Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެނަރީފް ރިސޯޓް މޯލްޑިވްސް

އައްޑޫ ސިޓީގެ ކެނަރީފް ރިސޯޓް ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ހުޅުވޭނެ - މައުސޫމް

އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ހިމެނޭހެން ސަދަން ޒޯން ދުނިޔެއަށް އިޝްތިހާރު ކުރުމަށް މަސައްކަތް ކުރަމުންދަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ނޮވެމްބަރު 2021 | އަންގާރަ 06:42
ކެނަރީފް ރިސޯޓް މޯލްޑިވްސް

ކެނަރީފް ރިސޯޓް މޯލްޑިވްސް

އައްޑޫ ސިޓީގައި މިހާރު ބަންދުކޮށްފައި އޮތް ދެ ރިސޯޓްގެ ތެރެއިން ކެނަރީފް ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ، ދެ ރިސޯޓު ވެސް ވީހާވެސް އަވަހަކަށް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ފުރަތަމަ ހުޅުވޭނީ ކެނަރީފް ރިސޯޓް މޯލްޑިވްސް ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަހުގެ ތެރޭގައި އެތަން ހުޅުވިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، ސަދަރން ޒޯންގައި ފަތުރުވެރިކަން ފުޅާކުރުމަށް ޓްރެވެލް އެޖެންސީތަކާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި، އެ ސަރަހައްދަށް އެއަރލައިންތައް ގެނައުމަށް މަސައްކަތްތަކެއް ކުރަައްވާ ކަމަށެވެ. އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ހިމެނޭހެން ސަދަރން ޒޯން ދުނިޔެއަށް އިޝްތިހާރު ކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުން ކަމަށާއި، ފްލައިޓް ޓިކެޓްގެ އަގު ހެޔޮ ކުރެވޭނީ ވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމުން ކަމަށެވެެ. އުންމީދު ކުރައްވަނީ އަންނަ އަހަރު އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގައި ހޯމް ސްޓޭ ތައާރަފްވުމުން އެ ސަރަހައްދަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަން ފާހަގަކުރައްވަމުން މައުސޫމް ވިދާޅުވީ، އައްޑޫ ސިޓީގައި މިހާރުވެސް ހޯމް ސްޓޭއަށް ބަދަލު ކޮށްލެވޭނެ ފެންވަރަށް ހަދާފައިހުރި ގެތައް އެބަހުރި ކަަމަށެވެ. އެކަމަށް މަގުފަހި ކުރެވޭނެ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މައުސޫމް ދެއްވިއެވެ.

ސަރުކާރުން ކަނޑައެޅި އެންމެ ކުޑަ އުޖޫރައާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، ރަށްރަށުގެ މުވައްޒަފުންނަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، މަސައްކަތްކުރައްވާނީ އެންމެ ކުޑަ އުޖޫރައަށްވުރެ މަތީ އާމްދަނީއެއް ހޯއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވިއެވެ. ބޮޑު މުސާރަ ލިބޭ ވަޒީފާތަކަށް ދިވެހިން ގެންދިޔުމަށް މިހާރުވެސް މަސައްކަތް ފައްޓަވާފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތިން ރިސޯޓުގެ ތެރެއިން ސައުތު ޕާމް ރިސޯޓް މޯލްޑިވްސް މިހާރު ހުޅުވައި އަންނަނީ ފަތުވެރިންނަށް ޚިދުމަތް ދެމުންނެވެ. ކެނަރީފް ރިސޯޓް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނައިރު، ޝަންގްރިއްލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވޭނެ ވަކި ތާރީޚެއް އަދި ހާމައެއްނުކުރެއެވެ.  

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްމިނިސްޓްރީ އޮފް ޓުއަރިޒަމްއައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު