Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތުގެ ޤާނޫނު

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށްފި

ފުލުހުންގެ އިދާރާ ހިންގާނީ ކޮން ވަޒީރެއްގެ ބެއްލެވުމުގެދަށުން ކަމެއް ޤާނޫނުގައި ބުނެފައެއްނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2021 | ހޯމަ 19:02
އދ. އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ (މ) ބައިވެރިވެވަޑައިގަންނަވަނީ

އދ. އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ (މ) ބައިވެރިވެވަޑައިގަންނަވަނީ

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތް ވަކިކޮށްފިއެވެ.

ފުލުހުންގެ ޤާނޫނު 5/2008ގެ ދަށުން އުފައްދައި, މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް, ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށުން ވަކި ޤާނޫނެއްގެ ދަށުން ހިންގަން ފެށުމާއެކު, މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށްފައިވާކަން އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ހޯމް މިނިސްޓަރަށް ރައީސް އޮފީހުން ފޮނުއްވި ސިޓީގައެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ; 34/2020 ދިވެހި ފުލުހުންގެ ޚިދުމަތް ކަމުގައި ޤާނޫނުގައި ބަޔާން ކުރާތީއާއި، 34/2020ގައި ދިވެހި ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގަމުންދާނެ އިދާރާއެއްކަމުގައި ކަނޑައަޅާފައި ނުވާތީ, މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް ހިނގަމުންދާގޮތަށް ހަމަޖައްސާފައިވާ އޮތް އޮތުން, 27 މާޗް 2021 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން, 27 މާޗް 2021ން ފެށިގެން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތް ލިޔުމުން ފޮނުވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުން ހިންގަވަމުން ގެންދެވުމަށް ދަންނަވަން ރައީސް ވިދާޅުވިކަމަށް މި ސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުގެ ސިޓީގައި މިހެން ވިދާޅުވެފައިވީ ނަމަވެސް، 34/2020 ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބުނާ ގޮތުން، ފުލުހުންގެ މުއައްސަސާގެ ކަންކަން ބަލަހައްޓަން ވަކި މިނިސްޓްރީއެއް ހަމަޖައްސާފައެއްނެތެވެ. އޭގެ ބަދަލުގައި މިނިސްޓަރެއް ހުންނަވާނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 12 ވަނަ ބާބު (ވަޒީރުގެ ދައުރު)ގެ 68 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ; މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރެވެ. ފުލުހުންގެ ޚިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވަޒީރެވެ. ނަމަވެސް ވަކި ވަޒީރެއް ނުވަތަ ވުޒާރާއެއްގެ ނަމެއް ގާނޫނުގައި ނެތެވެ.

މި މާއްދާގެ ށ ގައި ބުނެފައިވަނީ މި މާއްދާގެ ހ ގެ ބޭނުމަށްޓަކައި، ވަޒީރު އެ ޒިންމާ އުފުލާނީ، މި ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން ކަނޑައަޅާ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓާއި އެކިއެކި ޢާންމު ސިޔާސަތުތަކާއި، ދޭ ޢާންމު އިރުޝާދުތަކާއި، ކަނޑައަޅާ މިންގަނޑުތަކާއި، އެކަށައަޅާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅަންވާނީ އިތުބާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ދިނުމަށާއި، ފުލުހުންގެ ވާޖިބުތައް ތަންފީޛުކުރެވޭނެ މާޙައުލެއް ކަށަވަރުކޮށްދިނުމަށާއި، ވަސީލަތް ކަށަވަރުކޮށްދިނުމަށާއި، އަދި ފުލުހުން އަދާކުރާ ވަޒީފާ ޕްރޮފެޝަނަލްކަމާއެކު އަދާކުރަމުންދާ މިންގަނޑު ބަލައި ދެނެގަނެވޭނެ އުސޫލުތައް ތަޢާރަފުކޮށް، އެ އުސޫލުތައް ތަންފީޛުކުރުމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫގައި ވަޒީރު ކަމަށް ބުނެފައިއެވަނީ, ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.

ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުލުހުންގެ ޚޖދުމަތް ހިންގަމުން އަންނަނީ ދާޚިލީ ވަޒީރު ނުވަތަ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި މިއީ ޑިމޮކްރަޓިކް ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު