Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހީންގެ ނަން ކިޔުމުގެ ސަގާފަތަށް އިންގިލާބެއް ގެންނެވި ޝައިޚް ރުޝްދީގެ ޒިކުރާ!

ޝައިޚް ރުޝްދީއަކީ ވަރަށް އާދަޔާ ޚިލާފު ޝަޚުސިއްޔަތެއް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 11:30
ޝައިޚް އިބްރާހިމް ރުޝްދީ

ޝައިޚް އިބްރާހިމް ރުޝްދީ

މާދަމާ, 29 އޮކުޓޫބަރަކީ ދިވެހިރާއްޖޭގެ އާދަޔާ ޚިލާފު ޝަޚުސިއްޔަތެއް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރިތާ 60 އަހަރުވާ ދުވަހެވެ. ދިވެހިރާއްޖޭގެ ވަޒީރުލް އައުގާފް ކަމުގައި ހުންނެވި، ސާހިބުއް ސައާދާ އައްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީ ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމުގެ ހިތާމަވެރި ދުވަހަކީ، މީގެ 60 އަހަރު ކުރިން އައި 29 އޮކުޓޫބަރު 1961 އެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާ މުހައްމަދުގެ ފުތް އިބްރާހީމް ނުވަތަ މުރަނަ އުނބުށޭމަކީ، 1900ގެ ކުރީކޮޅު މިސުރަށް ދުރުވެ ހިންމަތާއި މިންނަތުން ޖާމިއުލް އަޒުހަރުން ތައުލީމު ހާސިލް ކުރައްވައިގެން ރާއްޖެ ދުރުވި ދަންނަބޭކަލެކެވެ. ދައުލަތުގެ ފުރަތަމަ މަދުރަސާ ކަމަށްވާ މަދުރަސަތުއް ސަނިއްޔާގެ އައްވަލުލް އުސްތާޒެވެ. ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ބަންޑާރަނާއިބު ކަލޭފާނެވެ. ފަނޑިޔާރުގޭގެ ނާއިބުކަންވެސް ކުރެއްވިއެވެ.

އެއީ ގިނަގުނަ ގައުމީ ޚިދުމަތްތައް ދައުލަތަށް ކުރެއްވި އިޚްލާސްތެރި ޚާދިމެކެވެ. އިސްލާހީ ކަންކަމުގެ ބޭކަލެކެވެ. އެހެންވެ އެކިފަހަރު އެކި އަދަބުތައް ލިބިލެއްވިއެވެ. 1933ގައި މަޝްހޫރު މޮޓަރުބޯޓުގެ ގަޑުބަޑުގައި ސިލޯނަށް ވެސް ފޮނުވާލެވުނެވެ. ފުރަތަމަ ދުސްތޫރީ ސަރުކާރުގެ ދުވަސްވަރު (1932-1933) ކުރެއްވި އިސްލާހީ ކަންކަމުގެ އަދަބެއްގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އަދި އަސްހާބުއް ސައާދަތު ވަޒީރުންގެ މަޖިިލީހުގައި އިސްލާހީ އަގުހުރިި ޚިދުމަތްތައް ކުރެއްވިއެވެ. ކުރެއްވި މުހިންމު މަސައްކަތްތަކާއި ލިޔުއްވި އިލްމީ ލިޔުންތަކާއި ފޮތްތަކުން ގައުމަށް ލިބުނު ފައިދާތައް ގިނަގުނައެވެ. ވަޒީރުލް އައުގާފު، ސާހިބުއް ސައާދަތު އައްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމަށްފަހު 1961 ގައި ވުޒާރަތުލް އައުގާފުވެސް އުވުނީއެވެ.

ޝައިޚުގެ ސަންދޯއް ގެންދެވުނުއިރު ދައުލަތުގެ އެންމެމަތީ ވެރިޔާ ކީރިތި މަހާރަދުންނާއި ސަރުކާރުގެ އެންމެމަތީ ވެރިޔާ ނުވަތަ ބޮޑުވަޒީރު އިހުތިރާމުގެ ގޮތުން ވަޑައިގަތެވެ. މިއިން މޭރުން ވަނީ ޝައިޚުގެ އަގުހުރި ގައުމީ ޚިދުމަތްތަކުގެ މަތިވެރިކަމެވެ. ތިރީގައި މިވަނީ ޝައިޚު ރުޝްދީގެ އާދަޔާ ޚިލާފުކަމެއް ކުރީގެ ލިޔުންތައް ލިޔުނު ގޮތަށް އިބާރާތް ކޮށްފަައެވެ. މިޖީލަށް މުހިންމު ވާހަކައަކަށްވުން އެކަށީގެންވާތީއެވެ.

ދަންނައެވެ! ކެލާ ޝައިޚުގެ އަޖާއިބުކުރުވަނި ކަންތައްތަކުގެ ތެރެއިން މިރާއްޖޭގެ އިހުގެ އާދަކާދައެއް ފޫވައްޓަނިވި، މިލިޔާ ކަންތައް ހިމެނިގެންވިއެވެ. މިކަންތައްވީ، އަހުރެމެންގެ މި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އެއިގެ ފަހުން މައުރޫފްވެ، މަގުބޫލުވެގެންވީ ކަމެއް ކަމުގައެވެ.

އެކަމަކީ، ކެލާ ޝައިޚު ހިޖުރީގޮތުން 1300ގެ ކުރީކޮޅު (މީލާދީގޮތުން 1900ގެ އެންމެ ކުރީކޮޅު) މިސްރަށް ދުރުވިއިރު އެއީ ކެލާ މުހައްމަދު ފުތް އިބްރާހީމް ކަމުގައިވީ ނަމަވެސް، އިލްމު އުނގެނިލައްވައި ދަންނަބޭކަލަކަށް ވެލެއްވިއިރު އިތުރު ނަމަކާއެކު ނަން ނިމެނީ ދީއެއް ކަމުގައެވެ. އިބްރާހީމް ރުޝްދީއެވެ. އެއިރު ފުރަމާލޭ ބޭފުޅުންނަށް ދީދީގެ ނަން ދެވިފައިވާއިރު އާންމުގޮތެއްގައި މުހަންމައިދީ، އަހަންމައިދީ، އަލިދީ، ހަސަންދީ، ހުސައިންދީ، މިގޮތަށް ދީ އެކަނި ކިޔަމުން ގެންދެވޭމެއެވެ. ވީމާ، ކެލާ ޝައިޚުވެސް ދީއެއް ކަމުގައި ވެލެއްވީއެވެ. ރުޝްދީއެވެ!

ދެންފަހެ، މި ދެނަމުގެ ކަންތައްވީ ފުރަމާލޭގެ ބޭފުޅުން މާބޮޑަށް ރުހިވަޑައިގެންނެވި ކަމެއް ކަމުގައެވެ. އިސާހިތަކު ވެރިންގެ ބޭފުޅުންނަށް ދެ ނަން ދެއްވައިފިއެވެ. އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ މުހައްމަދު ދީދީ އާއި ހަސަން ދީދީގެ ނަންފުޅު، މުހައްމަދު ފަރީދު ދީދީ އާއި ހަސަން ފަރީދު ދީދީއަށެވެ. އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނުގެ މުހައްމަދު ދީދީގެ ނަންފުޅު، މުހައްމަދު އަމީން ދީދީއަށެވެ. ކަކާގޭ އިސްމާއީލް ދީދީގެ ބޭފުޅުންގެ ނަންފުޅު ހިލްމީ ދީދީންނަށެވެ.

ހެންވޭރުގޭ އަހުމަދު ދީދީގެ ނަންފުޅުވެސް އަހުމަދު ކާމިލު ދީދީއަށް ބަދަލުކުރައްވައިފިއެވެ. މިނޫންވެސް އިތުރު އެތައް ބޭފުޅުންގެ ނަންފުޅުވެސް ދެ ނަންފުޅަށް ބަދަލު ކުރައްވައިފިއެވެ އަދި ބޭކަލުންނަށްވެސް އެކަން ހުއްދަ ކުރެވިއްޖެއެވެ. އަދި ކިއެއްތަ، އާންމުންނަށްވެސް ހުއްދަވެގެންވީ ކަމަކަށް ވެއްޖެއެވެ. ދެން އެއަށްފަހު މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި މިކަން އާންމު ވެއްޖެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ އެންމެ ގިނަ ރަސްރަސްކަލުންގެ ނަންފުޅަކީ މުޙަައްމަދު އަދި އެންމެ ގިނަ ރައީސުންގެ ނަންފުޅަކީ ވެސް މުޙަައްމަދު

ރާއްޖޭގެ އެންމެ ގިނަ ރަސްރަސްކަލުންގެ ނަންފުޅަކީ މުޙަައްމަދު އަދި އެންމެ ގިނަ ރައީސުންގެ ނަންފުޅަކީ ވެސް މުޙަައްމަދު

23 އޮކްޓޯބަރު 2022
ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

20 ފެބުރުއަރީ 2022
ދިވެހީންގެ 1000 އަހަރަށް ވުރެ ގިނަދުވަސްވީ އިގުތިސާދީ ލޭނާރު

ދިވެހީންގެ 1000 އަހަރަށް ވުރެ ގިނަދުވަސްވީ އިގުތިސާދީ ލޭނާރު

09 ޑިސެމްބަރު 2021
ދިވެހީންގެ އެހާރާއި މިހާރުގެ ދިރިއުޅުމާއި ގުޅިފައިވާ ކާޑުގެޔާއި ކާޑު

ދިވެހީންގެ އެހާރާއި މިހާރުގެ ދިރިއުޅުމާއި ގުޅިފައިވާ ކާޑުގެޔާއި ކާޑު

24 އޮކްޓޯބަރު 2021
ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

18 އޯގަސްޓު 2021

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު