Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބިދޭސީންގެ ވިޔަފާރިތަކުގެ މައްސަލަ

ކޮންމެ ދިވެއްސެއްގެ ނިވަލުގައި ބިދޭސީއެއް؟

10 ނޮވެމްބަރު 2021 | ބުދަ 10:57

ކޮންމެ ވިޔަފާރިއެއް ހިންގުމުގައި ވެސް ބިދޭސީއަކު މިހާރު އިސްކޮށް އުޅޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ނޮވެމްބަރު 2021 | ބުދަ 10:57
ބިދޭސީންގެ ވިޔަފާރިތައް ފުލާކުރަމުން ދިޔުމުގެ މައްސަލައަކީ މިހާރު ބޮޑުވަމުން އަންނަ މައްސަލައެއް

ބިދޭސީންގެ ވިޔަފާރިތައް ފުލާކުރަމުން ދިޔުމުގެ މައްސަލައަކީ މިހާރު ބޮޑުވަމުން އަންނަ މައްސަލައެއް

ކުރީ ޒަމާނަށް ޖެހިލާއިރު ވޯރާއިންނަކީ ދިވެހިރާއްޖޭގައި ވިޔަފާރިކޮށް އުޅުނު ބަޔެކެވެ. ވޯރާވިޔަފާރިވެރިން ރާއްޖެ އައިސް ވިޔަފާރި ކުރަން ފަށާފައިވަނީ ދިވެހިންގެ ފަރާތުން ލިބުނު ފުރުސަތުތަކެއްގެ އެހީގައެވެ. މިގޮތަށް ވިޔަފާރި ކުރި ދުވަސްވަރު އެމީހުންނަކީ ވަރަށް ނުފޫޒު ގަދަބަޔަކަށް ވެގެން ގޮސްފައިވެއެވެ.

މިކަމުގެ ސަބަބުތައް ގިނަގުނައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާސީ އިސް ފަރާތްތައް ވޯރާވިޔަފާރިވެރިންނާ ގުޅިފައިވުމާއި ވޯރާ ވިޔަފާރިވެރިންނަކީ ރާއްޖޭގެ ރަދުންނާއި ދިވެހިންނަށް މަޤުބޫލު ބަޔަކަށް ވުން ހިމެނެއެވެ. ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރުމަށް އެކަށީގެންވާ ގަވާއިދުތަކެއް ހެދިފައި ނެތުމާއި ވިޔަފާރީގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމާއި ދިވެހި ދައުލަތް ވޯރާ ވިޔަފާރިވެރިންނަށް ދަރަނިވެރިވުމާއި އިމްޕޯޓް އެކްސްޕޯޓް އެމީހުންގެ އަތްދަށުގައި ވުމާއި އަދި ދިވެހިން ވިޔަފާރީގެ ކަންކަމަށް ހޭލުންތެރިކަން ކުޑަކަމާއި ތަޢުލީމީ ފެންވަރު ނެތުމަކީވެސް ސަބަބުތަކެވެ. އެއްވެސް އިންސާފެއް ނެތި ވޯރާއިން ރާއްޖޭގައި ވިޔަފާރި ކުރަމުން ދަނިކޮށް އެބައިމީހުން ރާއްޖެއިން ފޮނުވާލެވުނީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައެވެ.

ވޯރާ ވިޔަފާރިވެރިންނެކޭ ރާއްޖޭގައި މިހާރު އުޅޭ ބިދޭސީންނެކޭ ވަކި ތަފާތެއް ނެތެވެ. އަޅުގަނޑުމެންގެ ވިޔަފާރީގެ ސިނާއަތުގައި ނުގަވާއިދުން ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ރާއްޖޭގެ ގާނޫނޫ ބުނާ ގޮތުން ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދައެއް ނޯވެއެވެ.

އެހެންނަމަވެސް މިހާރު ކޮންމެ ވިޔަފާރިއެއް ވެސް ހިންގުމުގައި ބިދޭސީއަކު އުޅެއެވެ. ހޮޓަލަކަށް ސައިބޯން ވަދެލިޔަސް އެތާނގެ އެންމެ އިސް މީހަކަށް ހުންނަނީ ބިދޭސީއެކެވެ. ގެސްޓް ހައުސްއެއްގެ ބުކިން ހަދަން ދިޔަސް އެތަން ހިންގަނީ ބިދޭސީއެކެވެ. ދަތުރުވެރިންގެ މާރުކޭޓަށް ވަދެލިޔަސް އެތާނގެ ގޮޅިތަކުގައި ތިބެނީ ބިދޭސީންނެވެ. މިހެން ގޮސް ކޮންމެ ސިނާއަތަކަށް ބަލާލިޔަސް ބިދޭސީން ހަރަކާތްތެރިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ކޮންމެ ވިޔަފާރިއަކަށް ބަލައިލިކަމުގައިވީނަމަވެސް ބިދޭސީންގެ އަތް ނުފޯރާ ވިޔަފާރިއެއް މަދުވާނެއެވެ. ރާއްޖޭގައި 18،000ށްވުރެ ގިނަ ވިޔަފާރި ދިވެހިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ނަމަވެސް މީގެ އަޑީގައި ބިދޭސީން އުޅެނީ ކިތައް ވިޔަފާރީގައިތޯ ހޯދިފައެއް ނެތެވެ. މިކަންތައްތައް ބެލޭނެ ހަރުދަނާ ނިޒާމެއް ވެސް ނެތެވެ. އަދި މިހާތަނަށް މިފަދަ ނިޒާމެއް ތައާރަފުކުރެވިފައެއް ވެސް ނުވެއެވެ.

ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް ތަފާތު ހޯދުންތަކުން ދައްކައެވެ. މިހާ ގިނަ އަދަދަކަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގައި ވަރަށް ގިނަ ބަޔެއްގެ އިހުމާލު ބޮޑެވެ. ރާއްޖޭގައި ނުގަވާއިދުން ދިރިއުޅެމުންދަނީ ކިހާ އަދަދެއްގެ ބިދޭސީންކަމެއް ބުނަންވެސް ދައްޗެވެ. މިކަމުގެ ނޭދެވޭ އަސަރު މިހާރު މި މުޖުމަތައުން މިވަނީ ފެންނަން ފަށާފައެވެ.

ވޯރާ ވިޔަފާރިވެރިން އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި ފޮނުވާލިފަދައިން މިފަދަ ޒަމާނެއްގައި ދެވަނަ ވޯރާ ޖީލު ނުހުއްޓުވެންވީ ކީއްވެގެންތޯއެވެ. ކޮންމެ ދިވެއްސެއްގެ ނިވަލުގައި ބިދޭސީއެއް ވާއިރު މިކަމަށް އަވަސް ހައްލެއް ކަމާބެހޭ ފަރާތްތަކުން ހޯދަން އެބަޖެހެއެވެ.

ބިދޭސީން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
01 މެއި 2025

އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު

01 މެއި 2025
އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު
17 ޑިސެމްބަރު 2024

ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

17 ޑިސެމްބަރު 2024
ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި
08 ޑިސެމްބަރު 2024

މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ

08 ޑިސެމްބަރު 2024
މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ
07 ޑިސެމްބަރު 2024

މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

07 ޑިސެމްބަރު 2024
މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް