Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެސްއައިޕީ ބަޖެޓް

ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ބަޖެޓްގައި 1.7 ބިލިއަން ރުފިޔާ

7 ނޮވެމްބަރު 2021 | އާދީއްތަ 08:52

އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅައިފައިވަނީ ބްރިޖު އެޅުމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ނޮވެމްބަރު 2021 | އާދީއްތަ 08:52
މަޑުއްވަރީ ބަނދަރު

މަޑުއްވަރީ ބަނދަރު

ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 1.7 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅައިފިއެވެ.

ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، 169 ރަށެއްގައި ބަނދަރު ހެދުމުގެ މަޝްރޫއު އަންނަ އަހަރަށްލާފާކުރި ބަޖެޓްގައިވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ހިނގަމުންދާ 41 މަޝްރޫއުއާއި އަލަށްފަށާ 20 މަޝްރޫއުއެއް ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުން އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕޯޓު މަޝްރޫއުއަށް 21.0 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ރަށްރަށުގައި އަލަށްފެށުމަށް ހަމަޖެހިފައިވާ ހައި-ސްޕީޑް ފެރީ ނެޓްވޯކްގެ އިމްޕްރޫވްމަންޓް ޕްލެޓްފޯމް މަޝްރޫއަށް 30.0 މިލިއަން ރުފިޔާ އަދި އުތުރުގެ ސަރަހައްދުގައި ހައި-ސްޕީޑް ފެރީގެ ނިޒާމު ގާއިމްކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

ޕީއެސްއައިޕީ ބެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ވެސް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށެވެ.

ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ޖުމްލަ 1,747.9 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުގެ 27.9 އިންސައްތައެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނީ ބޭރުގެ އެކި ފަރާތްތަކުން ލިބޭ ލޯނުން ހިންގާ މަޝްރޫއުތަކަށް ކަމަށް ބަޖެޓްގައިވަނީ ކަނޑައަޅާފައެވެ.

އެގޮތުން ވައިގެ ބަނދަރުތައް ތަރައްގީކުރުމަށް ބޮޑު ހޭދައެއް ކުރުމަށްވަނީ ނިންމާފައެެވެ. މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް އަދި ރަންވޭ މަޝްރޫޢުއަށް 560.8 މިލިއަން ރުފިޔާ ލޯނުން ޚަރަދުކޮށްގެން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސައުދީ ފަންޑު، އަބޫދާބީ ފަންޑު، ކުވެއިތު ފަންޑު އަދި އޯފިޑް ފަންޑުން ހަމަޖެހިފައިވާ ލޯނުތަކުން ކުރާ ޚަރަދުތައް ހިމެނެއެވެ.

ހަމައެހެންމެ، ހިނގަމުންދާ ޑޮމެސްޓިކް ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ އެކި މަޝްރޫއުތަކަށް 123.2 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެއެވެ. މީގެ އިތުރަށް ސ. ގަން ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ފަންޑުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ނ. މާފަރު އެއަރޕޯޓް އެކްސްޓެންޝަން މަޝްރޫއުއަށް އަބޫދާބީ ފަންޑުން 1.6 މިލިއަން ރުފިޔާ އަދި ޑޮމެސްޓިކް ބަޖެޓުން 30.0 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅައިފައިވަނީ ބްރިޖު އެޅުމަށެވެ. މިއީ ގްރޭޓާރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ބިން ހިއްކުމާ ގުޅިގެން ޢަމަލީ މަސައްކަތްތައް ފަށައިގަތުމަށްޓަކައެވެ. މިގޮތުން މި މަޝްރޫއަށް ޖުމްލަ 633.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 543.3 މިލިއަން ރުފިޔާގެ ލޯނު އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 76.2 މިލިއަން ރުފިޔާއާއި ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން 14.0 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ މި ސަރުކާރުގެ މައި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އަދި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ރާވައިފައިވާ އެންމެ މުހިއްމު އެއް މަޝްރޫއުއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް