Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލް އެއްވަރުވުމުން ޗެލްސީއަށް ތިން ޕޮއިންޓުގެ ލީޑެއް

30 އޮކްޓޯބަރު 2021 | ހޮނިހިރު 16:38

ލިވަޕޫލާއި ބްރައިޓަން އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އޮކްޓޯބަރު 2021 | ހޮނިހިރު 16:38
ނިއުކާސަލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ނިއުކާސަލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލިވަޕޫލާއި ބްރައިޓަން އެއްވަރުވުމުން، ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވީ ޗެލްސީއަށް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާއިރު، ޗެލްސީން ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފަހު 25 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރީސް ޖޭމްސްއެވެ. އަދި އޭގެ 12 މިނެޓު ފަހުން ޖޭމްސް ވަނީ އިތުރު ލަނޑެއް ޖަހައި، ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ކައި ހަވާޓްޒްއަށް ނިއުކާސަލުގެ ކާލް ޑާލޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ޗެލްސީ މޮޅުވިއިރު، ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލް އެއްވަރުވީ ބްރައިޓަނާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި މުހައްމަދު ސަލާހު ދިން ޕާހަކުން ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި އެލެކްސް އޮކްސްލޭޑް-ޗެމްބަލައިން ނަގައިދިން ހުރަހަކުން ސަޑިއޯ މާނޭ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި މާނޭ އިތުރު ލަނޑެއް ޖެހި ނަމަވެސް، އޭނާގެ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެއާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އީނޮކް ވެޕޫ ވަނީ ލަނޑެއް ޖަހައި، ބްރައިޓަނަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި ދެވަނަ ހާފުގައި ބްރައިޓަނަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ލެއަންޑްރޯ ޓްރޮސާޑެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ ކުޅުނު 10 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 10 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ ވަނީ އަމިއްލަ ދަނޑުގައި ކުޅެ ކްރިސްޓަލް ޕެލަސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް