Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖެ އިސްލާމްވީ ދުވަސް

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރަމުން ދާހިނދު!

7 ނޮވެމްބަރު 2021 | އާދީއްތަ 11:22

މިއަދު މިފާހަގަ ކުރަނީ ރާއްޖެ އިސްލާމްވިތާ 895 އަހަރު ފުރޭ ދުވަސް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 7 ނޮވެމްބަރު 2021 | އާދީއްތަ 11:22
ކުޅުދުއްފުށި ހުކުރު މިސްކިތް

ކުޅުދުއްފުށި ހުކުރު މިސްކިތް

މިއަދު އަޅުގަނޑުމެން ފާހަގަ ކުރަމުން މިދަނީ ރާއްޖެ އިސްލާމްވިތާ 895 އަހަރުވީ ދުވަހެވެ. ދިވެހި ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި އަދި ދިވެހި ދައުލަތް ރަސްމީގޮތުން ގަބޫލުކުރާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފެށީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަ ކުރަމުންނެވެ.

ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއް ކަމުގައިވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ އަތްޕުޅުމައްޗަށެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށް ވީ އައްސުލްޠާން މުހައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ. މިއީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް އަގުހުރި ދަރުމަވަންތަ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ. މި ރަސްގެފާނަށް ނިސްބަތްވާ ދެ މިސްކިތް މާލޭގައި މިހާރުވެސް އެބަހުއްޓެވެ. އެއީ ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، މަސްޖިދުއް ސުލްތާން މުހައްމަދު ބުނި އަބްދިﷲ އެވެ.

މީގެ އިތުރުން ދަރުމަވަންތަ ސްކޫލް ވެސް ނިސްބަތްވަނީ ދަރުމަވަންތަ މަހާރަދުންނަށެވެ. މިކަންކަމުން ދޭހަވަނީ ދަރުމަވަންތަ ރަސްގެފާނަށް ހައްގު މަގާމު ހޯއްދަވައި ދެއްވުމަށާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ހިމާޔަތްކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ. ދިވެހިން މިއަދު ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން ގަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުނު ލިބުމެވެ.

ދިވެހިރާއްޖެ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، ގައުމުގެ އެކިކަންކޮޅުތަކުގައި މިނިވަންކަމާއި އަމާންކަމާއިއެކު އޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީނެވެ. މިފަދަ ދުވަހެއް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނު ގޮތާއި، މިއަދާ ހަމަޔަށް މިގޮތުގައި ދެމި ތިބުމަށް ކުރެވެމުންދިޔަ މަސައްކަތްތައް މިއަދުގެ ޖީލަށް އެނގޭނެ ގޮތްތަކެއް ކިޔެވުމުގެ ތެރޭން ގެންނަން ޖެހެއެވެ.

މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާއީ އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީންކަމަށް ދިވެހިން ގަބޫލުކުރެއެވެ. ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން ދީނެއް ނުވަތަ ދީންތައް ތައާރަފް ކުރަންޖެހޭނެ ކަމަށް އެހެން ފަރާތްތަކުން ގޮވާލާ ކޮންމެ ގޮވާލުމަކަށް ދިވެހިން އަންނަނީ ވަރަށް ސާބިތުކަމާއެކު ނޫނެކޭ ބުނަމުންނެވެ. އަދި އެކަން ދަމަހައްޓަމުންނެވެ. މިފަދަ ހާލަތެއް ދިމާވި ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހިންވަނީ އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި އެމީހުންގެ މޭ އައްޑަނައަކަށް ދިއްކޮށްފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުގައި ވަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ކަނޑައަޅައިފައެވެ. މާތްﷲ އަޅަމެންގެ މިގައުމު އިސްލާމްދީނުގެ ހިޔަލުގައި އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ. އާމީން..!

ކުޅުދުއްފުށި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
04 ނޮވެމްބަރު 2025

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި

04 ނޮވެމްބަރު 2025
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި
01 ނޮވެމްބަރު 2025

ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

01 ނޮވެމްބަރު 2025
ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް
11 އޮކްޓޯބަރު 2025

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުއްޓާއި ދާންދޫގައި ހަރަކާތްތަކެއް ބާއްވައިފި

11 އޮކްޓޯބަރު 2025
ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކުޅުދުއްފުއްޓާއި ދާންދޫގައި ހަރަކާތްތަކެއް ބާއްވައިފި
09 އޮކްޓޯބަރު 2025

މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ޓީމުތައް ކުޅުދުއްފުއްޓާއި ދާންދޫގައި

09 އޮކްޓޯބަރު 2025
މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ޓީމުތައް ކުޅުދުއްފުއްޓާއި ދާންދޫގައި
04 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ރައްޔިތުންނަށް ބޮޑު ލަނޑެއް؟ މިޔަރު ބާނަން ތައްޔާރުވާން ރައްޔިތުން ގާތު ވިދާޅުވެ، މިޔަރުގެ ވިޔަފާރި ކޮންޓްރޯލު ކުރަން ދިވެހި ސަރުކާރުން އޮތީ ތާއީދު ކޮށްފައި

04 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ރައްޔިތުންނަށް ބޮޑު ލަނޑެއް؟ މިޔަރު ބާނަން ތައްޔާރުވާން ރައްޔިތުން ގާތު ވިދާޅުވެ، މިޔަރުގެ ވިޔަފާރި ކޮންޓްރޯލު ކުރަން ދިވެހި ސަރުކާރުން އޮތީ ތާއީދު ކޮށްފައި
31 އޯގަސްޓު 2025

ކުޅުދުއްފުށީ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި

31 އޯގަސްޓު 2025
ކުޅުދުއްފުށީ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި
30 އޯގަސްޓު 2025

މިޔަރު ބާނަން ހުއްދަދޭން މުއިއްޒު ނިންމުމާއެކު މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރުޅި ގަދަވެއްޖެ

30 އޯގަސްޓު 2025
މިޔަރު ބާނަން ހުއްދަދޭން މުއިއްޒު ނިންމުމާއެކު މިޔަރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރުޅި ގަދަވެއްޖެ
07 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

07 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ
27 ޖެނުއަރީ 2025

18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށި އެއަރޕޯޓް ފެންސަށް އަރައިފި

27 ޖެނުއަރީ 2025
18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށި އެއަރޕޯޓް ފެންސަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް