Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީން 20 ރަށެއްގައި ހިންގާ ޕްރޮޖެކްޓްތަކަށް ބޭރު ގައުމުތަކުން މީހުން ނުގެންނަން: ޝާހު

ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ އެމްޑަބްލިޔުއެސްސީ އިން ވަރަށް ވިސްނާކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2021 | ހުކުރު 08:07
މާލޭގައި ފެން ރައްކާ ކުރާ އިތުރު 2 ތާންގީ ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ތެރެއިން

މާލޭގައި ފެން ރައްކާ ކުރާ އިތުރު 2 ތާންގީ ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ތެރެއިން

އެމްޑަބްލިޔުއެސްސީން 20 ރަށެއްގައި ހިންގާ ޕްރޮޖެކްޓަށް ބޭރު ގައުމުތަކުން މީހުން ނުގެންނަން ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ އެމްޑަބްލިޔުއެސްސީން ވަރަށް ވިސްނާކަމެއް ކަމަށެވެ. އަދި އެ ކުންފުންޏަށް ލިބިފައިވާ 20 ރަށުގެ ޕްރޮޖެކްޓުގައި ވެސް ބޭރު ޤައުމުތަކުން ބިދޭސީ މަސައްކަތްތެރިން ނުގެންނަ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހުރިހާ ޕްރޮޖެކްޓްތައް ސަބް ކޮންޓްރެކްޓް ކުރަނީ ދިވެހި ކުންފުނިތަކަށް ކަމަށާއި ދިވެހި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވާ ކަމަށެވެ. އަދި ގިނަ ފަހަރަށް އެ ރަށެއްގެ ކުންފުންޏަކަށް ފުރުސަތު ދެވިގެންދާ ކަމަށާއި ބޭނުން ވަނީ ފައިސާ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާނެ ގޮތެއް ހެދުން ކަމަށް ޝާހު ވިދާޅުވިއެވެ.

ޕްރޮޖެކްޓުތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށްޓަކައި ޕްރޮޖެކްޓްގެ ކޮމްޕޯނަންޓްތައް ބަހާލައިގެން ކުރާ ކަމަށާއި ކުންފުނިން މަސައްކަތް ކުރަނީ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށް ޝާހު ވިދާޅުވިއެވެ.

ވަރަށް ގިނަ ރަށްރަށުގެ ކައުންސިލާއި ރައްޔިތުން ޕްރޮޖެކްޓްތަކާ ގުޅިގެން އިތުބާރު ބޭނުންވާ ކަމަށާއި އެ ކުންފުނިން ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންކުރަނީ ކޮލެޓީ ރަނގަޅު ޕްރޮޑަކްޓްތައް ކަމަށް ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީން މިހާރު ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ބައެއް ރަށްރަށަކީ އއ. މަތިވެރި، ބ. މާޅޮސް، ރ. އިންނަމާދޫ، ށ. ފީވަށް، އަދި ލ. ފޮނަދޫއެވެ.

ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ނަރުދަމާއަށް ކުރަން ޖެހޭ ޚަރަދު ބޮޑުވުމުން އެކަމުން ފައިދާ ނުވާ ކަމަށެވެ.

މެއިންޓެނަންސްއަށް ޓަކައި އަބަދު އަތުން ޚަރަދުދާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ މުސްތަޤްބަލުގައި ވެސް އޮތީ ނަރުދަމާއަށް އެކުންފުނިން ބޮޑު ޚަރަދެއްދާ ގޮތަށް ކަމަށެވެ. ތިމާވެށި ހިމާޔަތް ކުރުމަށާއި ހުރިހާ ކަމަކަށް ބަލާއިރު ރޯ ނަޖިސް ޑަމްޕް ކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ. ސީދާ ފަރުތަކަށް ދޫކުރެވޭ ނަޖިހުގެ ސަބަބުން ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު، އެތަންތަނަށް ފަރުވާކުރުމަށް ވެސް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ޝާހު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން ލިބޭ ގެއްލުންތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ޝާހް ވިދާޅުވިއެވެ. އެގޮތުން ނަރުދަމާ ނިޒާމުގެ ތެރެއިން މޫދަށް ދޫކުރާ ނަޖިހުގެ ސަބަބުން މޫދަށް އެރޭ މީހުންނަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި ޝާހު ވިދާޅުވީ، މާލޭގެ ސްވިމިންގ ޓްރެކަށް މޫދަށް އެރުމުގެ ސަބަބުން ކަންފަތުގައި ޖަރާސީމު އުފެދޭކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި މިހާލަތު ރާއްޖޭގެ އެހެން ގިނަ ރަށްތަކެއްގައި ވެސް ތަކުރާރު ވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ތިމާވެށި ހިމާޔަތް ކުރަން ބޭނުންނަމަ ނަރުދަމާގެ ނިޒާމުން ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުންތައް ހުއްޓުވުމަށްޓަކައި ރައްޔިތުންގެ އަތުން ފީއެއް ނެގުމަކީ ރަނގަޅު ކަމެއް ކަމުގައި ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު