Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާއިން ފަރިތަކުރުންތައް ފެށުން

މޯހަންއާއެކު މާޒިޔާއިން ފަރިތަކުރުންތައް ފަށައިފި

މާޒިޔާގެ ކޯޗަކަށް މޯހަން ހަމަޖައްސާފައިވަނީ އަންނަ ސީޒަނުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2021 | އަންގާރަ 13:27
މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން މުޙައްމަދު ޝިޔާޒް (މޯހަން)

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން މުޙައްމަދު ޝިޔާޒް (މޯހަން)

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރިތަކުރުންތައް ފަށައިފިއެވެ.

މާޒިޔާގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިތުޝާދުގެ ދަށުން މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވަނީ ހޯމަ ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައެވެ. މާޒިޔާއިން ފަރިތަކުރުންތައް ފެށި ނަމަވެސް، އެ ޓީމުގެ ފަރިތަކުރުންތަކުގައި ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ބައިވެރިއެއް ނުވެއެވެ.

މާޒިޔާއިން ބުނީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނީ ސްރީ ލަންކާގައި މި މަހު ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) އަށްފަހު ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހު މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވަނީ އެ ޓީމުގެ ޔޫތު ޓީމުގެ ބައެއް ކުޅުންތެރިންނާއެކުގައެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން އެ ޓީމުގެ ކޯޗަކަށް މޯހަން ހަމަޖައްސާފައިވާއިރު، މާޒިޔާގެ ކޯޗަކަށް އޭނާ ހަމަޖެއްސީ އަންނަ ސީޒަނުގެ ނިޔަލަށެވެ. މާޒިޔާގެ ކޯޗަކަށް މޯހަން ހަމަޖެއްސިއިރު، އެ ޓީމަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ފުރިހަމަކޮށް އިންޑޮނީޝިއާގެ ކުލަބު ބޯނިއޯއާ ގުޅިފައެވެ.

ކުރިއަށް އޮތް ސީޒަނަށް މޯހަން މާޒިޔާއާ ހަވާލުވިއިރު، އެންމެ ފަހުން އޭނާ އިރުޝާދުދީފައިވަނީ މިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެކަމަކު ދާދި ފަހުން ސަސްއިން ވަނީ ދެ ފަރާތް އެއްބަސްވެގެން މޯހަންގެ އެއްބަސްވުން އުވާލާފައެވެ. މޯހަންއަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާއަށް އިރުޝާދުދޭނެ ދިވެހި ހަތަރުވަނަ ކޯޗެވެ.

ކުރިއަށް ސީޒަނަށް މޯހަން މާޒިޔާއާ ހަވާލުވިއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންމުޙައްމަދު ޝިޔާޒް (މޯހަން)

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު