Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ގޮނޑި ބަދަލުވުމުން 7 އަހަރުން ނުވި ކަންތައް 7 ދުވަހުން!

8 ނޮވެމްބަރު 2021 | ހޯމަ 11:08

7 އަހަރު މުނިސިޕަލް ޚިދުމަތްތައް މުށުތެރެއަށް ލައިގެން ހުންނެވިއިރު ޝަހީދުންގެ މަގުބަރާ ސާފެއް ނުކުރޭ

މަޚްތޫމް
މަޚްތޫމް | 8 ނޮވެމްބަރު 2021 | ހޯމަ 11:08
ނޮވެމްބަރު ތިނެއްގެ ޝަހީދުން ފަސްދާނު ލެވިފައިވާ ހެންވޭރު ސަހަރާ ކުރިން އޮތް ގޮތް

ނޮވެމްބަރު ތިނެއްގެ ޝަހީދުން ފަސްދާނު ލެވިފައިވާ ހެންވޭރު ސަހަރާ ކުރިން އޮތް ގޮތް | ރާއްޖެ އޮންލައިން

ރާއްޖޭގެ ހުރި އާސާރީ ތަންތަނާއި ބިނާތަކާއި މަގްބަރާތަކީ އާބާތުރަ ފިލުައި އަބަދުވެސް ޒީނަތްތެރިކޮށްފައި ހުންނަންޖެހޭ ތަންތަނެވެ. އެއި ވަކި ބަޔަކު ވެރިކަމުގައި ތިބިގެން ކުރަންޖެހޭ ކަންކަމެއް ނޫނެވެ. އެއީ ކޮންމެ ބަޔަކު ވެސް ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ވެރިކަން ލިބުމާއެކު މިކަންކަން ބައެއް ފަރާތްތަކުން ހަނދާން ނެތެއެވެ. ވެރިކަމުގެ ޖާހަތުގައި ޖެހި މޮޅު ތަކެއްޗާއި މަންފާކުރަނިވި ތަކެތި ފެނުނީމާ އެހެން ހުރިހާ އެއްޗަކުން ހަނދާން ނެތެއެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރ 3 ވަނަ ދުވަހަކީ ރާއްޖެއަށް ޚާއްސަ ދުވަހެކެވެ. ވަކި ބަޔަކަށް އޮތް ދުވަހެއް ނޫނެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަތުލާ ދިވެހިންގެ މައްޗަށް ވެރިވެގަންނަން ދިވެހިންގެ ތެރެއިން ގައުމަށް ޣައްދާރުވި ބަޔަކު ހިންގި ބޮޑު ލޭއޮހޮރުވުމެކެވެ. އެދުވަސް މާޒީގެ ތެރެއަށް ދިޔަ ނަމަވެސް އެކަން ހަނދާންކޮށްދޭ ކަންކަން ފެންނަން އެބަހުއްޓެވެ. އެއްތަނަކީ ހެންވޭރު ސަހަރާގައި ފަސްދާނުލެވުނު އެދުވަހުގެ ބަތަލުންގެ މަގުބަރާއެވެ. އެތަން ވީރާނާވަން ދޫކޮށްލާ އެހެން ހުންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ. ސީދާ ތާރީޚެއް ނޭނގުނު ނަމަވެސް ރާއްޖޭގައި ސިޔާސީ ކަންކަން އަރަފޯދޭން ފެށި ފަހުން އެތަން ބަލަހައްޓާނެ ބަޔަކު ވެސް ނެތެވެ.

މިހެން ހުއްޓާ މިއަހަރުގެ ނަސްރުގެ ދުވަހަށް މާލެ ސިޓީ ކައުންސިލުން އެތަން ސާފުކޮށް މަހާނަގާތައް ސާފުކޮށް ކުލަލައި މުޅި ސަހަރާގެ އެތަން އެކަނި ޒީނަތްތެރިކޮށްފިއެވެ. ކޮންމެއަކަސް މިއީ ވަރަށް ރަނގަޅު ކަމެކެވެ. މުނިސިޕަލް ޚިދުމަތް ދޭން ތިބި ބަޔަކު ކުރަން ވެސް ޖެހޭ ކަމެކެވެ. ލާޒިމުކަމެކެވެ. މާލޭ މޭޔަރު ކޮށްދިން މަސައްކަތަށް ހަމަ ޝުކުރު ހައްގެވެ. ސާބަހެވެ. ވަރަށް ފުރިހަމައެވެ.

ނަމަވެސް ބައެއް މީހުން ބުނަނީ ތިޔައީ ސިޔާސީ ސްޓަންޓެއް ކަމަށެވެ. ގޮވީ ފަޓާސްބަރިއެއް ހެން އަތަށް ކަމަށެވެ. އެހެނީ 7 އަހަރު މިނިސްޓަރުކަމުގައި މުއިއްޒު ހުރިއިރު، މުނިސިޕަލް ހުރިހާ ޚިދުމަތެއް އަތްދަށުލައިގެން އަންބޮޑިއަށް ލައިގެން އުޅުނު އިރު 7 އަހަރު 7 ފަހަރު ނަސްރުގެ ދުވަސް އައި އިރު މުއިއްޒުގެ ލޯ ސިއްސައިގެން ގޮސް ވެސް އެތަނަށް ސީދާ ނުކުރެވެނު ކަމަށް މީހުން ބުނެއެވެ.

ދެން ދައްކަނީ އެއިރު ސިޓީ ކައުންސިލުން ކަންކަން ނުކުރާ ވާހަކައެވެ. މިއަދު މޭޔަރުކަމުގެ ގޮނޑީގައި އިންނައިރު، އެއިރުގެ މާލެ ސިޓީ ބިއްލޫރިޖެހި ގެއިން ނެރެ މަގުމަތިކޮށްލާ މުނިސިޕަލް ޚިދުމަތްތައް މުއިއްޒުގެ ކޮޓަރިއަށް ވެއްދި ހަނދާންވެސް ނެތިދާނެއެވެ. ނަމަވެސް އެ ހަނދާން ނުނެތޭނެ ސިވިލް މުވައްޒަފުންނާއެކު މިހާރުވެސް މުއިއްޒު އިނީ މަސައްކަތުގައެވެ. އެ މުވައްޒަފުން މަގުމަތިކޮށްލި ހަނދާން އަދި ނެތޭނެހެން ހިޔެއް ނުވެއެވެ.

ވިހާ މަރުވާ ވެސް ބެލެހެއްޓީ މުއިއްޒެވެ. ދަފްތަރާއި ވެސް ކުޅުނީ މުއިއްޒެވެ. މާލޭގެ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަން ދެ ފަހަރަށް ވެސް ނިގުޅައިގަތީ މުއިއްޒެވެ. ފުލެޓްތައް މިނިސްޓަރުންގެ ލިސްޓަށް ބަހައި ހުސްކޮށްލީ ވެސް މުއިއްޒެވެ.

މިހާރު މާލޭގެ މަގުތަކުގައި ދިދަ ޖަހައި އެކަން ކުރިކަމަށް ޓްވީޓްކޮށް ސްޓަންޓް ޖެއްސަނީއެވެ. ރަށްރަށުގައި އަދި ސިޓީ ތަކުގައި ނަމަވެސް، ސަރުކާރުން އަންގައިގެން ނުވަތަ މިނިސްޓްރީތަކުން އަންގައިގެން ދިދަ ޖެހުމާއި ދިދަ ފަތި ދެމި ޒަމާން ގޮސް މާޒީ ވެއްޖެއެވެ. އެކަން ކުރަނީ ކައުންސިލްތަކުން އެ ކައުންސިލެއްގެ މުނިސިޕަލް މަސައްކަތެއްގެ ގޮތުގައެވެ. ދުވަހެއް ފާހަގަ ކުރަން އާދޭސް ދަންނަވަން ނުވަތަ ދިދަ ޖަހަން އެދި ފަތްކޮޅެއް މިހާރަކު ނުފޮނުވާނެއެވެ. އެއީ ކައުންސިލްތަކުގެ ޒިންމާއެކެވެ. ކައުންސިލްތަކުން ކުރަން ޖެހޭ ކަމެކެވެ.

އެހެންކަމުން ޝަހީދުންގެ ބިނާ ސާފުކޮށް އެތަނުގައި ކުލަކޮޅެއްލާ މާލޭގެ މަގުތަކުގައި ދިދަ ޖެހީ އިޚުލާސްތެރިކަމެއް އޮވެގެން ނޫނެވެ. އެއީ ހަމަ ދެއްކުން ތެރިކަމެވެ. މާ ދުރު ނޫން މުއިއްޒުގެ މިނިސްޓަރު ކަމުގައި ޝަހީދުންގެ ބިނާއިން ބައެއް ކަނޑައި ނަގައި ސަހަރާ ސާފުކޮށް އެތަނުގައި ޕާކިން ޒޯން ހެދީވެސް ހަމަ މުއިއްޒެވެ. މިއީ ދައްކާ ހުސް ނުވާނެ ވާހަކައެވެ.

މުއިއްޒެވެ. 7 އަހަރުން ނުވި ކަންކަން 7 ދުވަހުން ކޮށްދިނީމާ އެއީ އިޚުލާސްތެރިކަމާއެކު ކުރި ކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ. ސިޔާސީ ސްޓަންޓެއް ޖެއްސީއެވެ. ނަމަވެސް އެ ސްޓަންޓް މިއަދު ގަބޫލުކުރާނެ ބަޔަކު ނެތެވެ. ގޮވީ އަތަށެވެ. ގޮނޑި ބަދަލުވުމުން ތިޔަ ހިންގުމެއް ހިނގަނީ ހަމަ އެކޮޅުކޮޅުންނެވެ.

ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާ (1988)ޑރ. މުހައްމަދު މުއިއްޒުމާލެ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް

03 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
16 މާރިޗު 2026

ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން

16 މާރިޗު 2026
ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން
10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
08 މާރިޗު 2026

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި
03 މާރިޗު 2026

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟
28 ފެބުރުއަރީ 2026

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

28 ފެބުރުއަރީ 2026
ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!
26 ފެބުރުއަރީ 2026

މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް

26 ފެބުރުއަރީ 2026
މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް