Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބީޗް ހޭންޑްބޯޅަ ކޯޗިން ކޯސް

ރާއްޖޭގައި ބާއްވާ ފުރަތަމަ ބީޗް ހޭންޑްބޯޅަ ކޯޗިން ކޯސް ކުޅުދުއްފުށީގައި

މި ކޯހުގައި ޖުމްލަ 30 ކޯޗުން ވަނީ ބައިވެރިވެފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2021 | އާދީއްތަ 13:15
ރާއްޖޭގައި ބާއްވާ ފުރަތަމަ ބީޗް ހޭންޑްބޯލް ކޯޗިން ކޯސް ފެށުން

ރާއްޖޭގައި ބާއްވާ ފުރަތަމަ ބީޗް ހޭންޑްބޯލް ކޯޗިން ކޯސް ފެށުން

ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅިވަރާ ބެހޭ ވުޒާރާ އާއި، ޑަބްލިއު ސްޕްޓްސް އަދި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބޯޗް ހޭންޑްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ކޯސް ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށީގައި އިފުތިތާހުކޮށްފިއެވެ.

މި ކޯހުގައި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް 30 ކޯޗުން ބައިވެރިވެއެވެ. އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯޗިން ކޯހުގައި ކިޔަވައިދެއްވާނީ ޕާކިސްތާނުގެ ދެ ކޯޗުންކަމުގައިވާ ބާބާ ސުލްތާން ބަޖުވާ އާއި މުޙައްމަދު ސޮހައިބެވެ. މިއީ މިހާރުގެ ޕާކިސްތާނުގެ ގައުމީ ޓީމުގެ ކޯޗުންނެވެ.

މި ކޯސް އިފުތިތާހުކުރުމަށް ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީ އެންއޯސީ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ވަރަށް ބޮޑަށް ތާއީދުކުރައްވާ ނިޒާމެއް ކަމަށާއި، ކުޅިވަރުގެ ހަރަކާތްތަކާއި މިފަދަ ތަފާތު ކޯސްތައްވެސް މާލޭގެ އިތުރުން އަތޮޅު ތެރެއަށް ލާމަރުކަޒުވެގެން ދިއުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއްކަމުގައެވެ. އަދި މިކަމުން ދޭހަވަނީ ސަރުކާރުން ކަންކަން ކޮށްދެއްވާނީ މާލެއަށް އެކަނި ނޫން ކަމަށާއި، އަތޮޅުތަކުގެ ކުޅިވަރު ކުރިއެރުވުމަށްވެސް އިސްކަމެއް ދެއްވާ ކަންކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަޙުމަދު މުޖުތަބާ ވިދާޅުވީ މި ފަހަރު ކޯސް ހިންގުމުގެ ފުރުސަތު ޑަބްލިއު ސްޕޯޓްސްއަށް ލިބިގެން ދިޔައީ ހޭންޑްބޯޅަ ކުޅުންތެރިން އުފެއްދުމަށާއި، އެ ކުޅިވަރު ކުރިއެރުވުމަށް ޑަބްލިއު ސްޕޯޓްސްއިން ކުރައްވާ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި މިފަދަ ފުރުސަތުތަށް ފަހިވެގެން ދާނީ އެކަމެއް ކުރަން އުޅޭ ބަޔަކަށްކަންވެސް ފާހަގަކުރެއްވިއެވެ.

މިކޯހުގައި ތަމްރީނުވާ ކޯޗުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ބޭއްވޭ އެކިއެކި މުބާރާތްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޯހުގެ ޕްރެކްޓިކަލް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރުއެވެ. އަދި ރޭގަނޑު ތިއަރީ ކުލާސްތަށް ކުރިއަށްދާނެއެވެ. މިއީ ދެ ޖިންސަށް އަމާޒުކުރެވިފައިވާ ކޯޗިން ކޭމްޕެކެވެ.

މި ކޯޗިން ކޯސް ނިމުމުން، ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޯޗިން ކޭމްޕެއް ކުރިއަށްދާނެއެވެ. އެއީ ގައުމީ ބީޗް ހޭންޑްބޯޅަ ސްކޮޑަށް ބައިވެެރިން ހޮވުމަށް ބާއްވާ ކޯޗިން ކޭމްޕެކެވެ. މި ކޯޗިން ކޯހާއި ކޯޗިން ކޭމްޕް ހިންގުމުގެ ފުރުސަތު ޑަބްލިއު ސްޕޯޓްސްއަށް ދެއްވި ކަމަށްޓައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި، ހޭންޑްބޯލް މޯލްޑިވްސްއަށް ޑަބްލިއު ސްޕޯޓްސްގެ ފަރާތުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު