Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލްއަށް 40 އަހަރު ފުރުން

ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑް ތައާރަފްކޮށްފި

10 ނޮވެމްބަރު 2021 | ބުދަ 10:38

ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަކީ އެކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތަޢާރަފްކުރި ފަންޑެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 10 ނޮވެމްބަރު 2021 | ބުދަ 10:38
ބިއެމްއެލް ސްކޮލާޝިޕް ފަންޑް ތައާރަފްކުރުން

ބިއެމްއެލް ސްކޮލާޝިޕް ފަންޑް ތައާރަފްކުރުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ދިމާކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން 'ބީއެމްއެލް ސްކޮލާޝިޕް ފަންޑް' ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއަށް މިއަހަރު ފުރޭނީ 39 އަހަރެވެ. މިއަންނަ އަހަރުގެ ނޮވެމްބަރ މަހު އެކުންފުންޏަށް 40 އަހަރު ފުރުމާ ހަމައަށް، ކޮންމެ މަހަކު ވެސް މުޖުތަމަޢަށް ފައިދާހުރި މުހިންމު ހަރަކާތެއް ހިންގުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން މިއީ ކޮންމެ މަހަކަށް ހަރަކާތެއްގެ އުސޫލުން ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ.

ބުދަ ދުވަހު ތައާރަފް ކުރެވުނު ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށް ވެސް ބައިވެރި ވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާއިން ބިނާ ކުރުމުގެ އަމާޒުގައި ހުޅުވުނު ފަންޑެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެގެންދާނެ ކަމަށެވެ. އަދި ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައި ވާއިރު، މިއީ އެކުންފުނީގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް ކަމަށެވެ. ހަމައެހެންމެ މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމަޢަށް އެހީތެރިވެ ގައުމުގެ މުސްތަގުބަލަށް އިންވެސްޓް ކުރެވޭކަމީ އެކުންފުނިން ފަޚުރުވެރިވާކަމެއް ކަމަށެވެ. މީގެ އިތުރުން ކޮޕް ސަމިޓްގައި މަޝްވަރާ ކުރުވުނު ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނައި، ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އިސްކަންދޭނެ ކަމަށްވެސް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާގުޅޭ ތަފްސީލު ފަހުގެ ތާރީޚެއްގައި ބީއެމްއެލްގެ ވެބްސައިޓްގައި ހާމަކުރެވޭނެއެވެ.  

ބީއެމްއެލް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް