Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ސާފް ޗެމްޕިއަންޝިޕް

ނޭޕާލް ބަލިކޮށް ޗެމްޕިއަންކަން އިންޑިއާއަށް

16 އޮކްޓޯބަރު 2021 | ހޮނިހިރު 16:51

މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަށްވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އޮކްޓޯބަރު 2021 | ހޮނިހިރު 16:51
ސާފް ޗެމްޕިއަންޝިޕުގެ ތައްޓާއެކު އިންޑިއާގެ ކުޅުންތެރިން

ސާފް ޗެމްޕިއަންޝިޕުގެ ތައްޓާއެކު އިންޑިއާގެ ކުޅުންތެރިން

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ޗެމްޕިއަންކަން ސަރަހައްދުގެ ގަދަ ބާރު އިންޑިއާއިން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުން އިންޑިއާ މޮޅުވީ ނޭޕާލް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ގައުމުގެ ގޮތުގައި އިންޑިއާ ފާހަގަކޮށްލެވޭއިރު، މި އަހަރުގެ މުބާރާތުގެ ކުރިން އެ ގައުމުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2015 ވަނަ އަހަރެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އިންޑިއާގެ ކޯޗާއި ނޭޕާލުގެ ކޯޗަށް ޓީމަށް އިރުޝާދުދިނުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. މި މެޗަށް އިންޑިއާގެ ކޯޗު އައިގޯރް ސްޓިމަކް ސަސްޕެންޑުވީ އެންމެ ފަހުން ރާއްޖެ އަތުން މޮޅުވި މެޗުގައި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އަދި ނޭޕާލުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ސަސްޕެންޑުވީ ލީގު ބުރުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ރީނދޫ ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި މެޗު ފަށައިގެން އިންޑިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ މުހައްމަދު ޔާސިރު ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ނޭޕާލުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ 10 މިނެޓު ފަހުން އޭރިއާ ތެރެއިން ޔާސިރު ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ނޭޕާލުގެ ޑިފެންޑަރުންނެވެ.

އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޗެތުރީއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ނޭޕާލުގެ ގޯލްކީޕަރު ކިރަން ވަނީ ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޕްރީތަމް ކޮޓާލް ނަގައިދިން ހުރަހަކުން ޗެތުރީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އިންޑިއާއިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޕްރީތަމް ނަގައިދިން ހުރަހަކުން އެ ޓީމަށް ލީޑު ނަގައިދިނީ ޗެތުރީއެވެ. އަދި އޭގެ މިނެޓެއް ފަހުން ޔާސިރު ދިން ބޯޅައަކުން ސުރޭޝް ސިންހް ވަންޖަމް ވަނީ ލަނޑެއް ޖަހައި، އިންޑިއާގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުންވެސް އިންޑިއާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 68 ވަނަ މިނެޓުގައި ޗެތުރީއަށް ވަނީ އިތުރު ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ނޭޕާލުގެ ގޯލްކީޕަރު ކިރަންއެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ މަންދަރު ރާއޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ލަނޑެއް ޖެހުމަސް ނޭޕާލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ ރޯހިތު ޗާންދަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ނޭޕާލުގެ މަނީޝް ޑަންގީ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގައި އިންޑިއާއިން ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސަހަލް އަބްދުލް ސަމަދެވެ.

މި މޮޅާއެކު މި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދިއިރު، ފަސް ގައުމު ވާދަކުރި މި މުބާރާތުގެ ތިންވަނަ ހޯދީ ރާއްޖެއިންނެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ މި މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް