Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވާ މަސައްކަތްތައް

ރައީސް ޞާލިޙް ވަރެއްނެތް

ލަފާފުރަން އުނދަގޫ އެއްވެސް ރަށެއް ރައީސް ޞާލިޙުގެ ފަސް އަހަރު ނިމޭއިރު ނޯންނާނެ

އ.މ.ޔ
އ.މ.ޔ, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2021 | ބުދަ 05:03
ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯއެއް

ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯއެއް

ލޯހުޅުވައިގެން ރަގަޅަށް ބަލައިބަލާށެވެ. ސިޔާސީ ވާދަވެރިކަމުގައި ފެންނަ ތަންތަން ނުފެންނަކަމަށް ނުހަދާށެވެ. ރާއްޖެ ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރެއްވުމަށް ރައީސް ޞާލިޙު ވެވަޑައިގަންނަވަމުންދާ ގުރުބާނީތައް ނިކަން ދެކެބަލާށެވެ. ރާއްޖޭގެ ހީރަސް ކެނޑިފައިވާ އިޖުތިމާއީ އަދާލަތުގެ ގަނޑުތައް އެއްތަންކުރައްވައި ހީރަސް ޖެއްސެވުމުގައި ހޯއްދަވަމުންދާ ކާމިޔާބީތައް ނިކަން ދެކެބަލާށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެމުންދާ މަސައްކަތްތައް ދެކެބަލާށެވެ. އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރެވޭ ކަންކަން ނުފެންނަނީ ހެއްޔެވެ. ބައިނަލް އަގުވާމީ ގޮތުން ލިބެމުންދާ ކާމިޔާބީތައް އެހުރީ ފެންނާށެވެ. ތައުލީމާއި ތަރުބަވީ ނިޒާމު ކުރިއަރަމުން އަންނަތަން ދެކެބަލާށެވެ. ސިޔާސީ ހަމަޖެހުމާއި ފަރުދީ މިނިވަންކަން ހޯއްދަވައިދެއްވަމުން ދަނީ ކިހާ ރަނގަޅަކަށް ހެއްޔެވެ.

އެތައް ޒަމާނެއް ވަންދެން ލަފާފުރޭނެ ގޮތެއް ނެތި އިހުމާލު ކޮށްލެވިފައިތިބި ކުދި ރަށްރަށަށް ލަފާފުރުން ފަސޭހަ ކޮށްދެއްވައި ބޭރުތޮއްޓާއި ބަނދަރުތައް ހަދަމުން އެދަނީ ފަތުއަޑު ކިޔާފައެވެ. ރައީސް ޞާލިޙުގެ ފަސްއަހަރު ނިމޭއިރު ލަފާފުރަން އުނދަގޫ، މީހުން އުޅޭ އެއްވެސް ރަށެއް ނޯންނާނެއެވެ. އެރަށްރަށުގައި ބަނދަރު ހެދި، ބޭރުތޮށިލައި، އެއްގަމު ވާޓަރުނެތް ރަށެއް ނޯންނާނެކަން ޔަގީނެވެ. އެ މަސައްކަތްތައް އެ ދަނީ ބާރަށް ކުރިއަށެވެ.

ރަށްގިރުމުގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ހުރިހާ ރަށެއްގައިހެން އެރަށަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރަަށްތައް އެބަ ސަލާމަތްކޮށްދެއްވައެވެ. ކުޑަރަށެއް ބޮޑުރަށެއް ތަފާތެއް ނުކުރައްވައެވެ. ބައިބޯ ރަށެއް ބައިމަދު ރަށަކަށް ނުބައްލަވައެވެ.

ރައްކާތެރި ބޯފެން ފޯރުކޮށް ދެއްވުމަށް ކުރެވެމުންދާ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި އެދަނީ ކުރިއަށެވެ. ފެނަށް ޖެހުމުގެ ދަތިކަން މުޅި ރާއްޖޭން ނައްތާލެއްވުމަށް ރައްކާތެރި ފެނުގެ ނިޒާމެއްގެ ތެރެއިން ހުރިހާ ރައްޔިތުންނަށް 2023 ގެކުރިން ލިބި ފުރިހަމަ ވެގެން ދާނެއެވެ. އެ މިސްރާބަށް ކުރެވޭ މަސައްކަތް ރާއްޖޭގެ ހުރިހާ ދިމާލަކުން އެހެރަ ފެންނަނީއެވެ. ލޯ ހުޅުވައިގެން ބަލައިލަބަލާށެވެ.

ފެނުގެ ފަށަލަ ނަޖިހުން ތަޣައްޔަރުވެ، ހަލާކުވެފައިވާ ރަށްރަށަށް ހާއްސަ އިސްކަމެއް ދެއްވައިގެން ނަރުދަމާގެ މަސައްކަތް އެބަކުރެވެއެވެ. ފެންފަށަލަ ހަލާކުވެފައިވާ ރަށްރަށުގައި އެ މަސައްކަތް ކުރެވެމުން ދާއިރު އެނޫން ރަށްރަށް ވެސް އިހުމާލު ކޮށްނުލާ ނަރުދަމާގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.

ކަރަންޓުގެ ދަތިކަން ކުރިމަތިވަމުންދާ ހުރިހާރަށެއްގައި ވެސް އެރަށަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީ، ފެންވަރު މަތިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ކުޑަވެސް ހުއްޓުމެއްނާދެއެވެ. އިންޖީނުގެތައް ބޮޑުކުރުމާއި، އައު އިންޖީނުގެތައް އެޅެމުން އެހެރަ ދަނީއެވެ. އެންމެ އެކަށީގެންވާ ޖަނަރޭޓަރު ސެޓްތަކާއި ކޭބަލްގެ އިތުރުން ޓްރާންސްފޯމަރުތައް ބަހައްޓައިގެން ޚިދުމަތުގެ ފެންވަރު މަތިކުރަމުން އެ ގެންދަވަނީ ރޮކެޓް ސްޕީޑްގައެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ދެ އަހަރު ބަޔަކީ މުޅި ދުނިޔެ އާލަމީ ވަބާއެއްގައި މަރުތަޅު އެޅުވިފައި އޮތް ދުވަސްތަކެކެވެ. ގައުމުތައް އޮތީ އެކީ އެކައްޗަކަށް ހުއްޓިފައެވެ. އެންމެންހެން ތިބީ ފުރާނަ ސަލާމަތްކުރުން ނޫން ހުރިހާ ކަމެއް ހުއްޓާލައި އެކަހެރިވެ ބަންދުވެފައެވެ. އެއްތަނުން އަނެއްތަނަށް މުދާއުފުލުމާއި އައިސްގޮސް އުޅުން އޮތީ ހުއްޓިފައެވެ. އެކަކަށް އެއްކަމެއް ވެސް ނުކުރެވެއެވެ. އެހެންނަމަވެސް އެންމެ އުފާވީ ކޮވިޑްގެ އުދަގޫ އަދި އެހާމެ ދަތި ހާލަތުގައި ވެސް ކޮވިޑްގެ ނުރައްކާތެރިކަން ނެތް ހިސާބުތަކުގައި ދަތިއުނދަގުލުގައި ނަމަވެސް އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދެވީތީއެވެ. ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިއްތަވައި ވެރިއެއްގެ ދުރުވިސްނުން ފުޅާ ސާބިތުކަމުގެ ބޮޑުކަމަށްޓަކައެވެ. ވާދަވެރިންގެ ފުރައްސާރައަށް ބީރުކަންފަތެއް ދެއްވައިގެން ރައްޔިތުންގެ އަސާސީ ހައްގުތައް އަދާކުރެއްވުމަށް ސާބިތުވެ ހުންނެވީތީއެވެ.

އެއްވެސް ޝައްކެއްނެތި ޔަގީން ކުރެވޭ ކަމަކީ 2023 އަންނައިރު ރާއްޖޭގައި މީހުން އުޅޭ އެއްވެސް ރަށެއްގައި އަސާސީ ފެންވަރެއްގައި ލަފާފުރުމުގެ ދަތިކަމެއް އިހުސާސްކުރަން ނުޖެހޭނެ ކަމެވެ. ތަޣައްރުވެފައިވާ ނަޖިސް ފެނުން ފެންވަރަން އެއްވެސް ރަށެއްގައި ނުޖެހޭނެހެން ނަރުދަމާގެ މައްސަލަތައް ހައްލުވެގެން ދާނެކަމެވެ. ރައްކާތެރި ބޯފެން ނުލިބިގެން އެއްވެސް ރަށެއްގައި އެއްވެސް މީހަކަށް އުޅެން ނުޖެހޭނެކަމެވެ. އާނއެކެވެ. އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ރައީސް ޞާލިޙު ވަރެއްނެތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެރިކަންތަރައްޤީގެ މަޝްރޫޢުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ސަރުކާރުން ބުނި ގޮތަށް ފަހު ކުއާޓާގައި ވެސް މަޝްރޫޢުތައް ނުފެށުމުން، ކުށްވެރިކުރީ ކުރީ ސަރުކާރު

ސަރުކާރުން ބުނި ގޮތަށް ފަހު ކުއާޓާގައި ވެސް މަޝްރޫޢުތައް ނުފެށުމުން، ކުށްވެރިކުރީ ކުރީ ސަރުކާރު

28 އޮކްޓޯބަރު 2024
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު