Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ދިވެހީންގެ އެހާރާއި މިހާރުގެ ދިރިއުޅުމާއި ގުޅިފައިވާ ކާޑުގެޔާއި ކާޑު

ހަނޑުލާއި ހަކުރާއި ފުށަށް ކާޑޭ ކިޔުނީ ކާޑަކާއި ލައިގެން ކޮންޓްރޯލް މުދަލެއްގެ ގޮތުގައި ލިބޭ އެއްޗަކަށް ވުމުން

ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2021 | އާދީއްތަ 11:17
ކާޑާއި ކާޑުގެ: ދިވެހީންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ވަނީ ގުޅިފައި

ކާޑާއި ކާޑުގެ: ދިވެހީންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ވަނީ ގުޅިފައި

ކާޑަކީ އެތައް ގޮތަކުން ދިވެހިވެފައިވާ ދިވެހި ލަފްޒެކެވެ. ކެއުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތައް ކަމުގައިވާ ހަނަޑުލާއި ހަކުރު އަދި ފުށަކީ ކާޑެވެ. މުދާ ކޮންޓްރޯލްކޮށްގެން އުޅޭ ތަންތަނުގައި މީހަކަށް ނުވަތަ ބަޔަކަށް ކޮންޓްރޯލް ގަވާއިދުން ދޫކޮށްފައިވާ ކާބޯތަކެއްޗަކީވެސް ކާޑެވެ. އެކި ބޭނުމުގައި އެކިމިނަށް ހަދައިގެން އުޅޭ ކަރުދާސްކޮޅު ނުވަތަ ޕްލާސްޓިކްކޮޅަކީވެސް ކާޑެވެ. މިސާލަކީ އެޑްރެސްކާޑު، ޕޯސްޓްކާޑު، ދައުވަތުކާޑު، އައިޑީކާޑު އަދި ލައިސަންސްކާޑެވެ. ވެކްސިންކާޑާއި އޮފީސްކާޑެވެ. އިލްކްޓޯނިކް ވަސީލަތްތަކުން ޚިދުމަތް ލިބިގަތުމަށްޓަކައި ޕްލާސްޓިކުން ނުވަތަ މައުދަނަކުން ތުނިކޮށް ފަތިކޮށް ހަދާފައި ހުންނަނީވެސް ކާޑެވެ. މިސާލަކީ ކެޝްކާޑާއި ކްރެޑިޓްކާޑެވެ. އަދި ތަޅުދަނޑިކާޑާއި ފޯންކާޑެވެ.

ތަންކޮޅެއް ކުރީޒަމާން ނުވަތަ ބޯދާ ޒަމާނަށް ޖެހިލާއިރު ފިރިހެނުންގެ އައިބު ގުނަވަނަކީވެސް ކާޑެވެ. އެއީ ފަރަންޖީބަހުން ކިޔައިއުޅޭ ކާޑު ދިވެހީންގެ ތެރެއަށް ތައާރަފުވުމުގެ މާކުރިއެވެ. އެހެންވީމާ ކާޑަކީ ފަރަންޖީބަހަކުން ދިވެހިބަހުގެ ތެރެއަށް ވަދެފައިވާ ލަފްޒެއްކަމަށް މުޅިއަކުން ނިންމޭކަށްވެސް ނެތެވެ. ނިވައިކަމެއްނެތް އިންސާނުންގެ ހަށިގަޑު ފެންނަ ތަސްވީރުތަކަށްވެސް ދިވެހިބަހުން ޒާތެއްގެ ކާޑެކޭ ކިޔައެވެ. އެހެން އެކިޔަނީ އެކަހަލަ މަންޒަރު ކަރުދާހުގައި ފޮރުވައިގެން ގެންގުޅުމުގެ އާދަޔަށްވުރެ ބޮޑަށް ބޯދާޒަމާނުގައި އައިބު ގުނަވަންތަކަށް ނިސްބަތްކޮށްފައި ކާޑު ކިޔާތީ ކަމަށްވެދާނެއެވެ. މިޒަމާނުގައި ކޮމްޕިއުޓަރުފަދަ ތަކެތީގައި އެކިއެކި ވާޖިބުތައް އަދާކުރުމަށް ނަގައި ބަދަލުކުރެވޭ ގޮތަށް ޖަހައިފައި ހުންނަ ބޯޑަށްވެސް ކާޑޭ ކިޔައެވެ. މިސާލަކީ މެމޮރީކާޑެވެ.

ދިވެހިރާއްޖޭގައި ތަންކޮޅެއް ކުރިން ކާޑުގެޔޭ ކިޔުނު ގޭގެވެސް ހުއްޓެވެ. އެއީ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑުލާއި ހަކުރާއި ފުށް ގެނެސްގެން ރައްޔިތުންނަށް ފޯރުކޮށްދީ ރައްޔިތުންގެ އުފެއްދުންތައް ކަމުގައިވާ ރޯނާއި ކުފުރާޔާއި ބޮއްޔާއި ހިކިމަސްފަދަ ތަކެތި ގަނެ ބޭރަށް ފޮނުވުމަށް ގުދަންކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ސްޓޯރު ކަހަލަ ތަންތަނެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ތައާރަފު ކުރެވުނު ތަންތަނެވެ. އެކަހަލަ ބައެއް އިމާރާތްތައް މިއަދުވެސް ފެންނާން އެބަހުއްޓެވެ. މީގެ އެއްމިސާލަކީ އައްޑޫ މީދޫގައި އެހެރަ ކާޑުގެއެވެ. މިނޫނަސް އެކިރަށްރަށުގައި ކުރީގެ ކާޑުގެ އެބަހުއްޓެވެ. ފަހަރުގައި މިހާރު ނަން ތަފާތުވެދާނެއެވެ. ކޮންމެއަކަސް މިކަހަލަ އެކި ކަންކަމާއި ގުޅިގެން ދިވެހީންނާ އެންމެ ރައްޓެހި އެއް ލަފުޒަކީ އޭރުވެސް މިހާރުވެސް ކާޑެވެ. އެޔާ ނުލައި ނުވެސް އުޅެވޭ އެއްޗެކެވެ.

ހަނޑުލާއި ހަކުރާއި ފުށަށް ކާޑޭ ކިޔުނީ ކޮން ގޮތަކުން ބާވައެވެ. ކުރީޒަމާނުގައިވެސް އެތަކެތި ދިވެހީން ބޭނުންކޮށް އުޅުނެވެ. އެކަމަކު ކުރީގެ ދިވެހީން އެޔަށް ކާޑެކޭ ނުކިޔައެވެ. ކާޑަކަށްވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެތަކެތި ކޮންޓްރޯލްކޮށް މާލެއާއި އަތޮޅުތެރޭގައި ސަރުކާރުން ހަމަޖައްސަވާ ތަރުތީބެއްގެ ދަށުން މެނުވީ ގޭބިސީތަކަށް ނުލިބޭގޮތަށް ތައާރަފުކުރެވުނު ނިޒާމަކަށްފަހުގައެވެ. ސިލޯނުން އެތަކެތި ރާއްޖެއަށް ގެންނަނީ ސަރުކާރުންނެވެ. ރަށްރަށާއި އަތޮޅުތެރެއަށް ފޮނުވަނީވެސް ސަރުކާރުންނެވެ. ރަށްރަށުގައި ގުދަންކުރަނީ ސްޓޯރުތަކުގައެވެ. އާއްމުންނަށް ލިބެނީ ގޭބިސީއެއްގެ ސައްހަކަމާއި މީހުން އުޅޭ އަދަދުގެ ސައްހަކަން އަންގައިދޭ ލިޔުމެއް ދެއްކުމުންނެވެ. އެއީވެސް ސަރުކާރުން ދޫކޮށްފައި އޮންނަ ލިޔުމެކެވެ.

މިދެންނެވި ލިޔުމަކީ އެރަށެއްގެ ނާއިބު މީހާ ސޮއިކޮށް އަތޮޅުވެރީންވެސް ހުއްދަކޮށްފައި އޮންނަ ލިޔުމެކެވެ. ކާޑެކެވެ. އެޒަމާނުގައި ގޭގެޔަކީ މިހާރުގެ ގޮތަށް ރަޖިސްޓްރީކުރެވި ޒާތްޒާތުގެ ނަންދީފައި ހުންނަ ތަންތަނެއް ނޫނެވެ. ގޭގެ ރަޖިސްޓްރީ ކުރުމާއި ގޭބިސީތައް ތަރުތީބުކުރުމާއި މިޒާތުގެ ކަންކަން އިދާރީގޮތެއްގައި ތައާރަފުވާން މެދުވެރިވީ ކާބޯތަކެތި ކޮންޓްރޯލްކޮށްގެން ބޮޑުހަނގުރާމައިގެ ތަދުކަމުގެ ތެރޭގައި ދިވެހީން ބަނޑަށްޖެހިޔަ ނުދީ ސަލާމަތް ކުރުމަށްޓަކައި އަޅަން މަޖުބޫރުވި ފިޔަވަޅުތަކެވެ. އޭރު ދައުލަތް ހިންގަވާން ތިއްބެވީ ހަސަން ފަރީދާއި މުހައްމަދު އަމީނެވެ. ކާބޯތަކެތީގެ ކާޑަކީ މިގޮތުން ތައާރަފުވީ އެއްޗެކެވެ. އެކާޑު ދެއްކީމާ ލިބޭ ތަކެތި އޭގެފަހުން ކާޑަކަށްވީއެވެ. އަދި މި މުއާމަލާތު ހިންގާ ގުދަން ނުވަތަ ސްޓޯރު ކާޑުގެޔަކަށްވެސް ބަދަލުވެގެންދިޔައީއެވެ.

ދެވަނަ ބޮޑު ހަނގުރާމަޔަކީ 1939 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމަޔަށް މުޅި ދުނިޔޭގައި ހިނގި ހަނގުރާމައެކެވެ. އިންޑިޔާ ކަނޑަކީވެސް އެ ހަނގުރާމައިގެ މައިދާނެކެވެ. ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގައި ދަތިތައް ކުރިމަތިވެ ކާޑަށް ޖެހިގެން ވަރަށް ގިނަ ދިވެހީން ބަނޑަށް މަރުވިއެވެ. ރަށްރަށުގެ ހޭޅިފަށުގައި ހުންނަ މަގޫފަތްވެސް ކާން މަޖުބޫރުވިއެވެ. ކުރިން ދެންނެވި ގޮތަށް ކޮންޓްރޯލް ގޮތެއްގައި ކާބޯތަކެތި ފޯރުކޮށްދިނުމުގެ އުސޫލުތައް ތައާރަފުކުރީ އެ ތަދުމަޑުކަމުގެ ތެރެއިންނެވެ. ކާޑުގެ ސިލްސިލާޔަށް ކާބޯތަކެތި ވަދެފައިވަނީ އެގޮތުންނެވެ. އައު ލަފުޒުތަކާއި މިސާލުބަސްތައް ގިނަފަހަރަށް އުފަންވަނީ ކުރެވޭ ތަޖުރިބާޔަކާއި ދިމާވާ ކަންކަމުގެ ސަބަބުންނެވެ. ކާޑަކީ މިކަމުގެ ވަރަށް ރީތި މިސާލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
ދިވެހީންގެ 1000 އަހަރަށް ވުރެ ގިނަދުވަސްވީ އިގުތިސާދީ ލޭނާރު

ދިވެހީންގެ 1000 އަހަރަށް ވުރެ ގިނަދުވަސްވީ އިގުތިސާދީ ލޭނާރު

09 ޑިސެމްބަރު 2021
ދިވެހީންގެ ނަން ކިޔުމުގެ ސަގާފަތަށް އިންގިލާބެއް ގެންނެވި ޝައިޚް ރުޝްދީގެ ޒިކުރާ!

ދިވެހީންގެ ނަން ކިޔުމުގެ ސަގާފަތަށް އިންގިލާބެއް ގެންނެވި ޝައިޚް ރުޝްދީގެ ޒިކުރާ!

28 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު