Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުން ފަރިތަކުރުންތައް ފެށުން

މޮރިއޭރޯއާއެކު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

25 އޮކްޓޯބަރު 2021 | ހޯމަ 19:07

ރާއްޖެ ގޮވައިގެން މޮރިއޭރޯ ފުރަތަމަ ނުކުންނާނީ ލަންކާ މުބާރާތަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 އޮކްޓޯބަރު 2021 | ހޯމަ 19:07
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އައު ކޯޗު ފްރެންސެސްކޯ މޮރިއޭރޯ

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އައު ކޯޗު ފްރެންސެސްކޯ މޮރިއޭރޯ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗުގެ މަގާމަށް ހަމަޖެއްސި އިޓަލީ އާއި އިންޓަ މިލާނަށް މީގެ ކުރިން ކުޅުނު މިޑްފީލްޑަރު ފްރެންސެސްކޯ މޮރިއޭރޯއާއެކު، ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 52 އަހަރުގެ މޮރިއޭރޯ ހަމަޖެއްސިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ. މައުލޫމާތު ލިބޭ ގޮތުން މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރާއްޖޭގެ ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިއިރު، މިއީ ގައުމީ ޓީމަކަށް މޮރިއޭރޯ އިރުޝާދުދޭނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭޝިއާގައި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

ގައުމީ ޓީމުގެ އައު ކޯޗަކަށް މޮރިއޭރޯ ހަމަޖެއްސިއިރު، އޭނާ ވެފައިވަނީ މި އަހަރު ތެރޭގައި ގައުމީ ޓީމަށް ކޯޗުކަންކޮށްދޭ ތިންވަނަ ކޯޗަށެވެ. އެގޮތުން މީގެ ކުރިން ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ފަހުން ނިމުނު "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނެވެ.

މޮރިއޭރޯއާއެކު ހޯމަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ގައުމީ ޓީމާ ހަވާލުވުމަށްފަހު އިޓަލީގެ ނޫހެއް ކަމަށްވާ ކަލްޗިއޯމެރްކާޓޯއަށް ދިން އިންޓަވިއުއެއްގައި މޮރިއޭރޯ ބުނީ ވީޑިއޯތަކުން ފެނުނު މަންޒަރަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކަމަށެވެ. އެކަމަކު ރަނގަޅު ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި، އެގޮތުން ކުޅުންތެރިންގެ ޖޯޝް ރަނގަޅުކޮށް ކާމިޔާބުގެ މަގަށް ގެންނަން ކުރެވެން ހުރި މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށްވެސް ވަނީ ބުނެފައެވެ.

މޮރިއޭރޯއާއެކު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށިއިރު، އަންނަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) ގައި ރާއްޖެ ވާދަކުރާނެއެވެ. އެ މުބާރާތުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ.

އެ މުބާރާތުގެ ކުރިން އަންނަ ހުކުރު ދުވަހު ގައުމީ ފުޓްބޯޅަ ޓީމުން ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޓީމާ ދެކޮޅަށް އެ ރިސޯޓުގައި ޚާއްސަ މެޗެއް ކުޅޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. ކުރެއްދޫގައި ގައުމީ ޓީމުން ޚާއްސަ މެޗެއް ކުޅޭއިރު، މިދިޔަ ހޮނިހިރު ދުވަހު ގައުމީ ޓީމުން ވަނީ ހދ. ކުޅުދުއްފުށި ސިޓީގައިވެސް ޚާއްސަ މެޗެއް ކުޅެފައެވެ. އެ މެޗަކީ ކުޅުދުއްފުށީގައި ސަރުކާރުގެ ފަރާތުން އެޅި ފެންވަރު ރަނގަޅު ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗެކެވެ. އެ މެޗުން ގައުމީ ޓީމު މޮޅުވީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ޓީމުން ޚާއްސަ މެޗެއް ކުޅުނުއިރު، އެ މެޗަކީ މާލޭގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕަށްފަހު ގައުމީ ޓީމުން ކުޅުނު ފުރަތަަމަ މެޗެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް