Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮޕް26 ކޮންފަރެންސް

އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ރާއްޖެއާ ބައިވެރިވުމަށް ދުނިޔެއަށް ޝައުނާ ގޮވާލައްވައިފި

އިޔާދަކުރިނިވި ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުޑަކުރުމަށް ކުރާކަމެއް ނޫން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ނޮވެމްބަރު 2021 | ހުކުރު 02:53
ކޮޕް26 ކޮންފަރެންސްގެ ހަވާސާ ބައްދަލުވުމެއްގައި އެންވަޔަރަންމަންޓް މިނިސްޓަރ ވާހަކަދައްކަވަނީ

ކޮޕް26 ކޮންފަރެންސްގެ ހަވާސާ ބައްދަލުވުމެއްގައި އެންވަޔަރަންމަންޓް މިނިސްޓަރ ވާހަކަދައްކަވަނީ

މިހާރު ކުރިޔަށްދާ ކޮޕް26 ކޮންފަރެންސްގެ ހަވާސާގައި ކުރިޔަށްދިޔަ އެނަރޖީ ޑޭ ހަރަކާތުގައި ވާހަކަދައްކަވަމުން ރާއްޖެއިން އިޔާދަކުރަނިވި ހަކަތައަށް ދިޔުމަށްކުރަމުންދާ މަސައްކަތްތަކަށް އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ އަލިއަޅުވާލައްވައިފިއެވެ.

އެނަރޖީ ޑޭ އޯޕަނިންގ އިވެންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެފަދަ ގައުމުތަކަށް އިޔާދަކުރިނިވި ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުޑަކުރުމަށް ކުރާކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަންކަމަށް އެޑަޕްޓްވުމާއި އެބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމަށް ވެސް މުހިންމުކަމެއްކަމަށެވެ.

ރާއްޖެއަކީ ހަކަތަ އުފެއްދުމުގައި ވަރަށް ބޮޑަށް ތެލަށް ބަރޯސާވާ ގައުމެއްކަމަށް ޝައުނާ ވިދާޅުވިއެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން އެތައް ހޭދައެއްކުރާކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން މިހާރު ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވުން ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ދިޔުމުގެ ސިޔާސަތެއް ގެންގުޅޭކަމަށް ވިދާޅުވެ ޝައުނާ ވަނީ މިކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

އަދި އިޔާދަކުރިނިވި ހަކަތައަށް ދިޔުމުގައި ރާއްޖެއަށް ވަރަށް ބޮޑަށް ބޭރުގެ އެހީތެރިކަމާއި ފައިސާ ބޭނުންވާނެކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ނެޓް ޒީރޯއަށް ވާސިލުވުމަކީ ހަމައެކަނި އެންމެ ގައުމެއްގެ ކަމެއްނޫންކަމަށް ވިދާޅުވެ ޝައުނާ ވަނީ މިކަމުގެ ފަހަތުގައިވާ ސައިންސް ދެނެގަނެ މުޅި ދުނިޔެ ހަކަތަ އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ގޮވާލައްވާފައެވެ.

މިބައްދަލުވުމުގައި ވަނީ ދުނިޔެއިން ހަކަތަ އުފެއްދުމުގައި ބޯޓުދެލި އެންދުން ހުއްޓުވުމަކަށް ގެނައުމަށް އެހެން ގައުމުތަކުގެ މިނިސްޓަރުން ވެސް ގޮވާލައްވާފައެވެ. އަދި ހުރިހާ އެންމެން ގުޅިގެން މިކަމުގައި ނަތީޖާ ހާސިލުކުރުމާމެދު ވަނީ ވާހަކަދައްކަވާފައެވެ.

ކޮޕް26މިނިސްޓަރ އައިމިނަތު ޝައުނާ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2023

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި
30 އޯގަސްޓު 2023

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

30 އޯގަސްޓު 2023
މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ
30 އޯގަސްޓު 2023

ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

30 އޯގަސްޓު 2023
ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި
09 މެއި 2023

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ
05 އެޕްރީލު 2023

މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

05 އެޕްރީލު 2023
މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ
23 ފެބުރުއަރީ 2023

ކުންޏަކީ މެނޭޖުކުރަންޖެހޭ ނަފާލިބޭނެ މަސައްކަތެއްކަން މިއަދު ދިވެހިން ގަބޫލުކުރޭ: މިނިސްޓަރު ޝައުނާ

23 ފެބުރުއަރީ 2023
ކުންޏަކީ މެނޭޖުކުރަންޖެހޭ ނަފާލިބޭނެ މަސައްކަތެއްކަން މިއަދު ދިވެހިން ގަބޫލުކުރޭ: މިނިސްޓަރު ޝައުނާ
12 ޖެނުއަރީ 2023

ގޭބިސީތަކުން މަގަށް ކުނި ނެރުން: މާލޭގެ އާއްމު ހާލަތު މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި

12 ޖެނުއަރީ 2023
ގޭބިސީތަކުން މަގަށް ކުނި ނެރުން: މާލޭގެ އާއްމު ހާލަތު މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި
05 ޑިސެމްބަރު 2022

ޔޫއޭއީ އިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ރޯލަކީ އަގު ނުކުރެވޭފަދަ މުހިންމު ރޯލެއް: ޝައުނާ

05 ޑިސެމްބަރު 2022
ޔޫއޭއީ އިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ރޯލަކީ އަގު ނުކުރެވޭފަދަ މުހިންމު ރޯލެއް: ޝައުނާ
26 އޮކްޓޯބަރު 2022

ރާއްޖޭގައި މުރަކަތައް ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: މިނިސްޓަރ ޝައުނާ

26 އޮކްޓޯބަރު 2022
ރާއްޖޭގައި މުރަކަތައް ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: މިނިސްޓަރ ޝައުނާ
13 އޮކްޓޯބަރު 2022

ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންނާއި ކުޑަކުދިންނަށް ޙާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

13 އޮކްޓޯބަރު 2022
ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންނާއި ކުޑަކުދިންނަށް ޙާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު