Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާނިވަލުގައި ބާއްވާ މިއުޒިކް ޝޯ

މިއުޒިކް ޝޯއާ ގުޅިގެން ހޫނު ފެނަށް ވެއްޓުމުން މޭޔަރު މުއިއްޒުގެ ރާގު ބަދަލުކުރައްވައިފި!

ސިޓީ ކައުންސިލުން އިންރިޒާމް ކުރާ މިއުޒިކް ޝޯއެއް އޮންނާނެކަމަށް ކައުންސިލުން ޓްވީޓް ކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2021 | ބުދަ 07:28
ކާނިވަލުގައި ބާއްވާ މިއުޒިކް ޝޯއާ ގުޅިގެން ކޮށްފައިވާ ޓްވީޓްތައް

ކާނިވަލުގައި ބާއްވާ މިއުޒިކް ޝޯއާ ގުޅިގެން ކޮށްފައިވާ ޓްވީޓްތައް

ބުދަ ދުވަހުގެ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ބެލުމަށް ކާނިވަލުގައި ކުރިއަށްގެންދާ އިންތިޒާމްތަކުގެ ތެރެއިން މިއުޒިކް ޝޯ އޮންނާނެކަމަށް ދެކެވުނު ވާހަކައާ ގުޅިގެން ހޫނުފެނަށް ވެއްޓުމުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ ރާގު ބަދަލުކުރައްވައިފިއެވެ.  

ގަލޮޅު ރަސްމީ ދަނޑުގެ ހާލަތުގެ ސަބަބުން ގިނަ ސަޕޯޓަރުންނަށް ނުވަދެވޭ މައްސަލައިގައި ސިޓީކައުންސިލާއި، ޔޫތް މިނިސްޓްރީ އަދި އެފްއޭއެމް ގުޅިގެން ކާނިވާ ސްޓޭޖް ސަރަހައްދުގައި ބޮޑު ސްކްރީންގައި މެޗް ބެލުމަށް އިންތިޒާމްތަކެއް ރާވަން ފެށިއެވެ. މިކަން އިންތިޒާމް ކުރަނީ މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯރިނަގާލާ، ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫތު މިނިސްޓްރީ، އުރީދޫ އަދި މާލެ ސިޓީ ކައުންސިލާއި އެފްއޭއެމް ގުޅިގެން ބުދަ ދުވަހުގެ ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ރޭވިފައިވާ ކަމަށެވެ. އަދި މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާނެ ކަމަށެވެ.

މިނިސްޓަރ މަހްލޫފްގެ ޓްވީޓް، މޭޔަރ މުއިއްޒު ވަނީ ރިޓްވީޓް ކުރައްވާފައެވެ. އަދި ސިޓީ ކައުންސިލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ވެސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން މިއުޒިކް ޝޯއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް ބުނެ ޓްވީޓް ކޮށްފައިވެއެވެ.

މި ޓްވީޓުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ މިއީ މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ކުރާ ކަމެއް ކަމުގައެވެ. މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓުގައި ޕޯސްޓަރެއް ވެސް ހަދާފައިވެއެވެ. އަންގާރަ ދުވަހު ސިޓީ ކައުންސިލުން ކުރި ޓްވީޓުގައިވާ އެ ޕޯސްޓަރުގައި ވަނީ މާދަމާ ހަވީރުން ފެށިގެން ކާނިވަލުގައި މިއުޒިކް ޝޯ އަދި މެޗު ބެލުން އޮންނާނެ ކަމަށެވެ.

ނަމަވެސް މިއުޒިކް ޝޯއެއް ބާއްވާކަމަށް ބުނެ ޓްވީޓް ކުރި ހިސާބުން ބައެއް ފަރާތްތަކާއި ދީނީ އިލްމުވެރިންގެ ނުރުހުން އަމާޒުވި ހިސާބުން އެއީ ސިޓީ ކައުންސިލުން ކުރާ ކަމެއް ނޫންކަމަށް ދެއްކުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ ޓްވީޓް ޑިލީޓްކޮށްފައެވެ. އަދި މޭޔަރ މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކު ޝޯއެއް ނޯންނާނެކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އަދި ސިޓީ ކައުންސިލުން އިސްނަގައިގެން އޮގަނައިޒް ކުރީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއްތަނެއްގައި ތިބެގެން މެޗުތައް ބެލޭނެ އިންތިޒާމް ކަމަށެވެ.

ނަމަވެސް މިއުޒިކް ޝޯ އޮންނާނެކަމަށް ވިދާޅުވެ މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓް މޭޔަރ މުއިއްޒު ރިޓްވީޓް ކުރެއްވި ގޮތަށް ޑިލީޓެއް ނުކުރައްވައެވެ.

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒުމުއިއްޒުމާލޭގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒުއަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު