Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޯ ނޭޝަންސް ކަޕަށް އުއްޗުއަށް ދައުވަތު ދެއްވުން

ފޯ ނޭޝަންސް ކަޕަށް ވަޑައިގަތުމަށް އެދި ސްރީލަންކާ ސަރުކާރުން އުއްޗުއަށް ދަޢުވަތު ދެއްވައިފި

25 އޮކްޓޯބަރު 2021 | ހޯމަ 08:46

ފޯ ނޭޝަން ކަޕަށް އުއްޗުއަށް ދައުވަތު ދެއްވީ ސްރީލަންކާގެ ސަރުކާރުން

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 25 އޮކްޓޯބަރު 2021 | ހޯމަ 08:46
ސްރީލަންކާގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް މިސްޓަރ ޖަސްވާރު އުމަރު - މުހައްމަދު މުސާ (އުއްޗު) ގެ ނަންފުޅު ލިޔުއްވާފައިވާ، ސްރީލަންކާގެ ޤައުމީ ޓީމްގެ މިހާރުގެ ޖާރޒީއެއް ހަދިޔާ ކުރައްވަނީ

ސްރީލަންކާގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް މިސްޓަރ ޖަސްވާރު އުމަރު - މުހައްމަދު މުސާ (އުއްޗު) ގެ ނަންފުޅު ލިޔުއްވާފައިވާ، ސްރީލަންކާގެ ޤައުމީ ޓީމްގެ މިހާރުގެ ޖާރޒީއެއް ހަދިޔާ ކުރައްވަނީ

ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" އަށް ވަޑައިގަތުމަށް އެދި ސްރީލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަގެ ފަރާތްޕުޅުން މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު)އަށް ދައުވަތު ދެއްވައިފިއެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓްގައި ހޯމަަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތްޕުޅުން މުޙައްމަދު މޫސާއަށް ދައުވަތު ދެއްވީ ސްރީލަންކާގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް މިސްޓަރ ޖަސްވާރު އުމަރު ލެއްބެއެވެ.

މިބައްދަލުވުމުގައި މިސްޓަރ ޖަސްވާރު ދެއްކެވި ވާހަކަފުޅުގައި މުހައްމަދު މޫސާއަކީ ފުޓްބޯޅައަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި އަދި ކުރިން ފުޓް ބޯޅަ ކުޅުއްވާފައިވާކަން ފާހަގަކުރައްވައި، ފުޓް ބޯޅައަށް އެހާބޮޑު ޝައުޤެއް ބަހައްޓަވާ ބޭފުޅަކަށް ވާތީ، މުޙައްމަދު މޫސާއާ ބައްދަލު ވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ޓީމެއް ސްރީލަންކާއަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ދައުވަތު ދެއްވާފައެވެ. މިބައްދަލުވުމުގައި މުހައްމަދު މުސާގެ ނަންފުޅު ޖައްސަވާފައިވާ ސްރީލަންކާގެ ޤައުމީ ޓީމްގެ މިހާރުގެ ޖާރޒީއެއް ވަނީ ހަދިޔާ ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޚާއްސަ މެޗެއް ވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މެޗަކީ ގައުމީ ޓީމަށް ހިތްވަރުދެއްވުމަށް މުޙައްމަދު މޫސާ (އުއްޗު) ދެއްވި ދައުވަތަކަށް ކުޅެވިގެންދާ މެޗެކެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު ކުރެއްދޫގައި މި މެޗު ކުޅޭއިރު، މި މެޗުގައި ގައުމީ ޓީމާ ދެކޮޅަށް ނުކުންނާނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޓީމެވެ.

ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ކުޅޭ މި މެޗުން މޮޅުވާ ޓީމަކަށް ޚާއްސަ އިނާމެއް ދެއްވުމަށް އުއްޗު ވަނީ ނިންމަވާފައެވެ. އަދި މި ޚާއްސަ މެޗު "ރާއްޖެޓީވީ" އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މެޗު "ރާއްޖެ.އެމްވީ" އިން ލައިވް ސްޓްރީމް ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
11 މާރިޗު 2017

ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ

11 މާރިޗު 2017
ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް