަޅަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2021 | ހުކުރު 03:41
އެމްޓީސީސީ ބަސް

އެމްޓީސީސީ ބަސް

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމަށް, ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އެކަމަށް ލައިސަންސް ދީފައިވާ ފަރާތްތަކަށް، އެ ޚިދުމަތް ދެވޭގޮތަށް ގަވައިދެއް އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން އެކުލަވާލާފައިވާ "އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމުގެ ގަވާއިދު"ގައި ވާގޮތުން އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަންވާނީ ބީ0، ބީ1 ނުވަތަ ބީ2 ގިންތީގެ އުޅަނދުތަކެވެ. އަދި މި އުޅަނދުތައް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތެންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އިއުލާނު ކުރުމުން، އެކަމަށް އެދި ޕްރޮޕޯސަލެއް ހުށަހަޅަންޖެހޭނެއެވެ. އެގޮތުން ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ މައުލޫމާތާއި، ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަން ހުރި މިންވަރު އެނގޭނެ ލިޔުމަކާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހުށަހަޅާ ގޮތުގެ ތަފުސީލު މި ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭނެއެވެ.

ބަހުގެ ޚިދުމަތް ދޭ ސަރަހައްދުގައި ބަސް ދަތުރުކުރާނެ މަގުތައް ކަނޑައަޅާނީ، އެ ސަރަޙައްދެއްގައި ޚިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތާއި، ޚިދުމަތް ދޭ ފަރާތާ ދެމެދު މަޝްވަރާ ކުރުމަށްފަހު، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. އެ މަގުތައް ބަދަލުކުރަން ނިންމައިފިނަމަ އެ ނިންމުމެއް، ޚިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުން، ޚިދުމަތް ދޭ ފަރާތަށާއި ޚިދުމަތް ލިބިގަންނަ ފަރާތަށް އެއް މަސް ދުވަހުގެ ކުރިން އަންގަންވާނެ ކަމަށް ގަވައިދުގައި ވެއެވެ.

ބަހުގެ ޚިދުމަތް ދޭ ސަރަހައްދުތަކުގެ ލޯކަލް ކައުންސިލުން، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް އެ ސަރަހައްދެއްގައި ބަސްހުއްޓިތައް ގާއިމްކޮށް، ބަލަހައްޓަންޖެހެއެވެ. ބަހުގެ ޚިދުމަތް ދޭ ފަރާތުން އެ ޚިދުމަތް ދޭން ފެށުމުގެ ކުރިން އުޅަނދު ރަޖިސްޓްރީކުރަންޖެހެއެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރަންޖެހެއެވެ. ބަހުގަައި އަވަސް ފަރުވާ ދެވޭނެ ގޮތް ފަހިވެފައި ހުރުމާއި، އުމުރުން ދޮށީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، އަދިވެސް މިނޫން ފަރާތްތަކަށް ވެސް ފަސޭހައިން އަރާ ފޭބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހެއެވެ. މީގެ އިތުރުން ބަހުގައި ސެކިއުުރިޓީ ކެމެރާ ހަރުކުރެވިފައި ހުންނަންޖެހެއެވެ.

ބަސް ދުއްވާ ޑްރައިވަރަކީ ބަސް ދުއްވުމުގެ ކެޓަގަރީގެ ޑްރައިވިންގ ލައިސަންސާއި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަސް ދުއްވުމުގެ ހުއްދަ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދީފައިވާ ދިވެއްސަކަށް، ނުވަތަ ދިވެހިބަހުން ވާހަކަދައްކަން އެނގޭ، ދިވެހި ދައުލަތުގެ ރެސިޑެންޓް ވިސާ ލިބިފައިވާ ބިދޭސީއަކަށް ވާންވާނެ ކަމަށް ގަވައިދުގައިވެއެވެ.

މި ޚިދުމަތް ދިނުމަށް އަގެއް ކަނޑައަޅާނީ ޚިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތާއި ޚިދުމަތް ދޭ ފަރާތާ ދެމެދު މަޝްވަރާކުރުމަށްފަހު، ޚިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ. ޚިދުމަތް ލިބިގަންނަ ފަރާތުން ބަހަށް އަރުވާ ވީލްޗެއަރއާއި، ކުޑަކުދިންގެ ޕްރޭމާއި، އަތްދަބަސް ފަދަ ތަކެއްޗަށް އިތުރު ފީއެއް ނެގުމަކީ މަނާކަމެއް ކަމުގައި ގަވއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ސްކޫލް ކުދިންނަށް ޚާއްސަކޮށް ވަކި ބަހެއް ދުއްވިދާނެ ކަމަށް މި ގަވައިދުގައި ވެއެވެ. ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ވަކި ބަހެއް ދުއްވާނަމަ، ސްކޫލް ބަހެއްކަން އެނގޭ ފަދަ ނަން ބޯޑެއް ފަސޭހަކަމާއެކު ފެންނަގޮތަށް ބަހުގައި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ސްކޫލުތަކާ ވީހާވެސް ކައިރިއަށް ބަސް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި، މިކަންތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަޝަވަރާއާއެކުގައި ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. ސްކޫލް ކުދިންނަށް ޚާއްސަކޮށް ހެޔޮ އަގުތަކެއް ކަނޑައަޅަންޖެހޭނެއެވެ.

ގަވައިދުގައި ވާގޮތުން ޚިދުމަތް ދޭ ފަރާތުން އެ ޚިދުމަތް ދެމުން ގެންދާގޮތް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ރަނގަޅަށް ބަލަންވާނެއެވެ. މި ގަވާއިދު ތަންފީޛުކުރާ ފަރާތަކުން ނުވަތަ އެކަމުގެ އިޚްތިޔާރު ދީފައިވާ ފަރާތަކުން ބަސް ޗެކުކުރަން ބޭނުންވެއްޖެ ހިނދެއްގައި ބަސް ހުއްޓުވައި ޗެކުކުރުމުގެ އިޚްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ.

ޚިދުމަތް ދޭ ފަރާތުން ބަހުގެ ޚިދުމަތް ހުއްޓާލާނަމަ، ޚިދުމަތް ދިނުން ހުއްޓާލުމުގެ މަދުވެގެން 90 ދުވަހުގެ ކުރިން ޚިދުމަތް ދޭ ފަރާތުން އެކަން މިނިސްޓްރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިޔުމަކުން އަންގަންވާނެއެވެ. އަދި ގަވައިދާ ޚިލާފަށް ބަހުގެ ޚިދުމަތް ދޭނަމަ އެ ފަރާތެއް 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީބަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު