Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާގެ މައްސަލަ

ޖިންސީ ގޯނާގެ އެކި މައްސަލަތަކުގައި 30 މުވައްޒަފަކު ވަޒީފާއިން ވަނީ ވަކިކޮށްފައި - މިނިސްޓަރ

2 ނޮވެމްބަރު 2021 | އަންގާރަ 05:30

ޖިންސީ ގޯނާގެ 40 ވަރަކަށް މައްސަލަ މިހާތަނަށް ހުށަހެޅި ބެލިފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 ނޮވެމްބަރު 2021 | އަންގާރަ 05:30
ގަލޮޅު މަދަރުސާގައި ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެ، ދެ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައި

ގަލޮޅު މަދަރުސާގައި ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެ، ދެ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައި

ޖިންސީ ގޯނާގެ އެކި މައްސަލަތަކުގައި 30 މުވައްޒަފަކު މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، ގަލޮޅު ސްކޫލުގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެޑިއުކޭޝަން ދާއިރާގައި ޖިންސީ ގޯނާގެ 40 ވަރަކަށް މައްސަލަ މިހާތަނަށް ހުށަހެޅި ބެލިފައިވާ ކަމަށާއި، އޭގެ ތެރެއިން 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައ ބަލަމުންދާ މައްސަލަތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރުވެސް ޖިންސީ ގޯނާއާ ގުޅޭ 7 ވަރަކަށް މައްސަލަ މިނިސްޓްރީން ބަލަމުންދާއިރު ތުހުމަތު ކުރެވޭ ހުރިހާ މުވައްޒަފުން ތިބީ ސަސްޕެންޑް ކުރެވިފައި ކަމަށެވެ.

ގަލޮޅު މަދަރުސާގައި ހިނގި ހާދިސާ މިނިސްޓްރީއަށް ރިޕޯޓް ކުރި ވަގުތުން ފެށިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވަމުން ގެންދަވާ ކަމަށާއި، އެވަގުތުން ފެށިގެން ތުހުމަތުކުރެވޭ ދެ މީހަކު ސަސްޕެންޑްކޮށް، މިކަމުގައި ޝާމިލުވާ މީހާ ވެސް ހައްޔަރު ކޮށްފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މި މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ. މި މައްސަލަ ފެންމަތިވުމުން ގަލޮޅު ސްކޫލުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީޗަރުންގެ ބެލުމުގެ ދަށުން ދަރިވަރުން ފާހާނާއަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ސްކޫލްގެ އެކި ސަރަހައްދުގައި 18 ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓަރ ކުރަން ފަށާފައިވާކަމަށެވެ.

ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި، ސްކޫލުތަކުގައި ސެކިއުރިޓީ އޮފިސަރުން ބައިތިއްބާފައިވާ ކަމަށެވެ. އަދި ކޮންމެ ސްކޫލެއްގައި ވެސް ސީސީޓީވީ ކެމެރާ ހަރުކޮށް މިފަދަ އަމަލުތަކަށް ޖާގަ ނުދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަރުދަނާ ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ތައުލީމު އުގަންނައިދޭ ތަންތަނަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ޔަގީންކަން އެންމެހާ ބެލެނިވެރިންނަށް ވެސް މިނިސްޓަރ ދެއްވިއެވެ. އެފަދަ ހާދިސާތައް ނުހިނގާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަމުން ގެންދަވާ ކަމަށާއި، ޓީޗަރުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާއިރު، ދަރިވަރުންނާ ދިމާވާނެ އެހެން މުވައްޒަފުންނަށް ވެސް ލައިސަންސެއް ދިނުމަށް މަސައްކަތް ކުރަައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. އާއިޝަތު އަލީމިނިސްޓްރީ އޮފް އެޑިއުކޭޝަން ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް