Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒާހިރް ސްޕޯޓްސް އެކަޑެމީ

ޒާހިރު ސްޕޯޓްސް އެކެޑަމީގެ ވެބްސައިޓް ލޯންޗުކޮށްފި

އޮގަސްޓް މަހުގެ އެންމެ ރަނގަޅު ދަރިވަރަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައި

އާދަމް ސައީދު
އާދަމް ސައީދު | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 22:26
ޒާހިރު ސްޕޯޓްސް އެކެޑަމީގެ ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން

ޒާހިރު ސްޕޯޓްސް އެކެޑަމީގެ ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން

ޒާހިރު ސްޕޯޓްސް އެކެޑަމީގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ. އެކެޑަމީގެ ވެބްސައިޓް ލޯބްޗުކޮށްފައިވަނީ އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވެބްސައިޓް ލޯންޗުކޮށްދެއްވީ ހދ. ނޭކުރެންދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އަލްފާޟިލް ދާއޫދު އިބްރާހީމެވެ. އެކެޑަމީގެ ފަރާތުން ޝުކުރު ދެންނެވުމުގެ ގޮތުން މި ރަސްމިއްޔާތުގައި ވާހަކަދެއްކެވީ އެކެޑަމީގެ ރައީސް މުޙައްމަދު ޒާހިރެވެ. ޒާހިރުގެ ވާހަކައިގައި އެކެޑަމީގެ އެންމެހައި ކަންކަމުގައި އެހީތެރިވެދެއްވާ އެންމެހާ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެކެޑަމީގެ ފަރާތުން ގްރޭޑް 5 ން 10 ގެ އަންހެން ދަރިވަރުންނަށް ހޭންޑްބޯޅަ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އިއުލާނުކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެކެޑަމީގެ ވެބްސައިޓާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރެއްވީ އެކެޑަމީގެ އެޑްމިން އޮފިސަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި ވަނީ އެ އެކެޑަމީން ކޮންމެ މަހަކު ހޮވާ އެންމެ ރަނގަޅު ދަރިވަރުންގެ ތެރެއިން މި އަހަރުގެ އޮގަސްޓް މަހުގެ އެންމެ ރަނގަޅު ދަރިވަރަށް ސެޓްފިކެޓުވެސް ހަވާލުކޮށްފައެވެ. މިގޮތުން ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނޭކުރެންދޫގައި ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ހަސަން އިބްރާހީމެވެ.

މިރަސްމިއްޔާތުގައި އެކެޑަމީގެ ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުރުން ކުލަބު ޖަމުއިއްޔާތަކުގެ މެންބަރުންނާއި، ކުޅިވަރަށް ސަޕޯޓުކުރާ ބޭފުޅުން ބައިވެރިވެފައިވެއެވެ.

ޒާހިރު ސްޕޯޓްސް އެކެޑަމީ

އިތުރަށް ކިޔާލަން

31 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފި

31 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފި
23 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި

23 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި
17 ޖުލައި 2017

ސެމީގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދައިފި

17 ޖުލައި 2017
ސެމީގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދައިފި
15 ޖުލައި 2017

މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ

15 ޖުލައި 2017
މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ
06 ޖުލައި 2017

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

06 ޖުލައި 2017
އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު