Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯހަންގެ އެއްބަސްވުން އުވާލުން

މޯހަންގެ އެއްބަސްވުން ސަސްއިން އުވާލައިފި

20 އޮކްޓޯބަރު 2021 | ބުދަ 13:53

މޯހަންގެ އެއްބަސްވުން އުވާލާފައިވަނީ ދެ ފަރާތް އެއްބަސްވެގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޮކްޓޯބަރު 2021 | ބުދަ 13:53
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމުގައި ހުރި މުޙައްމަދު ޝިޔާޒް (މޯހަން)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމުގައި ހުރި މުޙައްމަދު ޝިޔާޒް (މޯހަން)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމުގައި ހުރި މުޙައްމަދު ޝިޔާޒް (މޯހަން) ގެ އެއްބަސްވުން އެ ކުލަބުން އުވާލައިފިއެވެ.

މޯހަންގެ އެއްބަސްވުން އުވާލިކަން ސަސްއިން ހާމަކޮށްފައިވަނީ ބުދަ ދުވަހުގެރޭ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ސަސްއިން ހާމަކޮށްފައިވާ ގޮތުން މޯހަންގެ އެއްބަސްވުން އުވާލާފައިވަނީ ދެ ފަރާތް އެއްބަސްވެގެންނެވެ. އެއާއެކު ސަސްއިން ވަނީ މޯހަން އެ ޓީމަށް ކޮށްދިން މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ.

ސަސްއިން މޯހަންގެ އެއްބަސްވުން އުވާލިއިރު، އޭނާ ސަސްއާ ހަވާލުވީ މިދިޔަ ސީޒަނުގެ މެދުތެރެއިން މި އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހެވެ. އެ ފަހަރު ސަސްއާ ހަވާލުވާން މޯހަން ނިންމީ ކުލަބު އީގަލްސްގެ އެއްބަސްވުން އުވާލުމަށްފަހުއެވެ. އީގަލްސް ދޫކޮށް މޯހަން ސަސްއަށް ބަދަލުވިއިރު، މިދިޔަ ސީޒަނުގައި މޯހަން އާއެކު އީގަލްސްގެ ކުޅުން ވަރަށް ބޮޑަށް ދަށްވިއެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ މޯހަންއަށް ސަސްގައި ހޭދަކުރި ކުރު މުއްދަތުގައި އެ ޓީމާއެކު ކާމިޔާބީއެއް ހޯދިފައިނުވި ނަމަވެސް، މީގެ ކުރިން އީގަލްސްގައި މޯހަން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާއާއެކު އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް އޭއެފްސީ ކަޕުގެ ޕްލޭއޮފުން ޖާގައެއް ހޯދާފައެވެ. އަދި މޯހަން އާއެކު އެ ޓީމުން ވަނީ މުޅިން އަލަށް މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަސްގެ ކޯޗަކަށް މޯހަން ހަމަޖެއްސިއިރު، އެ ފަހަރު ސަސްއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުގައި މީގެ ކުރިން ހުރި އަޙްމަދު ނާޝިދު (ނާދު) ގެ އެއްބަސްވުންވެސް ދެ ފަރާތް އެއްބަސްވެގެން އުވާލާފައެވެ. އެކަމަކު މިދިޔަ ސީޒަން ފެށުމުގެ ކުރިން ގަދަ ހައެއްގައި ނިންމާލަން އަމާޒުހިފި ސަސްއިން ވަނީ ނާދުގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިދިޔަ ސީޒަނުގައި މުޅިން އަލަށް ސަސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު، އެ ޓީމުން މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލާފައިވަނީ ތާވަލުގެ ހަވަނައިގައި އޮވެގެންނެވެ. އެގޮތުން ކުޅުނު 14 މެޗުން ސަސްއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި

03 ސެޕްޓެމްބަރު 2017
ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި
12 އޯގަސްޓު 2017

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

12 އޯގަސްޓު 2017
އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި
12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް