Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2022

ބަޖެޓް 2022: މިނިމަމްވޭޖަށާއި މުސާރައިގެ ފަރަގުތައް ނައްތާލުމަށް 500 މިލިއަން ރުފިޔާ

އަންނަ އަހަރުން ފެށިގެން ޕޭ ހާމަނައިޒޭޝަން މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒުކުރަން ފަށާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2021 | އާދީއްތަ 05:52
ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއް މަސައްކަތްކުރަމުން އަންނަ ވެލާނާ އޮފީސް އިމާރާތް

ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއް މަސައްކަތްކުރަމުން އަންނަ ވެލާނާ އޮފީސް އިމާރާތް

މިނިމަމްވޭޖް ކަނޑައެޅުމަށާއި އެއް ކަހަލަ މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓްގައި 500 މިލިއަން ރުފިޔާ ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ކަށަވަރުކޮށް، ސަރުކާރު މުވައްޒަފުންގެ ތެރެއިން އެއް މަސައްކަތެއް ކުރާ ފަރާތްތަކުގެ މެދުގައި އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމަކީ ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ. މިގޮތުން 2022 ވަނަ އަހަރުން ފެށިގެން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި ތަންފީޒުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެއް ފެންވަރެއްގެ، އެއް ކަހަލަ މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމުގެ ގޮތުން، އައު ޕޭ ފްރޭމްވާކެއް އެކުލަވާލައި، އަންނަ އަހަރުން ފެށިގެން ޕޭ ހާމަނައިޒޭޝަން މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒުކުރަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން މިނިމަމްވޭޖް ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ އިކޮނޮމިކް މިނިސްޓްރީން ވަނީ ދިރާސާކުރަން ފަށާފައެވެ. ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭންޖެހޭ އަދަދު ކަނޑައެޅުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މިގޮތުން މިނިމަމް ވޭޖް ބޯޑުުން މިނިސްޓަރަށް އެރުވި ލަފާގައި ވަނީ ޕްރައިވެޓް ސެކްޓަރގައި، ކުދިފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. ޕްރައިވެޓް ސެކްޓަރގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ.

ޕްރައިވެޓް ސެކްޓަރގައި، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، 8،900 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމުގެ އިތުރުން ޕަބްލިކް ސެކްޓަރގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ލަފާދީފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށް ފަހު ލަފާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދީފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެ މިނިސްޓްރީން ދިރާސާކުރަމުން ގެންދާ ކަމަށެވެ. މި ދިރާސާއަށްފަހު ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅައި އާންމުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

2021 ވަނަ އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުން އިކޮނޮމިކް މިނިސްޓަރަށް ލާޒިމް ކުރެއެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެއް އިސްލާހަކީ މިނިމަމް ވޭޖް ކަނޑައެޅުމެވެ. ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ގާނޫނުގައި ބުނާ ގޮތުގެ މަތިން މިނިސްޓަރު ކަނޑައަޅަންޖެހޭނެއެވެ. މިކަމާ ގުޅިގެން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ސިނާއަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަނޑަޅުން ލާޒިމުވާނެ ގޮތަށެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނަމުން މުވައްޒަފުންގެ މުސާރަ އިތުރުވާނެ: އެސްޓީއޯ

16 އޮކްޓޯބަރު 2017
ކުންފުނީގެ މުސާރައިގެ  އޮނިގަނޑަށް ބަދަލު ގެނަމުން މުވައްޒަފުންގެ މުސާރަ އިތުރުވާނެ: އެސްޓީއޯ
11 އޮކްޓޯބަރު 2017

އެސްޓީއޯގެ މުސާރައިގެ އޮނިގަނޑާއި މުވައްޒަފުންގެ އަދަދު މުރާޖައާކޮށް ބަދަލު ގެންނަނީ

11 އޮކްޓޯބަރު 2017
އެސްޓީއޯގެ މުސާރައިގެ އޮނިގަނޑާއި މުވައްޒަފުންގެ އަދަދު މުރާޖައާކޮށް ބަދަލު ގެންނަނީ
09 އޮކްޓޯބަރު 2017

އޮޑިޓް އޮފީހުގެ ބަޖެޓް އެ އޮފީހުން ހުށަހެޅި ގޮތަށް ކޮމެޓީން ފާސްކޮށްފި

09 އޮކްޓޯބަރު 2017
އޮޑިޓް އޮފީހުގެ ބަޖެޓް އެ އޮފީހުން ހުށަހެޅި ގޮތަށް ކޮމެޓީން ފާސްކޮށްފި
04 އޮކްޓޯބަރު 2017

ބައި އިލެކްޝަންތައް ނުބޭއްވިގެން އުޅެނީ ފިނޭންސުން ބަޖެޓް ހަމަޖައްސައިނުދީގެން!

04 އޮކްޓޯބަރު 2017
ބައި އިލެކްޝަންތައް ނުބޭއްވިގެން އުޅެނީ ފިނޭންސުން ބަޖެޓް ހަމަޖައްސައިނުދީގެން!
22 ސެޕްޓެމްބަރު 2017

ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނާނެކަމުގެ އިންތިޒާރުގައި ތިން އަހަރު!

22 ސެޕްޓެމްބަރު 2017
ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނާނެކަމުގެ އިންތިޒާރުގައި ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު