Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންޕީ އުފެއްދުން

"ތަބަކަށް ލާފައި ދޭނެ އެއްވެސް އެއްޗެއް މި ޕާޓީގައި ނޯންނާނެ"

ޕާޓީގެ ކައުންސިލްގައި އާންމު މެމްބަރުންގެ ރުހުމާއި ނުލައި އެއްވެސް މީހަކަށް ޕާޓީގައި ނުހުރެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2021 | ހޮނިހިރު 08:00
އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި އެޕާޓީގެ އިންތިގާލީ ނާއިބު ރައީސް އަބްދުﷲ ރިޔާޒް ވާހަކަފުޅުދައްކަވަނީ

އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި އެޕާޓީގެ އިންތިގާލީ ނާއިބު ރައީސް އަބްދުﷲ ރިޔާޒް ވާހަކަފުޅުދައްކަވަނީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އުސޫލާއި، އާންމު މެމްބަރުންގެ ރުހުމާއި ނުލައި ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ އިންތިގާލީ ނާއިބުރައީސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ އެމްއެންޕީ އުފެއްދުމަށް ހުކުރު ދުވަހުގެރޭ ބެއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުﷲ ރިޔާޒް ވިދާޅުވީ އެމްއެންޕީ ވެގެންދާނީ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރާނެ ޕާޓީއަކަށް ކަމަށެވެ.

ދެފަރާތް ފެންނަ ޒަމާނީ ޑިމޮކްރަސީއެއްގެ ރީތި އުސޫލުތައް އެ ޕާޓީން ހިފަހައްޓާނެ ކަމަށާއި، އެ ޕާޓީގެ ކައުންސިލްގައި އާންމު މެމްބަރުންގެ ރުހުމާއި ނުލައި އެއްވެސް މީހަކަށް ޕާޓީގައި ނުހުރެވޭނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ތަބަކަށް ލާފައި ދޭނެ އެއްވެސް އެއްޗެއް އެ ޕާޓީގައި ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ތައުލީމާއި ތަޖުރިބާއަށް ޚާއްސަކުރެވިފައިވާ އެޑްވައިޒަރީ ކައުންސިލެއް އެ ޕާޓީގައި އޮންނާނެ ކަމަށާއި، ޕާޓީގެ ސިޔާސަތުތައް ނިންމާނީ ތައުލީމާއި އަދި ތަޖުރިބާ ހުރި މީހުންގެ އަޑު އަހައިގެން ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ދެޖިންސަށް ހަމަހަމަ ފުރުސަތުތައްވެސް ކަށަވަރުކޮށްދެވިފައިވާނެ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްއެންޕީގެ އަސާސްތައް ބައްޓަންކޮށްފައިވާނީ ގައުމުގައި މިވަގުތު ހުރި ބޮޑެތި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދެވޭނެ ފަދަ ގޮތަކަށް ކަމަށާއި، އެކަންކަން މިހާރު ވަރަށް ސާފުވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ މިއަދު މުޅި ގައުމު ގޮވަމުންދަނީ އަންނަ އޮތް ޖީލުތަކުގެ މަސްލަހަތު އިސްކޮށް ގައުމު އާރަސްތުކުރާނެ ބަޔަކަށް ކަމަށެވެ. ކޮވިޑުގެ ވަބާގެ ތެރެއިން ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވީ މިފަދަ ކަންކަމާއިމެދު ވަރަށް ފުންކޮށް ވިސްނުމަށްފަހު އެނޫން އެއްވެސް އިތުރު ގޮތެއް ނެތިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތުގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާކައަށް ނުބަލައި ކުރިއަށްދާނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެމްއެންޕީއަކީ ގައުމީ ފިކުރުގެ ޕާޓީއެއް ކަމަށެވެ. އެ ޕާޓީން އިސްކަންދޭނީ ދިވެހިން އެދޭ ކަންކަން ހާސިލްކުރުމަށް ކަމަށާއި، ދިވެހި ބިމުގައި ދިވެހިން ބާރުވެރިކުރުވައި، ދިވެހިން ގެދޮރުވެރިކުރުވަން އެ ޕާޓީން މަސައްކަތްކުރާނެ ކަމަށެވެ. އަދި ގައުމުގެ ވަޒީފާތައް ދިވެހިންނަށް ކަށަވަރުކޮށްދީ، ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދއިދިނުމަކީ އެ ޕާޓީގެ އަމާޒެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އެ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން 5000 މެންބަރުންނަށް ވުރެ ގިނަ ފޯމާއެކުއެވެ. އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 15 ޖުލައި 2021 ގައެވެ. އެގޮތުން މިދިޔަ މަދު މަސްދުކޮޅުގެ ތެރޭގައި އެމްއެންޕީއާ ގިނަ އަދަދެއްގެ މެންބަރުން ދިޔައީ ގުޅެމުންނެވެ.

އެމްއެންޕީމެންބަރު އަބްދުﷲ ރިޔާޒް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނު ކަމަށް ކަނޑައެޅީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ބުނެ މައްސަލަ ހުށަހަޅަނީ

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނު ކަމަށް ކަނޑައެޅީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ބުނެ މައްސަލަ ހުށަހަޅަނީ

21 ނޮވެމްބަރު 2023
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

21 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

06 އޯގަސްޓު 2023

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު