Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީން މުޒާހަރާ ކުރުން

މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ

ހޮނިހިރު ދުވަހު ހެނދުނު މުލިއާގެ ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން އެއްވެ، އަޑު އުފުލާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޑިސެމްބަރު 2024 | އާދީއްތަ 08:00
މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހޮނިހިރު ދުވަހު ގްރީން ޒޯނުގައި މުޒާހަރާ ކުރި 55 ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މުސާރަ ނުދޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ބިދޭސީންތަކެއް މުޒާހަރާކޮށްފައި ވަނީ މުލިއާގެ ސަރަހައްދުގައެވެ. އެގޮތުން ހޮނިހިރު ދުވަހު ހެނދުނު މުލިއާގެ ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން އެއްވެ، އަޑު އުފުލާފައިވެއެވެ. އެސަރަހައްދުން ފޮނުވާލުމުން ރައީސް އޮފީސް ސަރަހައްދަށް އެއްވުމަށް ވެސް މަސައްކަތް ކޮށްފައިވެއެވެ. ބިދޭސީން ވަނީ އޭގެ ފަހުން ހޮނިހިރު ދުވަހު މެންދުރު 11:00 ހާއިރު މަޖީދިއްޔާ ސްކޫލު ދޮރުމައްޗަށް އެއްވެ، އަޑު އުފުލާފައިވެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބިދޭސީން ބުނީ މުސާރަ ނުދީ މަސައްކަތް ކުރުވާތާ 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މަސައްކަތް ކުރާ ކުންފުންޏާއި ވާހަކަދައްކައި، ހައްލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާ އަދި ބަންގްލަދޭޝް އެމްބަސީއަށް ގޮސް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އިޖާބަ ދީފައިނުވާ ކަމަށް އެމީހާ ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު އެކަމާއި ގުޅިގެން ވިދާޅުވީ މުޒާހަރާ ކޮށްގެން އިމިގްރޭޝަނާ ހަވާލު ކުރި 55 ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނަމުންދާތީ އެކަން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް މިވަގުތު ދަނީ ބަލަމުންކަން ފާހަގަކޮށް ޝައްމާން ވިދާޅުވީ އެ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ މުސާރަ ނުލިބޭ ކަމަށް ބުނެ ބިދޭސީންތަކެއް މުލިޔާގެއާ ހިސާބުގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ މައްސަލައާ ގުޅިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ އިންޑިއާގެ 38 މީހުންނާއި، ބަންގްލަދޭޝްގެ 17 މީހުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ އިރުއޮއްސި 6:22 ހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެސް އިންޑިއާއަށް ނިސްބަތްވާ ބަޔަކު މާރާމާރީ ހިންގާފައިވެއެވެ. މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

ބިދޭސީންގެ ހަރަކާތްތައް އިތުރުވަމުންދާއިރު، އިމިގްރޭޝަނުން ގެންދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމަށް ޚާއްސަ އިންސްޕެކްޝަންތައް ހިންގަމުންނެވެ.

ބިދޭސީންއިމިގްރޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު