Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޯން ބަނޭގާ ކްރޯޑް ޕަތީ

އަމީތާބުގެ ދުލުން ދިވެހިރާއްޖެ!

29 އޮކްޓޯބަރު 2021 | ހުކުރު 09:26

ޝޯގައި ރާއްޖެއާ ބެހޭ ގޮތުން އަމީތާބު ވަނީ ސުވާލުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އޮކްޓޯބަރު 2021 | ހުކުރު 09:26
ކޯން ބަނޭގާ ކަރޯޑް ޕަތީ

ކޯން ބަނޭގާ ކަރޯޑް ޕަތީ

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ހޮވިވަޑައިގެންނެވީ އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން 143 ގައުމެއްގެ ވޯޓުންނެވެ. މެންބަރު 193 ގައުމުން ބައިވެރިވެގެން ރައީސަކު ހޮވާފައި ވަނީ ސިއްރު ވޯޓަކުންނެވެ. ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމާއި ހަވާލުވީ ދިވެހި ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަމަށެވެ. ޝާހިދު ވިދާޅުވީ މިއަދު ފެނިގެން މިދަނީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތު ބޭރު ދުނިޔެ ބަލައިގެންފައިވާ މިންވަރު ކަމަށެވެ.

76 ވަނަ ސެޝަނުގެ ރައީސަކަށް ޝާހިދު ހޮވިވަޑައިގަތުމުން ބައެއް މީހުން ދުށީ އެއީ ވަރަށް ކުޑަކަމެއްގެ ގޮތުގައެވެ. އަދި އަނެއް ބަޔަކު ވަނީ މިކަމަށް ޖޯކުވެސް ޖަހާފައެވެ. އެންމެ ބޮޑަށް މީހުން ޖޯކު ޖެހި އެއް ކަމަކީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޝެޝަނުގެ ރައީސްގެ ހަސިއްޔަތުން ޝާހިދު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުން އެކަމާއެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިކަމަށް މީހުން ޖޯކު ޖަހާފައިވާއިރު އެކި ކަހަލަ ފޮޓޯތައް ވެސް ހަދައިގެން އަޕްލޯޑްކޮށްފައިވެއެވެ. އަދި "ޝާހިދު، ޝާހިދުއާ ބައްދަލުކުރައްވައިފި" ކަމަށް ބުނެ ފޮޓޯތައް އަޕްލޯޑް ކޮށް މަލާމާތް ވެސް ކުރިއެވެ.

ޝާހިދު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޝެޝަނުގެ ރައީސަކަށް ހޮވިވަޑައިގަތުމާއި ގުޅިގެން ރާއްޖެއަށް ހަގީގަތުގައި ވެސް ލިބުނީ ވަރަށް ރީތިނަމަކެވެ. ދުނިޔޭގެ އެންމެ މަގްބޫލު ޝޯތަކުގައި ރާއްޖޭގެ ވާހަކަ ވަނީ ދެކެވެން ފަށާފައެވެ. އަވަށްޓެރި އިންޑިއާގެ ސޮނީ ޓީވީން ގެނެސްދޭ މަގްބޫލް ޝޯއެއް ކަމަށްވާ "ކޯން ބަނޭގާ ކްރޯޑް ޕަތީ" ގައި ވެސް ރާއްޖެއާ ބެހޭ ގޮތުން އަމީތާބް ބައްޗަން ވަނީ ސުވާލުކޮށްފައެވެ.

އެގޮތުން ޝޯގެ ބައިވެރިޔަކާއި ކުރިމަތި ކުރުވި މި ސުވާލުގައި އަހާފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޝެޝަނުގެ ރައީސަކަށް ހޮވިވަޑައިގެންނެވި އަބްދު ﷲ ޝާހިދު ނިސްބަތްވެވަޑައިގަންނަވަނީ ކޮން ގައުމަކަށްތޯއެވެ. އެގޮތުން ދީފައިވާ އޮޕްޝަންތަކުގެ ތެރޭގައި އިންޑޮނީޝިޔާ، މޮރޮކޯ މެލޭޝިއާ އަދި ދިވެހިރާއްޖޭގެ ނަން ވަނީ ހިމާނާފައެވެ.   

ކޯން ބަނޭގާ ކްރޯޑް ޕަތީ އަކީ އާންމުންގެ މެދުގައި މަގްބޫލް ޝޯ އަކަށްވާއިރު ތިންވަނަ ސީޒަން ފިޔަވައި މި ޝޯ އުފެދުނީއްސުރެ ހުށަހަޅައިދެމުން އަންނަނީ އަމީތާބެވެ. 2000 ވަނަ އަހަރު އުފެދިގެން ދިޔަ މި ޝޯގެ މިހާރު ކުރިއަށް ދަނީ 13 ވަނަ ސީޒަނެވެ. މި ޝޯ ފަރުމާކުރެވިފައިވަނީ ކުރާ ސުވާލުތަކަށް ރަނގަޅު ޖަވާބު ދޭ މީހުންނަށް ފައިސާގެ ބޮޑެތި އަދަދުތައް ލިބޭ ގޮތަށެވެ.

މިކަހަލަ ޕްލެޓްފޯމަކުން ވެސް ރާއްޖޭގެ ނަން ވިދާލުމުން ހަމަ މި ރީތިނަން ލިބިގެން ދަނީ ދިވެހި ރައްޔިތުންނަށެވެ. ދުނިޔޭގައި ރާއްޖެ އެންމެ ބޮޑަށް އިޝްތިހާރު ކުރެވިގެން ދަނީ އަދި މަޝްހޫރު ވެފައިވެސް ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކަމަށްވާއިރު މިހާރު ރާއްޖޭގެ ނަމާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޝެޝަނުގެ ރައީސްގެ ނަން ވެސް ވަނީ ގުޅިފައެވެ. މިއީ ހަގީގަތަކުގައި ވެސް ރާއްޖެއަށް ލިބުނު ޝަރަފަކާއި ފަޚުރެކެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ

08 ނޮވެމްބަރު 2017
ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ
29 އޮކްޓޯބަރު 2017

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........
12 އޮކްޓޯބަރު 2017

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު
21 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟
26 ޖުލައި 2017

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ
08 ޖޫން 2017

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް