Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮޅު ކުޅުންތެރިއަކަށް ސަލާހު

ރޮނާލްޑޯ އާއި މެސީއަށްވުރެ ސަލާހު މޮޅު

5 އޮކްޓޯބަރު 2021 | އަންގާރަ 14:12

މި ސީޒަނުގައި ސަލާހު ވަނީ ނުވަ މެޗުން ނުވަ ލަނޑު ކާމިޔާބުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 5 އޮކްޓޯބަރު 2021 | އަންގާރަ 14:12
ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހް

ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީއަށްވުރެ ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު މޮޅުކަމަށް ބްލެކްބާން ރޯވާސްގެ ކުރީގެ ފޯވާޑް ކްރިސް ސެޓޮން ބުނެފިއެވެ.

ހޯމަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި ސަލާހު ޖެހި ލަނޑަށް ގިނަބަޔަކު ތައުރީފް ކުރަމުން އަންނައިރު، އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އެލެން ޝެއެރާ ވަނީ އެއީ އިންގްލެންޑްގެ ޕްރިމިއާ ލީގު ތާރީހުގައި ޖެހި އެންމެ މޮޅު އެއް ލަނޑު ކަމަށް ބުނެފައެވެ.  

އުމުރުން 29 އަހަރުގެ ސަލާހު ވަނީ މިސީޒަނުގައި ލިވަޕޫލަށް ކުޅެދިން ނުވަ މެޗުން ނުވަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ކްރިސް ބުނީ މިވަގުތަށް ބަލާނަމަ ސަލާހަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ދެ ފޯވާޑުން ކަމަށްވާ މެސީއާ ރޮނާލްޑޯއަށްވުރެ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

ކްރިސް ބުނީ ސަލާހަކީ މިފަހުން އެއް ފެންވަރެއްގައި އެންމެ ގިނަ ދުވަހު ޕްރިމިއާ ލީގުގައި ހިފަހައްޓާލެވުނު ކުޅުންތެރިޔާ ކަމަށާއި، އެގޮތުން މިދިޔަ ތިން ސީޒަނުގައިވެސް ސަލާހު ވަނީ އެވްރެޖުކޮށް 20 ލަނޑު ލީގުގައި ކާމިޔާބު ކޮށްފައިކަމަށެވެ.

ލިވަޕޫލުން އުމުރުން 29 އަހަރުގެ ސަލާހު ގަތީ 2017 ވަނަ އަހަރުގެ ޖޫން މަހު ރޯމާއަށް 35 މިލިޔަން ޕައުންޑް ދެއްކުމަށްފަހުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ސަލާހު ލިވަޕޫލުގެ އެއްބަސްވުން އާކުރިއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ލިވަޕޫލަށް ބަދަލުވެ ސަލާހު ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 212 މެޗުގައި 134 ލަނޑު ޖަހާފައެވެ. އަދި މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި ސަލާހު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ސަލާހު ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

މުހައްމަދު ސަލާހުލިވަޕޫލް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
11 ނޮވެމްބަރު 2025

ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

11 ނޮވެމްބަރު 2025
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް