Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޑޮލަރުގެ ކަޅުބާޒާރާއި ޑޮލަރު މާފިޔާ!

28 އޮކްޓޯބަރު 2021 | ބުރާސްފަތި 09:28

މި މާކެޓް ކޮންޓްރޯލްކޮށް ދަމަހައްޓަނީ ވިޔަފާރިވެރިންގެ ޖަމާއަތަކުން

| 28 އޮކްޓޯބަރު 2021 | ބުރާސްފަތި 09:28
ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތަކީ މިހާރު ބިލިޔަން ރުފިޔާގެ ބޮޑު ވިޔަފާރިއެެއް

ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތަކީ މިހާރު ބިލިޔަން ރުފިޔާގެ ބޮޑު ވިޔަފާރިއެެއް

ޑޮލަރުގެ ކަޅުބާޒާރުގެ ވާހަކަ އެންމެންވެސް ދައްކައެވެ. މައްސަލައަކީ ދުވަސްވީ މައްސަލައެކެވެ. ނުހުއްޓި ފުޅާވަމުން ހެދިފޯދެމުން ފެތުރެމުންދާ މައްސަލައެކެވެ. ގައުމުގެ އިގްތިސާދަށް ޖެހިފައިވާ ކެންސަރެއް ކަހަލަ މައްސަލައެކެވެ. ނުހުއްޓުވިގެން އުޅެނީ ގާނޫނުތަކެއް ނެތިގެނެއް ނޫނެވެ. ހައްލު ހޯދުމަށްޓަކައި މަސައްކަތްކުރާ ބަޔަކަށް ފުދި އިތުރުވާވަރަށް ގާނޫނުތައް އެބަހުއްޓެވެ. ނުހުއްޓުވިގެން އުޅެނީ ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މީހުން ނޭނގިގެނެއްވެސް ނޫނެވެ. ފަރުދާގެ ކުރިމައްޗާއި ފުރަގަހުގައި ތިބީ ކޮންބައެއްކަން އެބައެނގެއެވެ. ދޭސީންނާއި ބިދޭސީންނެވެ. މަގުމައްޗަށް ނުކުމެ ބަލައިލީމާ ހަމަ ފާޅުކަންބޮޑުކޮށް އެތިބީ ފެންނާށެވެ. ބޭންކު އެކައުންޓްތަކަށް ބަލައިލީމާ އާދައިގެ ލޭބަރުންގެ ގޮތުގައި އެތެރެވެފައިވާ ބިދޭސީންގެ އެކައުންޓުތަކުން ޑޮލަރު އެފެންނަނީ މިލިޔަނުން މިލިޔަނުންނެވެ.

ނުހުއްޓި ފުޅާވުމުގައި ބައިވަރު ސަބަބުތައް އެބަހުއްޓެވެ. މިއީ ގިނަ ދިވެހިން ހީކުރާފަދައިން އާދައިގެ ގޮތަކަށް އޮތް ކުޑަކުޑަ ބާޒާރެއް ނޫނެވެ. މިއީ ބިލިއަން ރުފިޔާގެ ވަރުގަދަ ބޮޑު ބާޒާރެކެވެ. މަގުމަތީގައި އެތިބެނީ އާދައިގެ ބިދޭސީ ލޭބަރުން ކަމަށްވިޔަސް މިއީ އެމީހުން ކޮންޓްރޯލްކުރާ ވިޔަފާރިއެއް ނޫނެވެ. މި ވިޔަފާރީގެ ފަހަތުގައި ވަރުގަދަ ޑޮލަރު މާފިޔާއެއް އެބައޮތެވެ. އޭގައި ދޭސީންނާއި ބިދޭސީންވެސް ޝާމިލްވެއެވެ. ހުއްދަނޫން ވިޔަފާރިއަކަސް، ހުއްދަ ވިޔަފާރިއަކަސް މަންފާ ބޮޑުވެފައި މަންފާގެ ޔަގީންކަން އިތުރުވާ ވަރަކަށް މަސްލަހަތުގެ އަގުވެސް ދާނީ އުފުލެމުންނެވެ. ޑޮލަރުގެ ކަޅުބާޒާރު މިހާރު އޮތީ އެފެންވަރުގައެވެ. މަސްލަހަތުގެ މޫތައް ވަނީ މުއައްސަސާތަކަށްވެސް ވަދެ ރަނގަޅަށް ހަރުލައިފައެވެ. ވަކިތަނެއް އިސްތިސްނާވުމެއް ނެތިއެވެ.

ނެޓްވޯކިން އާއި މަންފާގެ ކުޑަކުޑަ މިސާލެކެވެ. މި ނެޓްވޯކްގައި ހިމެނޭ އެންމެ އާދައިގެ ބިދޭސީ ލޭބަރުންގެ އެކައުންޓުގައި ޑޮލަރުގެ މުއާމަލާތް ހިންގުމަށްޓަކައި ދެތިން މިލިޔަން ޑޮލަރު އެބަ ދައުރުވެއެވެ. އެކަން އެބަފެނެއެވެ. މިއިން ޔަގީންވަނީ މިއީ ބިލިޔަނަށް އަރައިގެން ގޮސްފައިވާ ވިޔަފާރިއެއް ކަމެވެ. އެންމެ ބިލިޔަނަކަށް ވިޔަސް ކަޅު ބާޒާރުގައި ކޮންމެ ޑޮލަރަކުން އަހަރަކު ބައިރުފިޔާގެ މަންފާއެއް ލިބުނަސް އެލިބުނީ 500 މިލިޔަން ރުފިޔާގެ މަންފާއެކެވެ. ދޮޅުރުފިޔާކަމަށް ވެއްޖެނަމަ އެއީ ދޮޅުހާސް މިލިޔަނުގެ މަންފާއެކެވެ. މިހިރީ މީހަކު ބުއްދި ލުހިގެން އަންތަރީސްވެގެން ހިނގައިދާ ކަހަލަ ބޮޑެތި އަދަދުތަކެވެ. މިވަރަށް މިބާޒާރުގެ ނަފާ އުފުލުނީމާ ދެން މަސްލަހަތުގެ ދިފާއުގައި ޚަރަދުކުރާކަށް ވަކި މިންވަރެެއް ނޯންނާނެތާއެވެ.

ޑޮލަރުގެ ކަޅު ބާޒާރަށް އޮތް ހައްލަކީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބެހެއްޓުމެއް ނޫނެވެ. ކޮންމެ ބިދޭސީއެއްގެ ފަހަތުގައި ފުލުހަކު ބެހެއްޓުމެއްވެސް ނޫނެވެ. އެކަންކަމެއް ނުކުރެވޭނެއެވެ. ހައްލަކީ ކަޅުބާޒާރެެއް އުފެދެން މެދުވެރިވާ ސަބަބުތައް ނައްތައިލުމެވެ. ބާޒާރެެއް އުފެދެނީ ޑިމާންޑާއި އެއްވަރަށް ސަޕްލައި ނެތިގެންނެވެ. ރަސްމީ ދޮރުތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭން ނެތުމުންނެވެ. އެކަން ހައްލުވީމާ އެއޮތީ ނިމިފައެވެ. މިއީ ބުނާން ވަރަށް ފަސޭހަ ވާހަކައެކެވެ. އެކަމަކު ކުރާން ވަރަށް އުނދަގޫ ކަމެކެވެ. ބައެއް މީހުން ބުނެއެވެ. ބޭންކުތަކުން ރަސްމީ ރޭޓުގައި ވަކި ލިމިޓެއް ނެތި ޑޮލަރު ވިއްކަން ފެށީމާ މައްސަލަ ނިމުނީއެވެ. އޭރުން ކަޅު ބާޒާރަށް ބަރޯސާވާކަށް ވިޔަފާރިވެރިންނަކަށް ނުޖެހޭނެއެވެ. އަމިއްލަ ފަރުދުންނަކަށް ވެސް ނުޖެހޭނެއެވެ.

ބޭންކުގައި ނެތް އެއްޗެއް އެއްވެސް ލިމިޓެއް ނެތި ވިއްކޭނެބާވައެވެ. ނުވިއްކޭނެއެވެ. ވިއްކޭނީ ހުންނަ އެއްޗެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް ވަންނަ ހުރިހާ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަކަށް ނުވަދެއެވެ. ދައުރެއް ނުވެއެވެ. ބޮޑުބައި ދަނީ ސީދާ ގައުމުން ބޭރުގެ އެކައުންޓްތަކަށެވެ. ބާކީ ހުރިއެއްޗެއް އެތެރޭގެ ކަޅު ބާޒާރަށެވެ. މިއީ މިކަން ހިނގާގޮތެވެ. ހިނގާން ދޫކޮށްލެވިފައި އޮންނަ ގޮތެވެ. ކަޅު ބާޒާރުގައި ފުރާނަ އެޅެނީ މިހިސާބުންނެވެ. ވިޔަފާރިއަކަށް ވަނީ މިހިސާބުންނެވެ. ބަޔަކަށް މިލިޔަނުން މިލިޔަނުން ފައިދާ ލިބޭނޭ ދޮރުދޮރު ހުޅުވެނީ މިހިސާބުންނެވެ. މިކަން މިގޮތަށް ދެމެހެއްޓުމަކީ އެއްބައެއްގެ މަސްލަހަތު ނިޔާކުރާގޮތެވެ. އެހެންވީމާ މިކަން މިގޮތަށް ދެމެހެއްޓުމަށް ފަރުދާގެ ފުރަގަހުގައި ހިނގާނޭ މުއާމަލާތާއި ދައުރުވާނޭ ފައިސާގެ އަދަދު އޮތީ ހީކޮށްލުމެވެ.

ކަޅު ބާޒާރޭ ބުނެވޭ ކޮންމެ ފަހަރަކު ސްޓޭޓް ބޭންކް އޮފް އިންޑިޔާ ކައިރިން ބޮޑު ތަކުރުފާނު މަގަށް ޖަމާވެގެން ތިބޭ ބިދޭސީ ލޭބަރުންގެ ތަސްވީރެއް ކުރަހާލައިގެން ފަރުޖެއްސޭކަށް ނެތެވެ. އެމީހުންނަށް މިވަރުގެ ނެޓްވޯކެއް ނުހިންގޭނެއެވެ. މި މާކެޓް ކޮންޓްރޯލް ކުރަނީ ދިވެހި މަހުޖަނުންގެ ދޮޅަސް ސޯޅަ މީހުންނެވެ. ކުރީ ސަފަށް ނުކުމެގެން އެތިބޭ ބިދޭސީންނަށް ޑޮލަރު ފޯރުކޮށްދެނީ އެމީހުންނެވެ. ވިޔަފާރިވެރިން ގާތު ބޭންކްތަކުން ބުނާނެއެވެ. މުދާ ގަންނަން ޑޮލަރު ހިފައިގެން އަންނަހަރެވެ. އެއީ ރަސްމީ ރޭޓުން ރަސްމީ ކައުންޓަރުތަކުން ލިބޭން ހުރި އެއްޗެއް ނޫނެވެ. ދެން ޖެހެނީ ލިބުނު ގޮތަކަށް ލިބުނު ރޭޓެއްގައި ހޯދާށެވެ. އެހިސާބުން ފަހަތަށް އެނބުރި ބަލައިލާއިރު ހެވިދިލިފައި ހުންނަނީ ޑޮލަރު މާފިޔާއެވެ. އެއް ނެޓްވޯކް އަނެއް ނެޓްވޯކާއި ގުޅި ލާމެހިގެން އުފެދިފައި އޮންނަ މާފިޔާއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 އޯގަސްޓު 2021

ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކަދައްކާ ބަޔަކު ނެތީތަ؟

06 އޯގަސްޓު 2021
ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކަދައްކާ ބަޔަކު ނެތީތަ؟
16 ސެޕްޓެމްބަރު 2020

ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!

16 ސެޕްޓެމްބަރު 2020
ޑޮލަރުގެ އަގު ބޮޑުވާންވީ ކީއްވެ؟ ޑޮލަރުގެ ޑިމާންޑް އުފުލެންޖެހޭ އެއްވެސް ސަބަބެއް ނެތް!
02 މެއި 2020

އެންސިސްގެ 50 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުގެ ކުރިމައްޗަށް، "ފަނާގަލެއް" ވެއްޓިފައި!

02 މެއި 2020
އެންސިސްގެ 50 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުގެ ކުރިމައްޗަށް، "ފަނާގަލެއް" ވެއްޓިފައި!
15 ފެބުރުއަރީ 2019

ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!

15 ފެބުރުއަރީ 2019
ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
21 ޖެނުއަރީ 2018

ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސްގެ އަގަކީ 12 މިލިއަން ޑޮލަރު

21 ޖެނުއަރީ 2018
ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސްގެ އަގަކީ 12 މިލިއަން ޑޮލަރު
14 ޖެނުއަރީ 2018

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

14 ޖެނުއަރީ 2018
66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
04 ނޮވެމްބަރު 2017

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!
04 އޮކްޓޯބަރު 2017

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!
08 ޖޫން 2017

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

08 ޖޫން 2017
ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް