Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެމިންގޯ ހިފާ މައްސަލަ

ވިއްކާލަން އުޅުނު ފްލެމިންގޯ ހޯދައިފި، ފިޔަގަނޑު ވަނީ ކޮށާލާފައި!

21 އޮކްޓޯބަރު 2021 | ބުރާސްފަތި 08:02

ކުރިއަށް އޮތްތަނުގައި އެމީހާގެ ބަޔާން ނަގާ، ފިޔަވަޅު އަޅާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 08:02
ރާއްޖެއަށް ހިޖުރަކުރި ފްލެމިންގޯތަކެއް،

ރާއްޖެއަށް ހިޖުރަކުރި ފްލެމިންގޯތަކެއް،

ގުޑުގުޑާ ދޫނި (ފްލެމިންގޯ) ހިފި މީހަކު ހޯދައި، އެ މީހާ ގެންގުޅުނު ދޫނި އަތުލާފައިވާ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އިޕީއޭއިން ބުނީ ބުރާސްފަތި ދުވަހު ހއ. ބާރަށުން ފްލެމިންގޯއެއް ހިފައި ވިއްކަން އުޅުނު މީހަކު ހޯދިފައިވާ ކަމަށާއި، އެ ފްލެމިންގޯއަށް މިހާރު ހިމާޔަތް ދީފައިވާ ކަމަށެވެ. އަދި އޭގެ ފިޔަގަނޑު ކޮށާލާފައިވާކަން އީޕީއޭއިން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އީޕީއޭއިން ބުނީ ފްލެމިންގޯ ހިފައި، ވިއްކަން އުޅުނު މީހާ ދެނެގަނެވިފައިވާއިރު، ކުރިއަށް އޮތްތަނުގައި އެމީހާގެ ބަޔާން ނަގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ހިޖުރަ ކުރުމުގެ ތެރޭގައި ރާއްޖެ އައި ފްލެމިންގޯތަކެއް ރާއްޖޭގެ އެކިއެކި ރަށްރަށަށް ދަނީ ޖައްސަމުންނެވެ. އެގޮތުން ހއ. ބާރަށަށް ދިޔަ ފްލެމިންގޯތަކެއް ހިފައި އެއިން ދޫންޏެއް 30،000 ރުފިޔާއަށް ވިއްކަން ޖެހުމުން މައްސަލަ ހޫނުވެފައިވެއެވެ. އެކަމާ ގުޅިގެން އީޕީއޭއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ، ހިޖުރަކުރާ ދޫނިތައް ހިފައި ހައްޔަރުކޮށް ގޯނާކުރާ މީހުން ހުއްޓުވުމަށާއި، އަދި މިފަދަ މީހުންނަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ކުރާ މީހުންގެ މައުލޫމާތު (ދޫނި ހިފައި، ވިއްކާ ފަރާތުގެ ނަން، ގޭގެ ނަމާއި އަތޮޅާއި ރަށް، އަދި ހިފާވިއްކާ ދޫނީގެ ބާވަތާއި އަދަދު) އަދި ފޮޓޯ މި އެޖެންސީގެ ހޮޓްލައިން ނަންބަރު 7980379ށް މެސެޖުކޮށް ނުވަތަ erc@epa.gov.mv އަށް އީމެއިލް ކޮށްދިނުމަށް އީޕީއޭއިން އެދިފައިވެއެވެ.

ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ މީހުންނާއި، އަދި މިދޫނިތައް ގަނެވިއްކާ ވިޔަފާރި ކުރަމުންދާ މީހުންނާމެދު "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި "ގުދުރަތީ ގޮތުގައި ނުވަތަ ޠަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
13 މާރިޗު 2017

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
21 ފެބުރުއަރީ 2017

ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި

21 ފެބުރުއަރީ 2017
ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް