Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕެލޭގެ އުފަން ދުވަސް

އުފަން ދުވަހުގެ ތަހުނިޔާ ފޮނުވި އެންމެނަށް ޕެލޭގެ ޝުކުރު

31 އޮކްޓޯބަރު 2021 | އާދީއްތަ 10:39

ޕެލޭ ވަނީ މިފަހުން ގޮހޮރުގައި ޓިއުމަރެއް އުފެދިގެން އޮޕަރޭޝަން ކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 31 އޮކްޓޯބަރު 2021 | އާދީއްތަ 10:39
ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ

ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ޕެލޭގެ 81 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވި އެންމެނަށް އޭނާ ޚާއްސަ ޝުކުރެއް އަދާ ކޮށްފިއެވެ.

ޕެލޭ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯގައި ބުނީ އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވާ ބްރެޒިލްގެ މީހުންނަށާއި، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އޭނާގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވާ އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރާ ކަމަށެވެ.

ޕެލޭ ވަނީ މިފަހުން ގޮހޮރުގައި ޓިއުމަރެއް އުފެދުމާއެކު ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އަދި މީގެ ކުރިން 2015 ވަނަ އަހަރުވެސް ޕެލޭ ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ.

އަދި އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންވެސް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ގޮހޮރުގެ އެކި ބަލިތަކަށްވެސް ވަނީ ތަކުރާރުކޮށް ފަރުވާ ހޯދާފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ޕެލޭގެ ކެރިއަރުގެ އެންމެ އުސްއައްޔަކީ ބްރެޒިލާއެކު ފީފާ ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުމެވެ. އެއާއެކު ޕެލޭ ވެފައިވަނީ ވޯލްޑް ކަޕް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ޕެލޭ ވަނީ ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖަހާފައެވެ.

ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑުވެސް އޮންނަ ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 92 މެޗުގައި 77 ލަނޑު ޖަހާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ކެރިއަރުގައި ކުޅުނު 1،363 މެޗުގައި ޕެލޭ ވަނީ 1،279 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖޫން 2017

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!
12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
26 މެއި 2017

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ
10 މެއި 2017

"މީ ލޯތްބަކީ" ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ

10 މެއި 2017
"މީ ލޯތްބަކީ"  ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި އަޅުވަނީ
09 މެއި 2017

ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

09 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ
03 މެއި 2017

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
20 މާރިޗު 2017

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

20 މާރިޗު 2017
ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް