Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ލަކަޒޭޓް އާސެނަލް ސަލާމަތްކޮށްދީފި

ތާވަލުގެ 12 ވަނައަށް އާސެނަލް ޖެހިލީ 11 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އޮކްޓޯބަރު 2021 | ހޯމަ 22:26
އާސެނަލާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން

އާސެނަލާއި ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ކްރިސްޓަލް ޕެލަސް އަތުން ފަހު ވަގުތު އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން އާސެނަލް ބަލިނުވެ ސަލާމަތްވިއިރު، އެ ޓީމުން މިހާރު ވަނީ ބަލިނުވެ ހަ މެޗު ހަމަކޮށްފައެވެ. އަދި އާސެނަލާ އެއްވަރުވި ޕެލަސްއިން އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ވަރަށް ކުރީކޮޅު އާސެނަލުން ވަނީ ލީޑު ނަގާފައެވެ. ފެށު ފަށައިގެން އަށްވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ. އެކަމަކު އޭގެ ފަހުން ޕެލަސްއިން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފުގައި އޭރިއާ ބޭރުން އެ ޓީމުގެ ކޯނޯ ގަލަގާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އާސެނަލުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ޕެލަސްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. އާސެނަލުގެ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ބެންޓެކޭއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި އުޑްސަން އެޑޮއާޑް ވަނީ ލަނޑެއް ޖަހައި، ޕެލަސްއަށް ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން ނަތީޖާ އެއްވަރުކުރުމަށް އާސެނަލުން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެ ޓީމުގެ ކިއެރަން ޓީނީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުން އާސެނަލް ބަލިނުވެ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި އަލެކްސެންޑަ ލަކަޒޭޓް ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ 12 ވަނައަށް އާސެނަލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު އަށް މެޗުން 11 ޕޮއިންޓް ލިބިފައެވެ. އަދި އާސެނަލާ އެއްވަރުވި ޕެލަސް އޮތީ ތާވަލުގެ 14 ވަނައިގައި އަށް މެޗުން އަށް ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު