Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމެރިކާގެ އެހީ

އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި

25 މެއި 2017 | ބުރާސްފަތި 16:34

• ކުރިން ދެމުން އަންނަ އަދަދަށްވުރެ 86 ޕަސަންޓު ވަނީ މަދުކޮށްފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 25 މެއި 2017 | ބުރާސްފަތި 16:34
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރީގެ ރައީސުން އެހެން ގައުމުތަކަށް އެހީދެއްވާތީ ފާޑުވިދާޅުވެފަ

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރީގެ ރައީސުން އެހެން ގައުމުތަކަށް އެހީދެއްވާތީ ފާޑުވިދާޅުވެފަ

އެމެރިކާއިން ރާއްޖެއަށްދޭ އެހީ ކުޑަކޮށްފިއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރީގެ ރައީސުން އެހެން ގައުމުތަކަށް އެހީދެއްވާތީ ފާޑުވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެމެރިކާއިން އެހެން ގައުމުތަކަށް އަޅާލުން ބޮޑުކަމަށްވިދާޅުވެ ކުރީގެ ވެރިންނަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދެކުނު އޭޝިޔާގެ ޤައުމުތަކަށް ކުރިން ދެމުން އަންނަ އެހީތައް މަދުކުރަން ނިންމުމުގެ ސަބަބުން ރާއްޖެއަށް ދެމުން އައި އެހީތައްވެސް ވަރަށް ބޮޑު އިންސައްތައަކުން ކުޑަވެއްޖެއެވެ.

މީގެ ކުރިން 3.3 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ލިބިފައި ވާއިރު އަންނަ އަހަރުން ފެށިގެން ދިނުމަށް ނިންމާފައި ވަނީ 440،000 ޑޮލަރުގެ އެހީ އެވެ. މިއީ ކުރިން ދެމުން އަންނަ އަދަދަށްވުރެ 86 ޕަސަންޓު މަދު އަދަދެކެވެ.

ރައީސް ޓްރަމްޕް ކޮންގްރެސް އަށް ހުށަހެޅުއްވި ބަޖެޓުގައި ރާއްޖޭގެ އިތުރުން ރާއްޖެއާ އަވައްޓެރި ސްރީ ލަންކާއަށް 42.5 މިލިއަން ޑޮލަރުގެ އެހީ މީގެ ކުރިން ދީފައިވާއިރު ދެން ދޭނީ 3.3 މިލިއަން ޑޮލަރެވެ.

ބަންގްލަދޭޝްއަށް ދޭ އެހީ 210 މިލިއަން ޑޮލަރުން ސަތޭކަ 138ހާސް ޑޮލަރަށް ބަދަލުވާނެއެވެ.

ޓްރަމްޕްގެ ކުރިން އޮތް ރިޕަބްލިކަން ސަރުކާރުން އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާއިން ސިފައިން އެރި އަފްޣާނިސްތާނަށް ދޭ އެހީ ނިސްބަތުން ކުޑަކޮށްފައެއް ނުވެއެވެ.

ޓްރަމްޕްގެ ކުރިން ވެރިކަން ކުރި ޑިމޮކްރޭޓުންގެ ވެރިކަމުގައި އަފްޣާންގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު ވަނީ މަދުކޮށްފައެވެ. ރައީސް ޓްރަމްޕްގެ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި އެ ޤައުމުށް 782 މިލިއަން ޑޮލަރުގެ އެހީ ދޭން ވަނީ ހިމަނައިފަ އެވެ.

މީގެ ކުރިން ދެ ބިލިއަން ޑޮލަރުގެ އެހީ ދެކުނު އޭޝިއާގެ ޤައުމުތަކަށް އެމެރިކާއިން ދޭއިރު މިފަހަރު ވަނީ އެ އަދަދު 1.4 އަށް ކުޑަކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް