Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހީންގެ 1000 އަހަރަށް ވުރެ ގިނަދުވަސްވީ އިގުތިސާދީ ލޭނާރު

މިފަހަރު ފާހަގަ ކުރަނީ 41 ވަނަ ފަހަރަށް ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް

ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2021 | ބުރާސްފަތި 10:37
ރާއްޖޭގެ އިގްތިސާދުގެ އެންމެ ފަލަ ލޭނާރު ކަމުގައި ހާސް އަހަރު ހިމެނުނު މަސްވެރިކަން

ރާއްޖޭގެ އިގްތިސާދުގެ އެންމެ ފަލަ ލޭނާރު ކަމުގައި ހާސް އަހަރު ހިމެނުނު މަސްވެރިކަން

މާދަމާ ނުވަތަ 10 ޑިސެންބަރު 2021 ވާ ހުކުރު ދުވަހަކީ 41 ވަނަ ފަހަރަށް ފާހަގަކުރެވޭ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހެވެ. މިދުވަސް ފާހަގަކުރަން ފެށުނީ 10 ޑިސެންބަރު 1981 ގައެވެ.

މީގެ 41 އަހަރު ކުރިން 1981ގައި މަސްވެރިންގެ ދުވަސް ކަނޑައެޅުނީ ދިވެހި މަސްވެރިންގެ ހައްގުތަކާއި ކުރިއެރުމަށްޓަކައި ބޮޑުހަނގުރާމައިގެ ތެރޭގައި 10 ޑިސެންބަރު 1942ގައި ބޮޑު އިސްޓޯރު ހުޅުވުނު ދުވަހަށް ނިސްބަތްކޮށެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމަށް ވަނީ ސާސްކަފެއް ނުވަތަ ހާސް އަހަރު ވެފަައެވެ. އަދި ކަނޑުގެ މާހައުލަށާއި ވެއްޓަށް އެންމެ ރައްކާތެރި ގޮތުގައި މަސްވެރިކަން ކުރުމުގެ ދުނިޔޭގެ ރިކޯޑުވެސް ދިވެހިރާއްޖެއަށެވެ. ދިވެހީންނަށެވެ. އެވޭލާއިން މިވޭލާއަށްވެސް ހަމަ މިފަދައިން މިގޮތުގައެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ ގައުމެކެވެ. ރާއްޖޭގެ ނަމުގެ އަސްލަކީ "މާލޯދީޕު" ކަމުގައި ގަބޫލު ކުރެެއްވި މުއައްރިޚުންގެ ނަޒަރުގައި ރާއްޖެއަކީ "މަސްވެރިންގެ ރާއްޖެ"އެވެ!

ރާއްޖެ އާބާދުވެ ދިވެހީން ދިރިއުޅެން ފެށުނީއްސުރެ 1990ގެ އަހަރުތަކާައި ހަމަޔަށް 1000 އަހަރަށްވުރެ ގިނަ ޒަމާންތަކުގައި، ރާއްޖޭގެ މައިގަނޑު އިގުތިސާދު ބިނާވެފައި އޮތް ދިވެހީންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

މީގެ 110 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގައި 1911 ވަނަ އަހަރު ރާއްޖޭގެ އާބާދީ ކަމަށް ރިކޯޑު ކުރެވުނު 72،237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވާ 14،386 ފިރިހެނުންނަކީ މަސްވެރިންނެވެ. މީގެ 110 އަހަރުކުރިން ރާއްޖޭގެ އެންމެ މީހުން ގިނަ އަތޮޅު ތިލަދުންމަތީގެ އާބާދީއަކީ 10605 އެވެ. ފިރިހެނުންގެ އަދަދަކީ 5751 އެވެ. މަސްވެރިންގެ އަދަދު 2723 އެވެ. މަސައްކަތު ފިރިހެނުންގެ އާބާދީގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މީހުންގެ މަސައްކަތަކީ މަސްވެރިކަމެވެ. މިއީ މިސާލެކެވެ. ހުރިހައި އަތޮޅެއްގަައިވެސް އޭރު ކަންއޮތީ ހަމައެފަދައިންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް 1960އާއި 1970ގެ އަހަރުތަކުގައި ފޮރިން އިންވެސްޓުމަންޓްގެ ތެރެއިން، އިންތިގާލީ ކުރިއެރުންތަކެއް އައެވެ. 1960ގެ އަހަރުތަކުގައި ، ޖަޕާނުގެ ބޯޓުފަހަރުން، ރާއްޖޭގެ މަސްވެރިން ބާނާ މަސް، ވަގުތުންގަނެ، “ބޭނިމަސްކޮޅުދޭ ކިރާލާ ވަގުތުން ފައިސާދޭ” ގޮތް ހަމަޖެހުނެވެ.. މިއީ އެއިގެކުރިން މަސްވެެރިންނަށް ދުވަހަކުވެސް ނުލިބޭފަދަ ކުރިއެރުމެކެވެ. އުފާފާގަތިކަމެކެެވެ. އަދި 1974ގައި މަސްދޯނިފަހަރުގަައި އިންޖީނުއެޅުން ތައާރަފުވިއެވެ. އެއާއެކު މަސްވެރިކަމުގެ ސްޕީޑް "ހައިސްޕީޑް" ކަމުގަައިވިއެވެ. މަސްވެރިކަމުގެ ފެކްޓްރީތަކުގެ ފެށުންވެސް 1970ގެ އަހަރުތަކުގައެވެ.

1970ގެ އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވެ 1990ގެ އަހަރުތަކުގައި ފަތުރުވެރިކަން ރާއްޖޭގެ އިގުތިސާދީ 1 ވަނަ ސިނާއަތަށް ވަންދެން މަސްވެރިކަން އެއީ ރާއްޖޭގެ 1 ވަނަ ސިނާއަތެވެ. 1000 އަހަރުވީ ރާއްޖޭގެ މަައިގަނޑު މަސައްކަތެވެ. 1000 އަހަރު ރާއްޖޭގެ "އިގުތިސާދީ ލޭނާރެވެ."

މުޅި ދުނިޔެއާއި ރާއްޖޭގެ މިއަދުގެ "އިގުތިސާދީ ކާރިސާ" ކޮވިޑުގެ މިހާލަތުގައި އިގުތިސާދީ ގޮތުން ގައުމަށް ފިލާވަޅުތަކާއި އިބުރަތްތަކެއް ހާސިލުވެއެވެ. ގައުމީގޮތުން އެއްކަމަކަށް މާބޮޑަށް (ފަތުރުވެރިކަމަށް މާބޮޑަށް) ބަރޯސާވުން އެއީ އެންމެ ރަނގަޅު ގޮތްތޯައެވެ.

އެހެނިހެން ސިނާއަތުތަކަށް ގައުމީގޮތުން މިހާރަށްވުރެ އިސްކަންދީގެން އެ ސިނާއަތުތައް ކުރިއަރުވަން ނުވޭތޯއެވެ.

ސަރުކާރުން ގެންދަވަނީ މިކަންކަމަށް އިސްކަންދެއްވައި ރާއްޖޭގެ އިގުތިސާދު ބައްޓަންކުރައްވަމުން ކަން ފާހަގަކުރެވެއެވެ. މިގޮތުން ބަލާއިރު މަސްވެރިކަމަކީ އެންމެ އިސްކަން ދޭންޖެހޭ ސިނާއަތެވެ. ދިވެހީންގެ ލެއާއި ގުޅިފައިވާ ދިވެހީންގެ 1000 އަހަރަށްވުރެ ގިނަދުވަސްވީ އިގުތިސާދީ “ލޭނާރު" ކަމުގައިވީ ދިވެހިވަންތަ މައިގަނޑު މަސައްކަތެވެ.

މަހާމަހުގެ އަރަގުންނެ ދިވެހީން އައީ، ގަހާގެހި ވިޔަސް އޭގެފަހުނޭ އައީ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ނިޒާމީ މަދުރަސީ ތައުލީމުގެ 90 އަހަރަށް ބަލައިލުން

ރާއްޖޭގެ ނިޒާމީ މަދުރަސީ ތައުލީމުގެ 90 އަހަރަށް ބަލައިލުން

13 ޖެނުއަރީ 2022
ދިވެހީންގެ ނަން ކިޔުމުގެ ސަގާފަތަށް އިންގިލާބެއް ގެންނެވި ޝައިޚް ރުޝްދީގެ ޒިކުރާ!

ދިވެހީންގެ ނަން ކިޔުމުގެ ސަގާފަތަށް އިންގިލާބެއް ގެންނެވި ޝައިޚް ރުޝްދީގެ ޒިކުރާ!

28 އޮކްޓޯބަރު 2021
ދިވެހީންގެ އެހާރާއި މިހާރުގެ ދިރިއުޅުމާއި ގުޅިފައިވާ ކާޑުގެޔާއި ކާޑު

ދިވެހީންގެ އެހާރާއި މިހާރުގެ ދިރިއުޅުމާއި ގުޅިފައިވާ ކާޑުގެޔާއި ކާޑު

24 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު