Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ އަނިޔާގެ މައްސަލަ

މަދަރުސާގައި ކުޑަކުއްޖާއަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

1 ނޮވެމްބަރު 2021 | ހޯމަ 16:33

ހައްޔަރުކޮށްފައިވަނީ 63 އަހަރުގެ އަންހެނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ނޮވެމްބަރު 2021 | ހޯމަ 16:33
ޖިންސީ ގޯނާގެ މައްސަލަތަކާ ދެކޮޅަށް ބޭއްވި އެއްވުމެއް

ޖިންސީ ގޯނާގެ މައްސަލަތަކާ ދެކޮޅަށް ބޭއްވި އެއްވުމެއް

މަދުރަސާގައި 4 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި މަސައްކަތު އަންހެނެއް ހައްޔަރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ 63 އަހަރުގެ އަންހެނެއް ކަމަށެވެ.

Advertisement - newsAdvertisement

މާލޭގެ ސްކޫލެއްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަސައްކަތު އަންހެނަކަށް ތުހުމަތުކުރެވިފައިވާތީ، އެ ސްކޫލުގެ މަސައްކަތު ހުރިހާ އަންހެން މުވައްޒަފުން ހޮނިހިރު ދުވަހު ސަސްޕެންޑް ކޮށްފައިވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިކަމާ ގުޅުން ހުރި 2 މީހަކު މީގެ ކުރިން ވަނީ ސަސްޕެންޑްކޮށްފައެވެ. ސްކޫލްގެ މެނޭޖްމަންޓުން ބެލެނިވެރިންނަށް ފޮނުވާފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ، މަސައްކަތު ހުރިހާ އަންހެނުން ހޮނިހިރު ދުވަހުން ފެށިގެން ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށާއި، ކުދިން ދެން ފާޚާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާވެފައިވަނީ މަސައްކަތު މީހެއްގެ ބެލުމުގެ ދަށުން, ފާޚާނާއަށް ފޮނުވި ފަހުން ކަމަށް ކުއްޖާގެ ބެލެނިވެރިން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް ކުއްޖާ ފާޚާނާއަށް ގެންދަން ހަވާލުކުރި ވަކި މީހަކު ނޭނގޭ ކަމަށް ޓީޗަރު ބުނެފައިވާކަމަށް ސްކޫލުން ބުނެއެވެ.

ކުއްޖާގެ ބެލެނިވެރިން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކުއްޖާ ހަވާލުކުރެވުނު މީހެއް އާންޓީ ހަނދާނެއް ނެތް ކަމަށެވެ. އެ ކުދިން ތިބި ފްލޯރގެ ފާޚާނާއަށް ގެންދަން މަސައްކަތު މީހަކާ ހަވާލުކުރި ކަމަށް އާންޓީ ބުންޏަސް ގެންދިޔައީ ގްރައުންޑް ފްލޯރގެ ފާހާނާއަކަށް ކަމަށް ވެއެވެ.

އެ ކުޑަ ކުއްޖާއަށް ތަދުވާން ފެށުމުން ވީގޮތް ބަލަން އޭޑީކޭއަށް ގެންގޮސް, ހަމަ އެ ދުވަހު ހެދި ޓެސްޓުގެ ރިޕޯޓުގައިވާ ގޮތުން، އެ ކުއްޖާގެ ޖިންސީ ގުނަވަނަށް އަނިޔާ ވެފައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން ޖިންސީ ގުނަވަނުގެ އެތެރެއިން 1.5 ސެންޓި މީޓަރަށް ވަނީ ކަނޑައިގެން ގޮސްފައެވެ.

މި މައްސަލައިގައި ސްކޫލުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުނާޅާކަމަށް ތުހުމަތުކުރި ނަމަވެސް ސްކޫލްގެ އިސްވެރިއަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި އެ ސްކޫލް ހިންގަނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށްވާތީ, މައުލޫމާތު ދެވޭނީ މިނިސްޓްރީގެ ހުއްދައާ އެކުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޖިންސީ ގޯނާޖިންސީ ގޯނާޖިންސީ ފުރައްސާރަމިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
07 ޑިސެމްބަރު 2025

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
01 ޑިސެމްބަރު 2025

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

01 ޑިސެމްބަރު 2025
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
01 ޑިސެމްބަރު 2025

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
04 ނޮވެމްބަރު 2025

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

04 ނޮވެމްބަރު 2025
ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!
01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
29 އޮކްޓޯބަރު 2025

ތަފާސް ހިސާބު: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް!

29 އޮކްޓޯބަރު 2025
ތަފާސް ހިސާބު: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް