Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭއީއެޗް ލައިފް ސަޕޯޓް ޓްރޭނިން ޕްރޮގްރާމް

އޭއީއެޗްގައި ކުރިއަށް ދިޔަ ލައިފް ސަޕޯޓް ޓްރޭނިން ޕްރޮގްރާމް ނިންމާލައިފި

22 އޮކްޓޯބަރު 2021 | ހުކުރު 06:09

ޕްރޮގްރާމް ކުރިއަށް ދިޔައީ 5 ދުވަހުގެ މުއްދަތަށް

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 22 އޮކްޓޯބަރު 2021 | ހުކުރު 06:09
އޭއީއެޗް ލައިފް ސަޕޯޓް ޓްރެއިނިން ޕްރޮގްރާމް

އޭއީއެޗް ލައިފް ސަޕޯޓް ޓްރެއިނިން ޕްރޮގްރާމް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްދިޔަ އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއަރ ޕްރޮގްރާމް ނިންމާލައިފިއެވެ.

އޮކްޓޯބަރ 17ން 21ށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެސްޓީއޯ ގުޅިގެން އޭއީއެޗް އާއި ފުވައްމުލައް ހޮސްޕިޓަލުގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ. 5 ދުވަހަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގެ ފެސިލިޓޭޓަރ އަކީ ދުނިޔޭގެ ފެންވަރުގެ ސަޓިފައިޑް ހެލްތް ކެއަރ ޓްރެއިނިން ފޯރުކޮށްދެމުން އަންނަ "ކޯޑް ބްލޫ" އެވެ.

Advertisement - newsAdvertisement

މި ޓްރޭނިންގ ޕްރޮގްރާމްގައި 10 ޑޮކްޓަރުންނާއި 13 ނަރުހުން ބައިވެރިވިއިރު އޭގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި 2ނަރުހުން ވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ތެރޭގައި ބައިވެރިންނަށްވަނީ "އެއާވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިންގ" އާއި "އިމަރޖެންސީ ޓްރައުމާ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓާއި"  އަދި "އެޑްވާންސްޑް ކަރޑިއޯވެސްކިއުލަރ ލައިފް ސަޕޯޓް" އާއި ގުޅުންހުރި ތަމްރީންތަކާއި ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ސެޝަން ނަންގަވައިދެއްވީ އެމަރޖެންސީ ފިޒީޝަނުންކަމަށްވާ ޑރ. އާމިނަތު ޒޭބާ އަހްމަދު އާއި އަދި ޑރ. އަހްމަދު ޒިޔާން ގެ އިތުރުން އޯތޮޕީޑިކް އެންޑް ޓްރޯމާ ސާޖަން ޑރ. ޔޫސުފް ޝާން އާއި ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފް އަދި  ޖެނެރަލް ޕްރެކްޓިސް ސްޕެޝަލިސްޓް ޑރ. އިބްރާހިމް އިޔާޒްއެވެ.

ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އާމިނަތު ޒޭބާ އަހްމަދު ވިދާޅުވީ ދާއިރާތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ބަލިމީހުންގެ ޚިދުމަތުގައި ތިއްބެވި ޑޮކްޓަރުންނާއި ނަރުހުންނަށް މިފަދަ ސްކިލްޑް ބޭސްޑް ޕްރެކްޓިކަލްތަކަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ބެސްޓް ޕްރެކްޓިސް ފަރުވާއަކަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި އެގޮތުން ބައިވެރިންވާނީ އަނިޔާގައިވާ ބަލިމީހާއަށް ފަރުވާދޭނެގޮތާއި އަދި ޓްރައުމާ ލައިފް ސަޕޯޓާއި ގުޅުންހުރި ގިނަ ދާއިރާތަކަކުން ތަމްރީން ހޯއްދަވާފައި ކަމަށެވެ. 5 ދުވަހުގެ ޓްރޭނިންގއެއް ނިންމާލިއިރު ޑރ. ޒޭބާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުރިހާ ބައިވެރިން ވެސް 70 އިން މަތިން މާކްސް ހޯދައިގެން ބައިނަލް އަޤްވާމީ ފެންވަރުގެ ސެޓްފިކެޓް ޙާސިލު ކުރި ކުރުމެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެމިނާ ރޫމްގައި އޮތް މިޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި އޭއީއެޗްގެ ސީއީއޯ ޑރ. މުޙައްމަދު ސާލިޙު ވެސް ވަނީ ބައިވެރިވެ ވަޑައިގެން ޓްރެއިނިން ފުރިހަމަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް