Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ ގައި ދިވެހިރާއްޖެ

ރާއްޖެ ހިމެނޭގޮތަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށައެޅި ގަރާރު ފާސްވެއްޖެ

8 އޮކްޓޯބަރު 2021 | ހުކުރު 18:36

ގަރާރު ފުރަތަމަ ހުށައަޅާފައިވަނީ 1990 ވަނަ އަހަރު

އާދަމް ސައީދު
އާދަމް ސައީދު | 8 އޮކްޓޯބަރު 2021 | ހުކުރު 18:36
އދ ގެ ހިއުމަން ރައިޓްސް ކައުންސިލް

އދ ގެ ހިއުމަން ރައިޓްސް ކައުންސިލް

ދިވެހިރާއްޖެ ހިމެނޭ ގޮތަށް އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރައްކާތެރި ސާފު ވެއްޓެއްގެއި އުޅުމަކީ އިންސާނީ ހައްގެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައެޅި ގަރާރު އެކައުންސިލުން ފާސްކޮށްފިއެވެ.

މި ގަރާރު ފުރަތަމަ ހުށައަޅާފައިވަނީ 1990 ވަނަ އަހަރުގައެވެ. އެއަހަރު ފާސްނުވެ މިއަދު ފާސްވެގެން ދިއުމަކީ އިންސާނީ ހައްގުތަކަށް ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު، އަދި ފާހަގަކުރަންޖެހޭ ވަރުގެ ކާމިޔާބީއެއް ކަމަށާއި، މި ގަރާރަކީ ކޮންމެ އަހަރަކު ތިމާވެށި ތަޣައްޔަރުވުމުގެ ސަބަބުން މަރުވަމުންދާ އެތައް ފުރާނައެއް ސަލާމަތްވެގެންދާނޭ ވަރުގެ ކަމެއްކަމަށް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ޚާއްސަ ރެޕެޓުއަރ ޑޭވިޑް ބޮއިޑް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަމަށް ބާރުދީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް ބުނެފައިވަނީ، ކޮންމެ އަހަރަކު އާއްމުކޮށް މީހުން މަރުވަމުންދާ އަދަދަށް ބަލާއިރު، އޭގެ ތެރެއިން 24.3 އިންސައްތަ މަރަކީ ނުތާހިރު ވެއްޓެއްގައި އުޅުމުގެ ސަބަބުންވާ މަރެއް ކަމަށެވެ. އަދި މިކަން މިގޮތަށް ދިމާވާ މައިގަނޑު ދެ ކަމަކީ ޖައްވު ނުސާފުވުމާއި، ވިހަ ކެމިކަލްތަކަށް އިންސާނާ ހުށައެޅިގެން ދިޔުންކަމަށެވެ.

މިފެށޭ ހަފުތާގެ ތެރޭގައި އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން މި ގަރާރަށް އަމަލު ކުރަން ފަށާނެއެވެ. އަމަލު ކުރަން ފަށައިފިނަމަ، 100 އަށް ވުރެ ގިނަ ގައުމު މިކަމުގައި އެކަތިގަނޑަކަށް ވާނެެއެވެ.

ދިވެހިރާއްޖެ، ކޮސްޓަރީކާ، މޮރޮކޯ އަދި ސްލޮވީނިއާގެ ފަރާތުން ހުށައެޅި މި ގަރާރު ފާސްވެފައިވަނީ 43 ވޯޓާއިއެކުގައެވެ. 4 ގައުމަކުން ވަކިގޮތަކަށް ވޯޓުލާފައިނުވާއިރު، އެމެރިކާ ވޯޓުގައި ބައިވެރިވެފައިނުވަނީ އެގައުމަކީ މިވަގުތު 47 މެމްބަރުންގެ މި މިކައުންސިލްގެ މެމްބަރެއްކަމުގައި ނުވާތީއެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ތިމާވެއްޓާއި، އިންސާނީ ހައްގުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ ޕޯޑިއަމްތަކުގައި ވަކާލާތުކުރަމުންދާ ގައުމެކެވެ. މި ގަރާރު ފާސްވެގެން ދިއުމަކީ އަނެއްކާވެސް އދ ގައި ދިވެހިންނަށް ލިބިގެން ދިޔަ އަގުބޮޑު ކާމިޔާބީއެކެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
08 ޖޫން 2024

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

08 ޖޫން 2024
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
21 މެއި 2024

ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ

21 މެއި 2024
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
03 މެއި 2024

ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ

03 މެއި 2024
ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ
26 އެޕްރީލު 2024

ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.

26 އެޕްރީލު 2024
ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް