Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީ20 ވޯލްޑް ކަޕް

ބަންގްލަދޭޝް ބަލިކޮށް، އިންގްލެންޑަށް ދެވަނަ މޮޅު

ގްރޫޕުގެ އެއްވަނައިގައި އިންގްލެންޑް އޮތީ ހަތަރު ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 03:44
ބަންގްލަދޭޝް އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި ބުދަ ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން އިންގްލެންޑް މޮޅުވެއްޖެއެވެ.

ގްރޫޕް އެކެއްގައި ހިމެނޭ އިންގްލެންޑުން މި މުބާރާތުގައި ކުޅުނު ދެވަނަ މެޗުން މޮޅުވީ ބަންގްލަދޭޝް އަތުން އަށް ވިކެޓުންނެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 124 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 30 ބޯޅައިން 29 ލަނޑު ހެދި މުޝްފިގުރް ރަހީމާއި ނުވަ ބޯޅައިން 19 ލަނޑު ހަމަކުރި ނަސުމް އަޙްމަދެވެ.

ޖަވާބުގައި އިންގްލެންޑް ކުޅެން އަރައި 14.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 126 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 61 ލަނޑު ހެދި ޖޭސަން ރޯއި އާއި 25 ބޯޅައިން 28 ލަނޑު ހަމަކުރި ޑޭވިޑް މަލަންއެވެ.

މި މެޗުން އިންގްލެންޑް މޮޅުވިއިރު، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ގައުމު ވަނީ އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒް އަތުން ހަ ވިކެޓުން މޮޅުވެފައެވެ. އެއާއެކު ގްރޫޕް އެކެއްގެ އެއްވަނައިގައި އިންގްލެންޑް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްރީ ލަންކާ އާއި، ތިންވަނައިގައި އޮތް އޮސްޓްރޭލިއާ އަދި ހަތަރުވަނައިގައި އޮތް ސައުތު އެފްރިކާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މީގެ އިތުރުން މި މުބާރާތުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ދޭއްގައި ހިމެނޭ ނެމިބިއާ ވަނީ ސްކޮޓްލެންޑް އަތުން ހަތަރު ވިކެޓުން މޮޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު