Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ 5 އަހަރުގެ މަސައްކަތް

މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު 5 އަހަރު ކަމުގައި، މި 5 އަހަރު ވެގެންދާނެ – ރައީސް

10 ނޮވެމްބަރު 2021 | ބުދަ 17:11

ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ނޮވެމްބަރު 2021 | ބުދަ 17:11
ފެނާއި ނަރުދަމާގެ މަސައްކަތް ރަށެއްގައި ކުރިއަށްދަނީ

ފެނާއި ނަރުދަމާގެ މަސައްކަތް ރަށެއްގައި ކުރިއަށްދަނީ

ދިވެހިޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްއަހަރަކީ މިފަސްއަހަރު ކަމުގައި ވެގެންދާނެ  ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 54 ވަނަ ޖުމްހޫރީދުވަހުގެ މުނާސަބާގައި ބޭއްވި ހަފުލާގައި ގައުމާ މުޚާޠަބު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވޭތުވި 3 އަހަރަށް ފެށުމުގެ ކުރިން ވެސް، އެމަނިކުފާނު ދެންނެވި ވާހަކައެއް މިއަދުވެސް ހަނދުމަފުޅުގައި އެބަހުންނެވި ކަމަށެވެ. އެއީ، ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެންކަމެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔަތުގެ ތެރެއިން އެމަނިކުފާނު ފާއިތު މިކުރި 3 އަހަރުގެ މައިގަނޑު އެއް އަމާޒަކީ ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރާއެކު، ދިވެހިޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްއަހަރު ކަމުގައި، މިފަސްއަހަރު ވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތިލަމާލެ ކަނެކްޓިވިޓީގެ މަސައްކަތް މާތް ﷲގެ ވާގިފުޅާއެކު ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ހައިސްޕީޑް ފެރީ ނެޓްވޯރކްގެ ހަރުފަތްތައް ދާނީ ގިރާ ކުރަމުން ކަމަށާއި، ދަތުރުފަތުރުގެ ވިއުގައިގެ އަގު ރައްޔިތުންނަށް ލާހިކު ކުރުމަށްޓަކައި އެކަށީގެންވާ ސަބްސިޑީ ސަރުކާރުން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ލަފާފުރުމުގެ ދަތިކަން ހައްލު ކުރުމަށް، 100 އަށްވުރެ ގިނަ ބަނދަރުގެ މަސައްކަތް އެކިމަރުހަލާގައި ހިނގާނެ ކަމަށާއި، އިއާދަ ކުރަނިވި ހަކަތައާ އެކުއެކީ، ކަރަންޓްގެ އިތުބާރު ބޮޑު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އިގުތިސާދު ހުޅުވާލެވި، މަސައްކަތް ފެށި، އައު އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި އަހަރު ނިމޭއިރަށް އަންދާޒާ ކުރެވޭ ފަތުރުވެރިންގެ ޖުމްލަ ހުރީ 1.3 މިލިއަން ގައި ކަމަށާއި، ކުރެވޭ އަންދާޒާ ތަކުން، ފަތުރުވެރިކަން އަންނަ އަހަރުވެސް ދާނީ އިތުރަށް ކުރިއަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، އިގުތިސާދީ، މާލީ ދިރާސާ ތަކުގެ މާހިރުން ރާއްޖެއާމެދު ކުރާ އުންމީދު ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަންޖެހެނީ މި 5 އަހަރަށްވީ ވައުދުތައް ފުއްދައި ނިންމުމަށް ކަމަށެވެ. 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅީ އެމިސްރާބަށް ވާސިލުވުމުގެ އަމާޒުގައި ކަމަށާއި، ކޮވިޑް-19އިން ގެއްލުނު ދިގުމުއްދަތަކީ ބަހަނާ އެއްގެ ގޮތުގައި ބެލޭކަށް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ އަހަރު، އިޖްތިމާއީ ދާއިރާއަށް ޚާއްސަ އިސްކަމެއް ބަޖެޓްގައި ދެވިފައިވާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ބަޖެޓްކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް މާބޮޑަށްވެސް އަވަސްކުރަންޖެހޭ ކަމަށެވެ. އަންނަ އަހަރު ސަރުކާރުން އިސްކަންދޭނެ އަނެއް ކަމަކީ މިއީ ކަމަށާއި، ޚިދުމަތްތައް އެކުވެނި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އަންނަ އަހަރު މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އަންނަ އަހަރަށް ވަރަށްބޮޑު އިސްކަމެއްދީގެން ބަޖެޓްކުރެވިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ސޯލިހުއެމްޑަބްލިޔުއެސްސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
24 އޮކްޓޯބަރު 2023

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

24 އޮކްޓޯބަރު 2023
ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް