Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާނުގެ ބަޣާވާތް

ސޫދާނުގެ ބަޣާވާތާ ގުޅިގެން ވޯލްޑް ބޭންކުން ދެމުން އައި އެހީތައް މެދުކަނޑާލައިފި

28 އޮކްޓޯބަރު 2021 | ބުރާސްފަތި 02:04

ސޫދާންގައި ހިންގި ބަޣާވާތާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 02:04
ސޫދާން ބަޢާވާތް

ސޫދާން ބަޢާވާތް

ސޫދާންގެ އަސްކަރިއްޔާއިން އެ ޤައުމުގައި ހިންގި ބަޣާވާތާ ގުޅިގެން ވޯލްޑް ބޭންކުން ދެމުން އައި އެހީތައް މެދުކަނޑާލައިފިއެވެ.

ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސޫދާންގެ އަސްކަރިއްޔާއިން އެ ޤައުމުގައި ހިންގި ބަޣާވާތާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ޤައުމަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަރައިގަތުމަށް ހުރަސްތަކާ ކުރިމަތިވެދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

Advertisement - worldAdvertisement

މި އަހަރުގެ މާރޗް މަހު ސޫދާނަށް ވޯލްޑް ބޭންކުން ވަނީ އެތައް ބިލިއަން ޑޮލަރުގެ އެހީތައް ފޯރުކޮށްދީފައެވެ. މިއީ ފާއިތުވެދިޔަ 30 އަހަރު އެ ޤައުމަށް މިހާ ބޮޑު އަދަދަކުން އެހީ ދިން ފުރަތަމަ ފަހަރަށްވާއިރު ސޫދާނަށް ވަނީ 3 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. މި އެހީ ފޯރުކޮށްދީފައިވަނީ ދަނޑުވެރިކަމާއި ސިއްހީ ޚިދުމަތް ކުރިއެރުވުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށެވެ.

ވޯލްޑް ބޭންކުން ވެސް އެހީތައް މެދުކަނޑާލުމަށް ނިންމާފައިވާއިރު އެފްރިކަން ޔޫނިއަން (އޭޔޫ)ގެ ހުރިހާ ހަރަކާތަކުން ސޫދާން ވަނީ ސަސްޕެންޑްކޮށްފައެވެ. ސޫދާނުގައި މިނިވަން އިންތިޚާބެއް ބާއްވައި ރައީސަކު އިންތިޚާބުކޮށް އިންތިޚާބީ ސަރުކާރެއް އެކުލަވައި ނުލަނީސް ސޫދާންގެ ސަސްޕެންޝަން އުވާނުލާނެ ކަމަށް އޭޔޫއިން ވަނީ ބުނެފައެވެ.

ސޫދާންގެ އަސްކަރިއްޔާއިން ބުނީ ސަރުކާރުގެ ބާރުތައް ނިގުޅައިގަތީ ދާޚިލީ ހަމަނުޖެހުންތައް ހުއްޓުވަން ކަމަށެވެ. ސޫދާންގެ އަސްކަރިއްޔާގެ ޗީފް ޖެނެރަލް އަބްދުލް ފައްތާޙް އަލްބުރްހާން މުޚާތަބު ކުރައްވާ އަބްދުލް ފައްތާޙް ވިދާޅުވީ ސިޔާސީ ފަރާތްތަކެއް ހައްޔަރުކޮށް ސަރުކާރުގެ ބާރުތައް ނިގުޅައިގަތީ ގައުމުގެ ދާޚިލީ ހަމަނުޖެހުންތައް ހުއްޓުވަން ކަމަށެވެ. މިއީ މިނިސްޓަރުން ހައްޔަރުކުރުމާ ގުޅިގެން ސޫދާންގެ އަސްކަރިއްޔާއިން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ފައްތާހު އިތުރަށް ވިދާޅުވީ ހައްޔަރުކުރީ އަސްކަރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މިނިސްޓަރުން ކަމަށެވެ. އަދި ހައްޔަރުކުރި ފަރާތްތަކަށް އެއްވެސް ގެއްލުމެއް ދީފައި ނުވާނެ ކަމަށާއި އެމީހުން މިހާރު ވަނީ ފައްތާޙްގެ ގެއަށް ގެންގޮސްފައި ކަމަށެވެ. "ބޮޑުވަޒީރު މީގެ ކުރިން ހުންނެވީ އޭނާގެ ގެކޮޅުގައި. އެކަމަކު އޭނާއަށް ލިބިދާނެ ގެއްލުމަކަށް ބަލައި މިހާރު ވާނީ އަޅުގަނޑު (ފައްތާޙް) ގެ ގެއަށް އޭނާ ގެނެވިފައި" ކަމަށް ވެސް ފައްތާޙް ވިދާޅުވިއެވެ.

ސޫދާންގައި ބަޣާވާތްކޮށް ވެރިކަން ފުރޮޅާލީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އެގައުމު ހިންގަމުން އަންނަނީ ސަރުކާރާއި އަސްކަރިއްޔާ އާ ދެބައިންނެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް