Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީން

ހިޔާ ފްލެޓް ސަރަހައްދުގައި މަސައްކަތްކުރާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓީމުތައް މިހާރު ދަނީ ހަރާކާތްތެރިވަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 އޮކްޓޯބަރު 2021 | ހުކުރު 13:05
މިނިސްޓްރީން ބުނީ، ގިނަ މީހުން އަތުގައި ޕާސްޕޯޓުވެސް ނޯންނަ ކަމަށް

މިނިސްޓްރީން ބުނީ، ގިނަ މީހުން އަތުގައި ޕާސްޕޯޓުވެސް ނޯންނަ ކަމަށް

ހިޔާ ފްލެޓް ސަރަހައްދުގައި މަސައްކަތްކުރާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ ހިޔާ ފްލެޓްތަކުގެ މަސައްކަތުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި މަސައްކަތް ކުރަމުން ދާ ބިދޭސީންނާ ސުވާލުކޮށް އެމީހުންގެ ލިޔެކިޔުންތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ އެފަދަ މީހުން ދެނެގަނެ، އެމީހުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ފުރަތަމަ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތަށް ގަވާއިދުގެ ތެރެއަށް ނުވެއްދޭ މީހުން ފޮނުވާލާނެ ކަށެވެ.

Advertisement - newsAdvertisement

މީހުން ފޮނުވާލުމުގައި ދަތިތައް ހުންނަކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ގިނަ މީހުންގެ އަތުގައި ޕާސްޕޯޓުވެސް ނޯންނަ ކަމަށެވެ. އެހެންކަމުން ބަންގަލަދޭޝް ހައިކޮމިޝަނުން ޓްރެވެލް ޑޮކިއުމެންޓް ހައްދަން ޖެހޭ ކަމަށާއި، އެކަމަށްވެސް ދުވަސްތަކެއް ނަގާ ކަމަށެވެ. އެހެކަމުން އެއީ ދިގު ޕްރޮސެސްއެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ހުޅުމާލޭގައި ގާއިމް ކޮށްފައިހުރި ޑިޓެންޝަން ސެންޓަރަކީ އެކަމަށް އެކަށީގެންވާ ތަނެއް ނޫންކަމުން އެ ތަނުގައި މީހުން ބޭތިއްބުމަކީ ފަސޭހަކަމެއް ނޫން ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އެންމެ ފަހުންވެސް އެތަނަށް ގެންދިޔަ ދުއިސައްތައެއްހާ ބިދޭސީންގެ ތެރެއިން މިހާރު އެތަނުގައި ތިބީ ދިހަވަރަކަށް ބިދޭސީންނެވެ. ދެން ތިބި މީހުން ވަނީ އެތަނުން ފިލާފައެވެ. އިންސްޕެކްޝަންގެ ތެރެއިން ފާހަގަވާ މީހުން ބައިތިއްބާނެ ތަނެއް ނެތުމުގެ ގޮންޖެހުން ހުރި ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓީމްތައް މިކަމުގައި ހަރާކާތްތެރިވަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރެގިއުލަރައިޒް ކުރަން ފެށި މަސައްކަތުގައި 43،000 މީހުން މިހާރު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން 8،938 މީހުން އެދިގެން ފުރުވާލި ކަމަށާއި، 2020 ވަނަ އަހަރުގައި 15،000 މީހުން އަމިއްލައަށް ފުރައިގެން ގޮސްފައިވާކަމަށް މިނިސްޓަރ މީގެކުރިން ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު، 2021 ގައި 3،000 މީހުން ފުރައިގެން ދިޔުމާއެކު ޖުމްލަ 27،000 މީހުން މިހާރު ފުރައިގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ އަދަދު ހުރީ 281،000 މަތީގައެވެ. މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ބިދޭސީން

އިތުރަށް ކިޔާލަން

12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު