Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮޕް26

ފިނިހޫނުމިން 2 ޑިގްރީއަށް މައްޗަށް ހިނގައްޖެނަމަ، ރާއްޖެ ނޯންނާނެ ކަމުގެ ބިރަކީ ދުނިޔެއަށް އިންޒާރެއް - ރައީސް

2 ނޮވެމްބަރު 2021 | އަންގާރަ 04:32

މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕެރިހުގައި ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް ވެސް ގޮވާލެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 ނޮވެމްބަރު 2021 | އަންގާރަ 04:32
ރައީސުލްޖުމްހޫރިއްޔާ ކޮޕް26 ގައި

ރައީސުލްޖުމްހޫރިއްޔާ ކޮޕް26 ގައި | ރައީސް އޮފީސް

ދުނިޔޭގެ ފިނިހޫނުމިން 1.5 ގައި ހިފެހެއްޓިފައި ނުވާކަން ފާހަގަކުރައްވައި، ދުނިޔޭގެ ފިނިހޫނުމިން 2 ޑިގްރީއަށް މައްޗަށް ދިޔަ ނަމަވެސް، ރާއްޖެ ދެމިއޮތުމަށް ހިޔަނި އެޅިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26)ގެ ވޯލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކާ ވެސް އެ ހަޤީޤަތާ ކުރިމަތިލާންޖެހޭނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރަމުންދާ ޤައުމެއްކަމަށާއި، މި ޙާލަތަކީ ހަމައެކަނި އެއް ޤައުމަކުން ކުރާ މަސައްކަތުން ޙައްލު ހޯދޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކުރައްވައި ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު އުފެއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާ ޙިއްޞާކުރައްވާފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ޙިއްޞާކުރައްވަމުން ވިދާޅުވީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ 6 ރަށަކަށް ޒިޔާތްކުރެއްވިއިރު ކޮންމެ ރަށަކީ ވެސް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެއް ކަމަށެވެ. އެހެންކަމުން ރަށަކަށްފަހު ރަށެއް ފެނުއަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށާފައިވާކަމަށެވެ. މިއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ އެއް ހަޤީޤަތްކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ޤައުމުތަކުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕެރިހުގައި ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް ވެސް ގޮވާލައްވާފައެވެ. އެހެންނަމަވެސް ކުރިންދީފައިވާ ޔަޤީންކަމާ އެއްގޮތަށް ކަންކަން ފަހިކުރުމުގެ ގޮތުން، ހުރަސްތައް ނައްތާލުމާއި ކުރަންޖެހޭ ދިރާސާތައްކުރުމާއި ލިޔެކިޔުންތައް ތައްޔާރުކުރުންފަދަ ކަންކަން، ކުރިން ކުރެވިފައި ނެތުމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ ޙާލަތުގެ ނާޒުކުކަން އިޙްސާސް ކުރެވިފައި ނުވާކަން އަންގައިދޭކަމަށާއި އަދި އެއީ ހިތާމަކުރައްވާކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ޤައުމުތައް އެއްގަލަކަށް އަރައި، އެންމެ ނާޒުކު ޤައުމުތަކަށް އެހީތެރިވާން ޖެހޭކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ރާއްޖެފަދަ ނާޒުކު ޙާލަތުގައިވާ ޤައުމުތައް ދެމިއޮތުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެއްބަސްވެފައިވާ ގޮތަށް ޒިންމާދާރުކަމާއެކު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުން އެއްބަސްވެވަޑައިގަތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާން ނިންމަވާލައްވަމުން ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ކުރިމަތިލާޖެހިފައިވާ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ލިބޭ އެންމެ ފަހު ފުރުޞަތުކަމަށް ވެދާނެކަން ދުނިޔޭގެ ލީޑަރުންނަށް ހަނދާންކޮށްދެއްވައި މި ފުރުޞަތު ބޭކާރުވެގެން ދިޔަނުދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮޕް26ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކްލައިމެޓް ޗޭންޖް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟

21 ފެބުރުއަރީ 2026
އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟
13 ފެބުރުއަރީ 2026

ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި

13 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި
11 ފެބުރުއަރީ 2026

ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތައް ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަ ވެފައިވާ ދަނޑިވަޅެއްގައި، ފަރުތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026
ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތައް ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަ ވެފައިވާ ދަނޑިވަޅެއްގައި، ފަރުތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
04 ފެބުރުއަރީ 2026

ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ

04 ފެބުރުއަރީ 2026
ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ
22 ޑިސެމްބަރު 2025

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި
30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
12 ޖުލައި 2025

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް