Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޮޕް އެޗީވަރސް ޖަލްސާ

21 ވަނަ ސައްތައިގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލެވޭވަރުގެ ޒުވާނުން އުފައްދަންޖެހޭ: ރައީސް

17 އޮކްޓޯބަރު 2021 | އާދީއްތަ 17:22

މި ޒަމާނުގައި ކުރިއަށްދާން ބޭނުންވި ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 އޮކްޓޯބަރު 2021 | އާދީއްތަ 17:22
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

21 ވަނަ ސައްތައިގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލެވޭވަރުގެ ޒުވާނުން އުފެއްދުމަކީ ކުރަންޖެހިފައިވާކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ޓޮޕް އެޗީވަރސް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ނިންމި ދަރިވަރުންގެތެރޭގައި އެކި ރޮނގުރޮގުން ކުރިއަށްދާން ބޭނުންވާ ކުދިން ތިބޭނެކަން ޔަގީންކުރައްވާކަމަށެވެ.

Advertisement - newsAdvertisement

މި ޒަމާނަކީ މިއީ ކޮންމެ ދާއިރާއަކުންވިޔަސް ކުރިއަށްދެވޭނެ މަގު ފަހިވެފައިވާ ޒަމާނެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެކުދިން ކުރިއަށްދާން ބޭނުންވި ކޮންމެ މިސްރާބަކަށްވެސް އެކުދިން ގެންގޮސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި، އީޖާދީ ވިސްނުންތަކުން ގައުމުތައް ކުރިއަރައިދާ ޒަމާން ކަމަށެވެ. އެކާވީސް ވަނަ ސައްތައިގެ ތައުލީމުގެ އަމާޒަކީ، އިގްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖުތަމައަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭފަދަ ދަރިންތަކެއް އުފެއްދުން ކަމަށެވެ. އެކާވީސްވަނަ ސައްތައިގެ ތައުލީމު އަމާޒު ހިފާފައިވަނީ، މިހާތަނަށް އުފަންވެފައިނުވާ ވަޒީފާތަކަކަށް ތައްޔާރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ޒަމާނުގައި، ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫން ކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް، އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއް ކަމަށާއި، އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާ އުފެއްދުންތައް ނެރެވޭފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ގާބިލުކަން ހޯދައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަރިވަރުންނަށް އެންމެ ރަނގަޅު ތައުލީމެއްދީ، ރިވެތި އަޚްލާގީ ސިފަތަކުން ޒީނަތްތެރި ކުރުމަށްޓަކައި ބެލެނިވެރިން ކުރާ މަސައްކަތްތަކުގައި، އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވަނީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ފަންނުވެރިންކަމަށް ރައީސް ވިދާޅުވިއެވެ. މުދައްރިސުންގެ މަސައްކަތް، ސްކޫލާ ހަމައިން ނިމިގެން ނުދާ ކަމަށާއި، ކުރިއަށް އޮތް ދުވަހަށް ފިލާވަޅު ތައްޔާރު ކުރުމާއި، ޓީޗިންގ އެއިޑްސް ތައްޔާރު ކުރުމަށް، ގޭގައިވެސް މުދައްރިސުން އެތައް މަސައްކަތްތަކެއް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ރާއްޖޭގެ ތައުލީމީ ދާއިރާގައި 6،498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރައްވާ ކަމަށެވެ. ރާއްޖެއިން ބޭރުގެ 1،730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9،119 މުދައްރިސުން މިހާރު ރާއްޖޭގައި މަސައްކަތް ކުރާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ އަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން ކަމަށާއި، މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ، އިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، އަޅުގަނޑުމެން މި ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2017

ކުއްލި ގޮތެއްގައި މަރުވި ދެ ޒުވާނުން ވަޅުލައިފި

29 ސެޕްޓެމްބަރު 2017
ކުއްލި ގޮތެއްގައި މަރުވި ދެ ޒުވާނުން ވަޅުލައިފި
03 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި
23 އޯގަސްޓު 2017

މާލެއިން ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން އިހުތިޖާޖުކޮށްފި

23 އޯގަސްޓު 2017
މާލެއިން ބިން ވިއްކުމާއި ދެކޮޅަށް ޒުވާނުން އިހުތިޖާޖުކޮށްފި
03 އޯގަސްޓު 2017

މާރާމާރީތައް ހުއްޓުވައިދީ، ޒުވާނުން މިކަމުގައި އެއްބާރުލުން ދިނުމަށް އެދެން: އެމްޑީޕީ

03 އޯގަސްޓު 2017
މާރާމާރީތައް ހުއްޓުވައިދީ، ޒުވާނުން މިކަމުގައި އެއްބާރުލުން ދިނުމަށް އެދެން: އެމްޑީޕީ
22 ޖުލައި 2017

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް

22 ޖުލައި 2017
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް
05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
23 ޖޫން 2017

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި

23 ޖޫން 2017
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
22 ޖޫން 2017

އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ

22 ޖޫން 2017
އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެންނަނީ
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް