Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނުގެ މައްސަލަ

ހިޔާ ފްލެޓްގެ ޕްރޮކިއުމަންޓްގެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކޮށްފައި އޮތުމުން ފެނުގެ މައްސަލަ ހައްލުކުރަން ދަތިވޭ: ޝާހު

ހިޔާ ފްލެޓްގެ އެއްވެސް އެޕާޓްމަންޓަކަށް ބިލް ނުފޮނުވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2021 | އަންގާރަ 18:20
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

ހިޔާ ފްލެޓްގެ ކޮންޓްރެކްޓް އޮތް ގޮތުން ފެނުގެ މައްސަލަ ހައްލުކުރަން ދަތިވާ ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީ އިން ހިޔާ ފްލެޓްގެ އެއްވެސް އެޕާޓްމަންޓަކަށް އަދި ބިލް ނުފޮނުވާ ކަމަށެވެ. ގަބޫލުނުކުރެވޭ ވަރަށް ފެން ބޭނުން ކުރެވޭކަން ކުންފުންޏަށް ފާހަގަވާނަމަ އެކަން އަބަދުވެސް ބަލާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ބެލިބެލުމުން ސިސްޓަމުން 16 ފްލެޓްގައި ގަބޫލުނުކުރެވޭ ވަރަށް ފެން ބޭނުން ކުރެވިފައި ހުރިކަން ފާހަގަވި ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެޕާޓްމަންޓްގެ މީހުންނަށް ގުޅާ، ފެން ލީކެއް އުޅޭތޯ ސުވާލުކުރި ކަމަށް ވެސް ވިދާޅުވިއެވެ.

ބަޔަކު ބޭނުން ނުކުރާ ޚިދުމަތަކަށް ޗާޖު ކުރުމަކީ ކުންފުނިން ކުރަން ބޭނުންވާ ކަމެއް ނޫންކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ މިކަންތައްތަކުގައި އެހެން އިދާރާތަކާއެކު ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓްގެ ކަންތައްތައް ކުރިއަށް ގެންދިޔަ ގޮތުން މިހާރު އެކަމުގެ ދަތިތައް ފެންނަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައި ހުރީ އެމްޑަބްލިޔުއެސްސީގެ މީޓަރުތަކެއް ނޫން ކަމަށާއި އަޅާފައި ބޭނުންކޮށްފައި ހުރި ހޮޅިތަކަކީ ވެސް އެބްޑަބްލިޔުއެސްސީގެ ހޮޅިތަކެއް ނޫން ކަމަށެވެ.

ކުރީ ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއްތައް ހަވާލުކޮށްފައި ހުރީ ޗައިނާގެ ކުންފުނިތަކަށް ކަމަށާއި ޗައިނާ ކޮންޓްރެކްޓަރުން އެމީހުންގެ އަމިއްލަ މީޓަރުތައް ހަރުކޮށްފައިވާ ކަމަށް ވެސް ޝާހު ވިދޅާވިއެވެ.

އަދި އިތުރަށް ބެލިބެލުމުން ޗައިނާ ކުންފުންޏާއެކު ކޮންޓްރެކްޓްގައި އިންނަ ގޮތުން ޕްރޮކިއުމަންޓް މަސައްކަތް ވެސް ކުރިއަށް ގެންދަން ޖެހޭނީ ޗައިނާގެ ކޮންޓްރެކްޓަރުން ކަމަށާއި އެހެންވުމުން ދަތިތަކާއި ކުރިމަތިވ ކަމަށް ޝާހު ވިދާޅުވިއެވެ. މި އުސޫލުގެ ދަށުން ހިޔާ ފްލެޓްގައި ވެސް ހަރުކޮށްފައިވަނީ ޗައިނާ ކުންފުނީގެ މީޓަރުތައް ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ މިންގަނޑަށް ނުފެތޭ މީޓަރާއި ހޮޅިތައް ގެނައުމުން އެއަށް ބޭނުންވާ އިކުއިޕްމަންޓާއި ޓޫލްސްތައް ހޯދަން ޖެހޭކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ މިހެން މިކަންތައްތައް ވުމުން ފެނުގެ މައްސަލަ ހައްލުކުރަން ދަތިވާ ކަމަށެވެ. އަދި މިފަދަ އެނޫން ކަންތައްތައް ވެސް ދިމާވާ ކަމަށެވެ.

ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވެސް ފެން ބޭނުންކުރެވޭ ނިސްބަތް ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް ބަލާ، ގަބޫލު ނުކުރެވޭ ކަމެއް އުޅޭނަމަ އެކަން އެންގުމަށް ޝާހު އެދިވަޑައިގެންނެވިއެވެ.

އެމްޑަބްލިޔުއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު