Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެދުރުންގެ ދުވަސް 2021

އުނގެނުމުގެ ދިގު ދަތުރުގައި ރާއްޖޭގެ އެހާރާއި މިހާރު

މިއަހަރު އެދުރުންގެ ދުވަހުގެ ޝިއާރަކީ "ޓީޗަރސް އެޓް ދަ ހާޓް އޮފް އެޑިއުކޭޝަން ރިކަވަރީ"

ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2021 | އަންގާރަ 10:50
ރާއްޖޭގެ ކިޔަވާކުދިން: ތައުލީމު އުނގެނުމުގެ ސަގާފަތް ދިވެހިންގެ ތެރޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި

ރާއްޖޭގެ ކިޔަވާކުދިން: ތައުލީމު އުނގެނުމުގެ ސަގާފަތް ދިވެހިންގެ ތެރޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރާ އެދުރުންގެ ދުވަހެވެ. ޓީޗަރުންގެ ދުވަހެވެ. މިއަދަކީ އެދުވަހެވެ. ދިވެހިރާއްޖެވެސް ހިމެނޭގޮތުން 1994 ވަނަ އަހަރުން ފެށިގެން މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މިއަހަރު މިދުވަހުގެ ޝިއާރަކީ "ޓީޗަރސް އެޓް ދަ ހާޓް އޮފް އެޑިއުކޭޝަން ރިކަވަރީ" އެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ނުރައްކާތެރި ބަލިމަޑުކަމުގެ ތެރޭގައި ސްކޫލް މަދަރުސާތައް، އަދި ކޮލެޖުތަކާއި ޔުނިވަރސިޓީތައް ބަންދުވެ އުނގަންނައިދިނުމުގެ މަސައްކަތްތައް މުޅިން ހުއްޓިފައި އޮތުމަށްފަހު އަލުން އެމަސައްކަތް ފަށައިގެން ހިންގުމުގައި އެދުރުން އަދާކުރަމުންދާ ދައުރެވެ. ވަޒަންކުރަނީ އެ މަސައްކަތާއި އެދުރުންގެ މަތިވެރި ގުރުބާނީގެ އަގެވެ.

ކޮންމެ ދުވަހަކީވެސް އެދުރުންގެ ދުވަހެކެވެ. ކޮންމެ ދުވަހަކީވެސް ޒުވާން ޖީލުތަކަށް އުނގަންނައިދީ ގައުމުތައް ބިނާކުރުމުގެ މަތިވެރި މަސައްކަތާއި ޚިދުމަތުގެ ދުވަހެކެވެ. އެކަމަކު ދުނިޔޭގެ ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ވެސް ވަކި ދުވަހެއް މިކަމަށް ޚާއްސަކޮށް އެދުވަހަކީ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަސްކަމަށް ހަމަޖެހިގެން ދިޔައީ އެދުވަހަކީ އެދުރުންގެ އަގު ވަޒަންކުރުމާއި ގުޅޭގޮތުން ޔުނެސްކޯއިން އެކަށައެޅި ގަރާރު ދުނިޔޭގެ ގައުމުތަކުން ބަލައިގަނެ އެގަރާރު ފާސްކުރި ދުވަސްކަމަށްވާތީއެވެ. ގަރާރު ފާސްކުރީ މިކަމަށްޓަކައި ބޭއްވުނު ދުނިޔޭގެ މަހާސިންތާއެއްގައެވެ. އދ.ގެ މެންބަރުން ކަމުގައި ހިމެނޭ ކުދިބޮޑު އެންމެހައި ގައުމުތަކުގެ ބައިވެރިވުންއޮތް މަހާސިންތާއެއްގައެވެ. ޔުނެސްކޯއަކީ ތައުލީމާއި ހޭލުންތެރިކަން އާއްމުކުރުމާއިބެހޭ އދ.ގެ ގުނަވަނެވެ.

އުނގެނުމާއި އުނގަންނައިދިނުމަކީ މިރާއްޖޭގައި މިއަދު ހަމަކޮންމެ މީހަކަށްވެސް ލިބިފައިވާ ހައްގެކެވެ. ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. އެހެންނަމަވެސް އިހު މިރާއްޖޭގައި މިއީ އެންމެނަށް ލިބިފައި އޮތް ހައްގެއް ނޫނެވެ. ކިޔެވުމަކީ ކިލެގެ ބެއިކަލުންނާއި ގަދަރު އުފުލިގެންވީ ބޮޑުންގެ ދަރީން ނޫން އެހެން ބަޔަކަށް ހުއްދަ ކަމެއް ނޫނެވެ. ތައުލީމުގެ އަގު ދައުލަތުންވެސް ވަޒަންކުރެއެވެ. އެކަމަކު ދައުލަތުގެ ބޮޑުންގެ ދަރިން ފިޔަވައި އެހެން ބަޔަކު ތައުލީމު އުނގެނުމަކީ ދައުލަތަށް އޮތް ނުރައްކަލެއްކަމުގައިވެސް އައީ ބަލަމުންނެވެ. އެހެންވީމާ އާއްމުންނަށް ތައުލީމުގެ މަގު އޮތީ ބަންދު ކުރެވިފައެވެ. ތައުލީމަށް ފެންބޮވައިގެންފައި ތިބި އެނޫން ދިވެހިން ތައުލީމަށްޓަކައި ކުރީ ބިރުވެރި ނުރައްކާތެރި ދަތުރެކެވެ. ރާއްޖެއިން ބޭރަށް ދިޔައީ އޮޑިކަނޑައިގެން ފިލައިގެންނެވެ.

ވެރިކަމުގެ ބޮޑުންގެ ތެރެއިންވެސް ވަކި ބައެއްގެ އަދި ވަކި ގިންތިއެއްގެ ވެރީންގެ ދަރީން ނޫން ބަޔަކަށް ޒަމާނީ ތައުލީމުގެ ފުރުސަތު ހުއްދައެއް ނޫނެވެ. ލިޔާންކިޔާން އެނގުން ހުއްދައެވެ. ހިނައި ތާހިރުވާން އެނގުން ހުއްދައެވެ. އިނގިރޭސި ތައުލީމާއި ޒަމާނީ ތައުލީމުގެ ދޮރު ބަންދެވެ. މިއީ މާއިހުގެ ވާހަކައެއް ނޫނެވެ. މީގެ 80 ވަރަކަށް އަހަރު ކުރިންވެސް މިރާއްޖެ އޮތީ މިދެންނެވި ހާލަތުގައެވެ. ފަނޑިޔާރު ކަމުގައި ހުންނެވި މަނިކުފާނުގެ ދަރިކަލަކު މިސްރުގެ އަޒްހަރަށް ފޮނުއްވީމާ ދައުލަތް ހިންގަވާން ހުންނެވި ވެރިޔާ އެންގެވީ މަނިކުފާނުގެ ދަރިކަލެއް ކަމަކު މާލެ ގެންނަވާށެވެ. ވަޒީރު ގިންތީގެ ބެއިކަލެއްގެ ގާތުގައި ދައުލަތް ހިންގަވާން ހުންނެވި ވެރިޔާ ވިދާޅުވި ކަމަށް މަޝްހޫރުވެގެންވެއެވެ. މަގޭ ދަރީން އިނގިރޭސި ތައުލީމު އުނގެނުނަކަސް އެއީ ކަލެޔާ އަރަފޯދިގެންވާ ކަމެއް ނޫނެވެ.

ކަންކަން އުނގެނުމާއި އުނގަންނައި ދިނުމުގައި އިހު މިރާއްޖޭގައި އަމަލުކުރަމުން ތަބާވަމުން އައީ ގިންތީގެ ތަރުތީބުންނެވެ. މަސްވެރިންގެ ދަރީންނަކީ މަސްވެރިންނެވެ. ވަޑީންގެ ދަރީންނަކީ ވަޑިންނެވެ. ކަނބުރުވެރިންގެ ދަރީން ކުރާނީ ކަނބުރުވެރިކަމެވެ. މުދިމުންގެ ދަރީން މުދިންކަމެވެ. އަލިފުބާ އުނގަންނައިދޭ އެދުރުންގެ ދަރީންނަށްވެސް އޮތީ އެ މަސައްކަތެވެ. މި ތަރުތީބަށް ތަބާވީމާ ވެރިކަން އޮތީ ވެރީންގެ ދަރީންނަށެވެ. މަތީ ތައުލީމާއި ގަދަރާއި އިއްޒަތްވެސް އެމީހުންނަށެވެ. އާދައިގެ މީހުން ތައުލީމާއި ދުރުކޮށްފައި ބޭތިއްބުމުގެ ހިކުމަތަކީވެސް އެއީއެވެ. މިކަން މިމަގުން ހިނގަމުން އަޔަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ޝަރުއީ އިލްމާއި ނިޔަމިކަމާއި ހަކީމީ ބޭސްވެރިކަމުގެ ފުންނާބު އުސް އެދުރުން ތިއްބެވިއެވެ. އެފަދަ އެދުރުންގެ ކިބައިން ދަރިވަރުވަމުން އައީ އެމީހުންގެ ދަރިންނެވެ. އެއީ ފަނޑިޔާރުންނާއި ނާއިބުންނެވެ. މާލިމީންނާއި ބޭސްވެރިންނެވެ.

ކުރީޒަމާނުގައި ރާއްޖޭގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު ވިސްނުމަކީ މިއީ ކަމަށްވިޔަސް ބައެއް ރަސްރަސްކަލުން މިއަށްވުރެ ފުޅާކޮށް މިކަމާދޭތެރޭ ފިކުރު ހިންގެވިއެވެ. އެފަދަ އެއް ރަސްކަލަކީ އިބްރާހިމް އިސްކަންދަރު އެއްވަނައެވެ. މީގެ ގާތްގަޑަކަށް ހަތަރު ސަތޭކައެއްހައި އަހަރު ކުރިން ދައުލަތުގެ ފަރާތުން މުސާރަ ދެއްވާ ގޮތަށް އެދުރުންތަކެއް ހަމަޖައްސަވައި ދީނީ އަދި ޝަރުއީ އިލްމު އުނގަންނައި ދިނުން މާލޭގެ ހުކުރު މިސްކިތުގައި ހަމަޖެއްސެވީ އެރަދުންނެވެ. އެއީ ދިވެހިރާއްޖޭގެ ފުރަތަމަ މަދަރުސާކަމުގައި ހަމަޖެހިގެން ދިޔައީ އެގޮތުންނެވެ. އެކަމަކު މިއީ ހުރިހައި ރަސްކަލުން ތަބާވެވަޑައިގެންނެވި އުސޫލެއް ނޫނެވެ. އޭގެ ފަހުންވެސް މީސްތަކުންގެ އަތުން ފޮތްތައް އަތުލައި އަންދާން އަމުރު ކުރެއްވި ރަސްކަލުން ތިއްބެވިއެވެ. އުނގަންނައިދޭ މީހުން ކުށްވެރިކޮށް ހުރަގެޔަށްލާން އަމުރު ކުރެެއްވި ވެރީން ތިއްބެވިއެވެ.

ވަރަށް ފަހަކާޖެހެންދެންވެސް އުނގެނުމުގެ ކަންކަން ދިވެހީންނަށް ތަޖުރިބާކުރެވުނީ ބަޔާން ކުރެވުނު ގޮތަށެވެ. އެކަމަކު ޒަމާން މިއޮތީ ބަދަލުވެފައެވެ. ތައުލީމަކީ މިއަދު ކޮންމެ ދިވެއްސެއްގެވެސް އަސާސީ ހައްގެކެވެ. އެދުރުންނަށް މިއަދު ހުރަހެއް ނެތެވެ. އެކަމަކު މިއަދުވެސް ކުރެވިދާނޭ ސުވާލުތަކެއް އެބަހުއްޓެވެ. އެދުރުންގެ ޚިދުމަތުގެ އަގު ވަޒަންކުރާންޖެހޭ މިންވަރަށް އެބަކުރެވޭ ބާވައެވެ. އެދުރުންނަށް ދެވޭ އުޖޫރައަކީ މިއަދުގެ ކަންކަމަށް ރިއާޔަތް ކުރާއިރު އެކަށޭނަ އުޖޫރައެއް ބާވައެވެ. މީގެ ތިރީހަކަށް އަހަރު ކުރީން އެދުރުން ތިބީ ދައުލަތުގެ އުޖޫރަދިނުމުގެ ތިލަފަތުގެ އެއްވަނަ ދަރަޖައިގައެވެ. މިއަދު އެކަން އޮތީ ބަދަލުވެފައެވެ. އެބަދަލުގެ ސިއްރަކީ ކޮބައިބާވައެވެ. ގައުމު ބިނާކުރުމުގައި އެދުރުންގެ ދައުރު ހަނިކަމަށް ގަބޫލުކުރެވުނީ ބާވައެވެ.

މުދައްރިސުންގެ ދުވަސްމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު

އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު