Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން

އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށިއްޖެނަމަ ވިލުންވެރިކަން އެ ބިނާކުރެވެނީ އެތައް އަހަރަކަށް: ޞަބްރާ

21 އޮކްޓޯބަރު 2021 | ބުރާސްފަތި 07:40

މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މައުލޫމާތުތައް ގައުމީ މަންހަޖުގައި ހިމެނުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 07:40
ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން،

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން،

ރާއްޖެއިން ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތަ ކަމުގައި ހެދިއްޖެނަމަ ވިލުންވެރިކަން އެ ބިނާކުރެވިގެން ދަނީ ކުރިޔަށްއޮތް އޮތް އެތައް އަހަރަކަށް ކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޮޕް-26 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބުދަ ދުވަހުގެ މެންދުރުފަހު ބޭއްވި "އަވަރ ކްލައިމެޓް، އަވަރ ޕްރެޒެންޓް، އަވަރ ފިއުޗަރ- އަ އެސް.އައި.ޑީ.އެސް ޕާސްޕެކްޓިވް" ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ. މިއީ ރާއްޖެއާއި ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ.ގެ އެޖެންސީތައް ގުޅިގެން ބޭއްވި ބައްދަލުކުރެއްވުމެކެވެ. އެގޮތުން މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާ އަދި ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ.ގެ އެޖެންސީތަކުގެ ތެރޭން ޚާއްސަ ގޮތެއްގައި ޔޫ.އެން.ޑީ.ޕީ އަދި ޔުނިސެފްގެ އެއްބާރުލުމާއެކު ކުރިޔަށްގެންދިޔަ ބައްދަލުކުރެއްވުމެކެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން އިތުރުކުރުމާއި އެކަންކަމުގައި ޒުވާނުންނަށް އެމީހުންގެ އަޑުއުފުލުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މިއީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް ވެސް އެޅިގެންދާ ބާރެކެވެ.

މި ބައްދަލުކުރެއްވުމުގައި ޞަބްރާ ވަނީ ޔުނިސެފާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެން، މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މައުލޫމާތުތައް ރާއްޖޭގެ ގައުމީ މަންހަޖުގައި ހިމެނުމަށް ކުރަމުންގެންދާ މުހިންމު މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުމާއި އެދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަކީ ޕެރިސް އެގްރީމަންޓުގައި ހިމެނޭ ވަރަށް މުހިންމު ބައެއްކަމަށާއި، ނަމަވެސް އެއީ އަބަދުވެސް އެކަމަށް ލިބެންޖެހޭ މިންވަރަށް ސަމާލުކަން ނުލިބޭ ކަމެއްކަން ވެސް ޞަބްރާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޞަބްރާ ވިދާޅުވީ ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުން ދިއުމާއެކު ޒުވާނުން އެމީހުންގެ މުސްތަޤްބަލާމެދު ހުރި ހިތްނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، އެމީހުން އެދޭ ކަންކަމާއި އަދި އެ ކަންކަމަށް އެމީހުން ހޯދަން އެދޭ ހައްލުތަކާ ގުޅޭގޮތުން ފާޅުކުރާ ޝުއޫރުތައް އަޑުއެހަން ޖެހޭ ކަމަށެވެ. އަދި ޒުވާނުންގެ މި އެދުންތަކުގެ މައިގަނޑު އަސާސަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އެޑަޕްޓޭޝަނަށް ބޭނުންވާ ފައިސާ ލިބޭގޮތަށް އޮތުމާއި އަދި މި ބަދަލުވާ މަރުޙަލާ ވީހާވެސް އޮމާންކަމާއި ހަމަހަމަކަމާއެކު ކުރިޔަށްދާގޮތަށް އޮތުމާއެކު ޚާއްސަކޮށް ކޮޕް-26އަށް ތައްޔާރުވަމުންދާއިރު މިވާހަކަތައް އިއްވައިދިނުން ކަމަށް ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް އަޅާފިޔަވަޅުތަކާއި ނިންމުންތައް ނިންމުމަށް ބާއްވާ މަޝްވަރާތަކުގެ އެންމެ ކުރީސަފުން ޕޮލިސީ މޭކަރުން ފަދަ މުހިންމު މަސްޢޫލިއްޔަތުތައް ޒުވާނުން އަދާކުރަންޖެހޭ ކަމަށް ޞަބްރާ ވިދާޅުވިއެވެ.

ޞަބްރާ ވަނީ ސަރުކާރުން ކުރިޔަށްގެންދާ އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާގުޅޭ ޕްލޭނުން މިސާލު ޖައްސަވަމުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިޔަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރަކީ ކުޑަމިންވަރެއްކަމުން ރާއްޖެއިން ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތަ ކަމުގައި ހެދިއްޖެނަމަ ވިލުންވެރިކަން އެ ބިނާކުރެވިގެން ދަނީ ކުރިޔަށްއޮތް އޮތް އެތައް އަހަރަކަށްކަން ވެސް ޞަބްރާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ އާއި ޔުނިސެފްގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ ފޮރ ސައުތު އޭޝިޔާ، ސަން އަ ކިމް ސު އާއި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮޒްލާ އާއި އ.ދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް ގެ ފަރާތުން ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގެވެގްލިއާ، އާއި ވިޔަފާރިވެރިންނާއި، ރާއްޖެއާ އެހެން ކުދި ޖަޒީރާ ގައުމުތަކުން ޒުވާނުން ބައިވެރިވެ، ވާހަކަދައްކަވާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 މެއި 2017

ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

21 މެއި 2017
ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
08 މެއި 2017

ގާސިމްގެ ޝަރީއަތް: ދިފާއުގައި ޕީޕީއެމްގެ މެނިސްފެސްޓޯއާއި ސިޔާސީ ފަރާތްތަކެއް ދައްކާފައިވާ ވާހަކަތަކެއް!

08 މެއި 2017
ގާސިމްގެ ޝަރީއަތް: ދިފާއުގައި ޕީޕީއެމްގެ މެނިސްފެސްޓޯއާއި ސިޔާސީ ފަރާތްތަކެއް ދައްކާފައިވާ ވާހަކަތަކެއް!
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް