Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅުގައި ކޮމާޝަލް ހާބަރ

ގުޅީފަޅުގައި ކޮމާޝަލް ހާބަރު ހެދިގެންދާއިރު މަގަތު ފާލަމަށް ތިން ބޯޓު ގެނެވޭނެ: ޝާހިދު

ސަރުކާރުގެ ތަސައްވަރަކީ ގުޅީފަޅަކީ މާލޭގެ މޭޖަރ ކޮމާޝަލް ޕޯޓަކަށްވުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2021 | ހުކުރު 02:50
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

ގުޅީފަޅުގައި ކޮމާޝަލް ހާބަރު ހެދިގެންދާއިރު މަގަތު ފާލަމަށް ތިން ބޯޓު ގެނެވޭނެ ކަަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ މިހާރު އޮތީ އެންމެ ބޯޓެއް ކަމަށާއި ނަމަވެސް ގުޅީފަޅުގައި ކޮމާޝަލް ހާބަރު ހެދިގެންދާއިރު މަގަތު ފާލަމަށް ތިން ބޯޓު ގެނެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ގުޅީފަޅުގައި ކޮމާޝަލް ހާބަރު ހެދިގެންދާއިރު ސަރުކާރުގެ ތަސައްވަރަކީ ގުޅީފަޅަކީ މާލޭގެ މޭޖަރ ކޮމާޝަލް ޕޯޓަކަށްވުން ކަަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެންމެ ބޮޑު ލައިނަރ ސައިޒްގެ ބޯޓު ފަހަރަށް ވެސް ކައިރި ކުރެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މިހާރުގެ ހާލަތު ހުރިގޮތުން އެންމެ ބޮޑު ބޯޓެއް އަޔަސް ޚިދުމަތްދޭން ޖެހެނީ އެންކަރުގައި ބާއްވައިގެންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެކަމަށް ވަރަށް ވަގުތު ހޭދަވާ ކަމަށެވެ. އަދި ގުޅީފަޅުގައި ކޮމާޝަލް ހާބަރު ހެދިގެންދާއިރު އެންމެ ޒާމަނީ ވަސީލަތްތައް ހުންނާނެ ކަމަށާއި މިހާރު ތިން ދުވަހުން ހުސް ކުރެވޭ ބޯޓު 12 ގަޑިއިރު ނުވަތަ ލަސްވެގެން 24 ގަޑިއިރު ތެރޭގައި ހުސް ކުރެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތަށް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ޓެންޑަރ ކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމާގުޅޭ މިނިސްޓްރީތަކުން ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ގުޅީފަޅު ބަނދަރު ތަރައްޤީ ކުރަނީ ކުރިއަތް އޮތް 30 އަހަރުގެ ޕްލޭނަކަށް ކަަމަށާއި އެ 30 އަހަރު ވެސް ތަނުގެ ކެޕޭސިޓީއަށް ލިމިޓް ނުވާނެ ގޮތަށް ބަލައިގެން ކަަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫޢުގެ ދަށުން މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށްވަނީ ނިންމާފައެވެ. މިޕްރޮޖެކްޓާއެކު ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ ބޮޑު ބަދަލެއް އަންނާނީ ގުޅީފަޅަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު، ވިޔަފާރީގެ ގޮތުން ވެސް ގުޅީފަޅުވެގެންދާނީ ސަރަޙައްދުގެ އިޤްތިޞާދީ މައި ހަބަށެވެ. މިބޮޑު މަންޒަރު ގުޅެނީ ގްރޭޓަރ މާލެ ކަނެކްވިޓީ ބްރިޖްގެ މަޝްރޫޢާއެވެ. ގުޅީފަޅާއި ބްރިޖް ގުޅާލާ ސަރަޙައްދު ހިމެނޭހެން 6 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންވަނީ ކުރިއަށްގެންގޮސްފައެވެ.

ގުޅީފަޅު ތަރައްޤީކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް މިއަހަރުގެ ބަޖެޓުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެއެވެ. ސަރުކާރުގެ ޢަމާޒަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ، އަދި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއްގެގޮތުގައި މިބަނދަރު ހެދުމެވެ. އަދި މާލޭގައި މި ޚިދުމަތް ދިނުމަށް އޮތް ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ. ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް ނިމުމުން ބަނދަރު ހިންގުމުގެ މަސައްކަތް ހަވާލުކުރާނީ މިހާރުވެސް މާލެ ވިޔަފާރި ބަނދަރު ހިންގަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއެވެ.

ގުޅީފަޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް އެޅުމުގެ މަޝްރޫއަކީ މާލޭގެ ބަނދަރުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މިގޮތުން، ސަރުކާރުން ނިންމާފައިވަނީ 2023 ވަނަ އަހަރު ގުޅީފަޅު ޕޯރޓް ހުޅުވުމުން އެ ސަރަހައްދަށް މާލޭ ކޮމާރޝަލް ހާބަރު، ނޯތު ހާބަރު، އަދި ޓީ ޖެޓީ ސަރަހައްދުގެ ބައެއް ހިދުމަތްތަކާއި މަސައްކަތްތައް ބަދަލު ކުރުމަށެވެ. މި ޕްރޮޖެކްޓާއެކު މާލޭގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ. އަދި ވިޔަފާރިވެރިންނަށް ވެސް އަވަސް ޚިދުމަތާއެކު އޭގެ ފަސޭހަތައް ލިބޭނެއެވެ.

ގުޅީފަޅު ތަރައްގީވަމުން އަންނައިރު އެތަނުގައި ރޭސް ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ވެސް ރޭސިން ކުރިއެރުވުމަށް އެކިއިރު އެކި މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ސަރުކާރުންވަނީ ހުޅުމާލޭގައި ރޭސިން ޓްރެކެއް ހެދުމާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. އެހެންނަމަވެސް، މި މަސައްކަތް ކުރިއަށްދާގޮތެއް ނުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

18 ތަނެއް މޮނީޓަރިންގ އަށް، ނޯތު ހާބަރު ކުރިމަތީގައި ހުރި ހުރިހާ ފިހާރަތަކެއް ހިމެނޭ

18 ތަނެއް މޮނީޓަރިންގ އަށް، ނޯތު ހާބަރު ކުރިމަތީގައި ހުރި ހުރިހާ ފިހާރަތަކެއް ހިމެނޭ

19 އެޕްރީލު 2020
އާހާބަރު ފުޑްކޯޓަށް ކުލި ނުދެއްކުމުން ނިހާނުގެ މައްޗަށް 9 ލައްކަ ރުފިޔާ އެސްޓީއޯއަށް ދެއްކުމަށް ހުކުމް ކޮށްފި

އާހާބަރު ފުޑްކޯޓަށް ކުލި ނުދެއްކުމުން ނިހާނުގެ މައްޗަށް 9 ލައްކަ ރުފިޔާ އެސްޓީއޯއަށް ދެއްކުމަށް ހުކުމް ކޮށްފި

10 ޑިސެމްބަރު 2019
ކޮމާޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމާއެކު އުމްރާނީ މަޝްރޫއުތަކުގެ ފެންވަރު ރަނގަޅުވާނެ: ސްޓޭޓް މިނިސްޓަރ

ކޮމާޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމާއެކު އުމްރާނީ މަޝްރޫއުތަކުގެ ފެންވަރު ރަނގަޅުވާނެ: ސްޓޭޓް މިނިސްޓަރ

03 ޑިސެމްބަރު 2019
ރީޖަނަލް ޑޮމެސްޓިކް ކޮމާޝަލް ޕޯޓެއް ކަނޑައެޅޭ ސަރަހައްދުތަކުގައި އެޅިގެންދާނެ : މިނިސްޓަރ އަސްލަމް

ރީޖަނަލް ޑޮމެސްޓިކް ކޮމާޝަލް ޕޯޓެއް ކަނޑައެޅޭ ސަރަހައްދުތަކުގައި އެޅިގެންދާނެ : މިނިސްޓަރ އަސްލަމް

24 އޯގަސްޓު 2019
ތިލަފުއްޓާއި ގުޅީފަޅުގައި ނުގަވައިދުން ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ތިލަފުއްޓާއި ގުޅީފަޅުގައި ނުގަވައިދުން ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

16 ޖޫން 2019

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު